21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ބޮލީވުޑް

މިއަހަރު ވެސް ބޮލީވުޑްގެ ތަފާތު ގިނަ ފިލްމްތަކެއް ކުރިއަށް

  • އަކްޝޭގެ ހަތަރު ފިލްމެއް މިއަހަރު ރިލީޒް ކުރާނެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޖެނުއަރީ 2019 | ހުކުރު 12:10 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ބައެއް ފިލްމްގެ ޕޯސްޓަރު -- އާކައިވް

ނިމިގެންދިޔަ 2018 ވަނަ އަހަރު ވެގެން ގޮސްފައިވަނީ ބޮލީވުޑް ފިލްމް އުފައްދާ ފަރާތްތަކަށާއި އެކްޓަރުންނަށް ހައިރާންކަން ގެނުވި އަހަރަކަށެވެ. އެގޮތުން ބޮޑެތި ބަޖެޓުން ތައްޔާރުކޮށް މަޝްހޫރު ތަރިން ކުޅެފައިވާ ފިލްމް ތަކުން ބެލުންތެރިންގެ ހިތްތައް އަތުލައިގެންފައެއް ނުވެއެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ފުންނާބު އުސް ތަރިން ކަމުގައިވާ ޝާހުރުކް ޚާން، އާމިރު ޚާން ފަދަ ތަރިން މިދިޔަ އަހަރު ކުޅެފައިވާ ފިލްމްތަކަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.

މިއާ ޚިލާފަށް ކުޑަ ބަޖެޓުން ތައްޔާރުކޮށް އާދައިގެ ތަރިން ކުޅެފައިވާ ފިލްމްތައް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމްތަކަށް ވެފައެވެ.

އޭގެ ތެރޭގައި އަޔުޝްމަން ޚުރާނާ ކުޅެފައިވާ "އަންދާދުން"، "ބަދާއީހޯ" ފަދަ ފިލްމްތަށް ވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާފައެވެ.

މި ފެށުނު 2019 ވަނަ އަހަރު ވެސް ތަފާތު ގިނަ ފިލްމް ތަކެއް ވަނީ ރިލީޒް ކުރުމަށް ހަމަޖެހިފައެވެ. އޭގޭ ތެރޭގައި އެންމެ އަވަހަށް ރިލީޒް ކުރާނެ ފިލްމަކީ ވިކީ ކައުޝަލްގެ "އުރި" އެވެ. މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ.

މީގެ އިތުރުން ކަންގަނާ ރަނައުތް ލީޑް ރޯލުން ފެނިގެންދާ  "މެނިކަރްނިކާ- ދަ ކުއީން އޮފް ޖާންސީ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ގައެވެ.

އަނިލް ކަޕޫރާއި އޭނާގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރު އެކުގައި އެއް ފިލްމަކުން ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމް " އޭކް ލަޅްކީކޮ ދޭކާތޮ އެއިސާ ލަގާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. މި ފިލްމްގައި ސޯނަމް އާއި އަނިލްގެ އިތުރުން ދެން ފެނިގެން ދާނީ ރާޖް ކުމާރު ރައޮ އާއި ޖޫހީ ޗާވްލާއެވެ.

ރިތިކް ރޯޝަން ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސުޕަ30" ވެސް މިއަހަރު ތެރޭގައި ރިލީޒް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ސުޝާންތް ސިންގް ރާޖްޕުތް، މަނީޖް ބަޖްޕާއީ، ރަންވީރު ޝޯރޭ، އާޝުތޯޝް ރަނާ އަދި ބޫމީ ޕަދްނޭކަރު ފެނިގެންދާ "ސޮންޗިރިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ.

ޒޯޔާ އަޚްތަރުގެ ފިލްމް " ގަލީ ބޯއީ" ވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 14 ގައެވެ. މި ފިލްމްގައި ލީޑް ރޯލުން ފެނިގެންދަނީ ރަންވީރު ސިންގް އާއި އާލިއާ ބަޓް އެވެ.

މި ދިޔަ އަހަރު ކާމިޔާބު ތިން ފިލްމެއް ކުޅެފައިވާ އަކްޝޭ ކުމާރުގެ ހަތަރު ފިލްމެއް މިއަހަރު ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން "ކޭސަރި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 21 ގައެވެ.

މީގެ އިތުރުން "ހައުސްފުލް 4" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 25 ގައެވެ. ގިނަ ތަރިންތަކެއް ހިމެނޭ ހެއްވާ މަޖާ މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ އަކްޝޭ، ބޮބީ ޑިއޯލް، ސްރިތީ ސެނޯން، ކްރިތީ ކަރްބަންޑާ، ޕޫޖާ ހޭއިދް، ރަނާ ދަގޫބަތީގެ އިތުރުން ނިކިތިން ދީރް އެވެ.

އަކްޝޭ ކުޅެފައިވާ  "މިޝަން މަންގަލް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ގައެވެ. މި ފިލްމްގައި އަކްޝޭގެ އިތުރުން ކާސްޓުންގެ ތެރޭގައި ހިމެނެނީ ސޯނާކްޝީ ސިންހާ، ވިދްޔާ ބާލަން، ތާޕްށީ ޕަންނޫ. ކިރްތީ ކުލާރީ އަދި ޝަރުމާން ޖޯޝީ އެވެ. ލި މިސްޓުގައި ހިމެނޭ އަކްޝޭގެ އަނެއް ފިލްމަކީ "ގުޑް ނިއުސް" އެވެ.

މި ދިޔަ އަހަރު ރިލީޒް ކުރި އަކްޝޭ ކުޅޭފައިވާ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި "ޕެޑް މޭން"، "ގޯލްޑް"، އަދި "2.0" އެވެ.

ކަންގަނާ ރަނައުތް އާއި ރާޖް ކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ "މެންޓަލް ހޭކިޔާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 29 ގައެވެ. މި ހެއްވާ މަޖާ ފިލްމްގެ ޕޯސްޓަރު މިހާރު ވަނީ ދައްކާލާފައެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ "ކަލާންކް" ވެސް މިއަހަރު ތެރޭގައި ރިލީޒް ކުރާނެ ކަމަށް ބެލެވެއެވެ. 25 އަހަރަށް ފަހު މާދުރީ ޑިކްސިޓް އާއި ސަންޖޭދަތު އެކުގައި މި ފިލްމުން ފެނިގެން ދާނެއެވެ. މީގެ އިތުރުން ސަންޖޭދަތުގެ ދަރިއެއްގެ ރޯލުން އާލިއާ ބަޓް މި ފިލްމްގައި ފެނިގެން ދާނެއެވެ. އަދި އަދިތްޔާ ރޯއީ ކަޕޫރާއި އޭނާގެ އަނބިމީހާގެ ރޯލުން ސޯނާކްޝީ ސިންހާ ފެނިގެންދާނެއެވެ. މި ފިލްމްގައި ވަރުން ދަވަން ވެސް ފެނިގެން ދާނެއެވެ.

ޓައިގާ ޝްރޯފް އާއި އަނަންޔާ ޕާންޑޭ އަދި ތާރާ ސުތޭރިއާ  ލީޑް ރޯލުން ފެނިގެންދާ " ސްޓޫޑެންޓް އޮފް ދަ އިޔާ2" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 23 ގައެވެ.

ބޮޑު ބަޖެޓަކުން ހަދާ ސަލްމާން ޚާންގެ ފިލްމް "ބާރަތް" އީދާއި ދިމާކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން 5 ގައެވެ. މި ފިލްމްގައި ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ ސަލްމާންގެ އިތުރުން ކެޓްރީނާ ކެއިފް، ތައްބޫ، ދިޝާ ޕަޓާނީ، ސުނިލް ގްރޯވާ އަދި ޖެކީ ޝްރޯފް އެވެ.

އާލިއާ ބަޓް އާއި ލޯބިވެރިޔާ ރަންބީރު ކަޕޫރު ފުރަތަމަ ފަހަރަށް އެއް ފިލްމަކުން ފެނިގެންދާ ފިލްމް "ބްރަމާސްތުރާ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 20 ގައެވެ. އަޔާން މުކްރަޖީ ޑައިރެކްޓް ކުރާ މި ފިލްމްގައި އަމީތާބް ބަޗަން ވެސް ފެނިގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް