21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ޓެކްސީ ދަތުރު

ނުފޫޒުގަދަ ޑްރައިވަރުން: ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށްފި

  • "ޔޫބާރ، ނޫނީ "ޕިކްމީ" ފަދަ ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޓެކްސީ ނެގުމުގެ ލުއިފަސޭހަ ހިދްމަތެއް ރާއްޖޭގައި ވެސް ތައާރަފް ކުރަންޖެހޭ
  • ޓެކްސީތަކުގައި މީޓަރުތައް ހަރުކޮށް، ކިލޯމީޓަރަކައް ނަގާނެ އަގެއް ކަނޑައެޅެންޖެހޭ
ހައްވާ މުހައްމަދު | @hawwimd

| 3 ޖެނުއަރީ 2019 | ބުރާސްފަތި 18:18 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ޓެކްސީއެއް -- ފޮޓޯ: މުހައްމަދު ޝަރުހާން

ޓެކްސީގެ ހިދްމަތް ވީހާ ވެސް ލުއި ފަސޭހަ އަދި ރައްޔިތުން ބަލައިގަންނަ ހިދްމަތެއްގެ ގޮތުގައި ދެވޭތޯ ހުރިހާ ސަރުކާރަކުން މަސައްކަތް ކުރެއެވެ. މިއީ ކޮންމެ ސަރުކާރެއްގެ ވެސް ބޮލުގެ ރިހުމެކެވެ. ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މިކަން ހައްލުކުރަން މަސައްކަތް ފެށި ނަމަވެސް ކޮންމެ ފަހަރަކު ވެސް ނިމެނީ ޑްރައިވަރުންގެ ކޮޅަށެވެ. 

ޓެކްސީގެ މައްސަލަ ހައްލުކުރަން ކޮންމެ ސަރުކާރަކުން މަސައްކަތް ފަށާއިރަށް ފެންނަނީ ޑްރައިވަރުން މުޒާހަރާއަށް ނިކުންނަ މަންޒަރެވެ. ފަޔަށް ހިނި އަރައިގެން އުޅޭ ބައެއް ހެންނެވެ. އަޑު ގަދަ މީހާ ރުއް ގިނަވާނޭ ބުނާ އުސޫލުން ފެންނަނީ އަބަދުވެސް ޑްރައިވަރުން ބޭނުންވާ ގޮތަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރަން މަޖްބޫރުވާ މަންޒަރެވެ. ފެންނަނީ ޑްރައިވަރުންގެ ކުރިމަތީގައި ކޮންމެ ސަރުކާރަކުން ވެސް ކުޑަކަކޫ މައްޗަށް ތިރިވާންޖެހޭ ތަނެއެވެ.

ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރުމަށް މަޑުކޮށްގެން

ގަވާއިދެއް ހެދިފައި އޮތަސް ޑްރައިވަރުންނަކީ ކޮންމެހެން އެ ގަވާއިދަކަށް އަމަލުކުރާ ބައެއް ނޫނެވެ. ޑްރައިވަރުން އަމަލުކުރަނީ ހިދްމަތް ލިބިގަންނަ މީހުންނަށް ލުއި ފަސޭހަ އަދި އެ މީހުންނަށް ފާއިދާވާ ގޮތަކަށް ނޫނެއެވެ. އަބަދުވެސް ކޮންމެ ކަމެއް ވެސް ނިމެންޖެހެނީ ޑްރައިވަރުން ބޭނުންވާ ގޮތަށް އެ މީހުން ހިތްއެދޭ، އެ މީހުންނައް މަންފާވާ ގޮތަށެވެ. އާ ޓެކްނޮލިޖީތައް ބޭނުންކޮށްގެން އެ ކަމާއިގެން ކުރިއަށްދާން އެއްގޮތަކަށް ވެސް ޑްރައިވަރުން ބޭނުމެއް ނުވެއެވެ. އަދި އެފަދަ އީޖާދުތަކުގެ ބޭނުންކުރާކަށް ވެސް ޑްރައިވަރުން ބޭނުމެއް ނޫނެއެވެ. ނުވަތަ ގަވާއިދެއް ހެދިޔަސް އެ އޮންނަނީ އޮންނަތަނުގައެވެ.

ދިއްލޭ ގޮތަށް ޓެކްސީ ބޯޑު ހަރުކުރަން އެންގުމުން ވެސް ފުރަތަމަ ފެށީ ފޫހާކާށެވެ. އެންމެ ފަހުން މަޖުބޫރު ވެގެން އެ ބޯޑު ހަރުކުރީ ނަމަކަށެވެ. ގަވާއިދުގައިވާ ގޮތުން ޓެކްސީ ދަތުރެއްގައި ވާ ނަމަ އެ ބޯޑު ހުންނަންޖެހޭނީ ރަތް ކުލައިގައެވެ. ނަމަވެސް ޓެކްސީގައި މީހަކު އިނަސް އެއްފަހަރާ ހަތަރު ދަތުރު ނަގަން ވެސް ޑްރައިވަރުން ފަހެއް ނުޖެހެއެވެ. ޓެކްސީގައި އެއް ގޮނޑި ހުހަށް އިނަސް ބޯޑު ހުންނަނީ ފެހި ކުލައިގައެވެ. ގަވާއިދު އޮންނަނީ އޮތްތަނުގައެވެ. ދަތުރު ނަގައިގެން އިންނަ މީހާ ރުހުން ވެސް ބަލައެއް ނުލައެވެ. އަދި ކޮބައި ހެއްޔެވެ؟ އެއް މަންޒިލަކަށް ދާ ދެ މީހުން ވަކި ވަކިން ޓެކްސީ އަށް އެރުވިޔަސް ދެ މީހުން އަތުން ވެސް ފައިސާ ނަގަނީއެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ؟

ރާއްޖެ އާއި އެންމެ އަވަށްޓެރި ގައުމުތަކުން ވެސް ދުނިޔޭގެ ތަހްޒީބް ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ގޮތަށް ފޯން އެޕް ބޭނުންކޮށްގެން ޓެކްސީ ހޯދުމުގެ ލުއި ފަސޭހަ ހިދްމަތް ރައްޔިތުންނަށް ލިބިގެން ގޮސްފައިވާއިރު، ރާއްޖޭގެ ޑްރައިވަރުންނަށް މިކަން ވެސް އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. އެހެން ވާނެތާއެވެ. ސަރުކާރުން އެކަން ކުރަން މީގެ ކުރިން މަސައްކަތްކުރި ނަމަވެސް އެކަން ވެސް ވަނީ ފެއިލްވެފައެވެ. 

ސިނަމާލެ ބްރިޖް ހުޅުވުމާ އެކު ޑްރައިވަރުންނައް އެ ބްރިޖް ފެނިގެންދިޔައީ ފައިސާ ހަދާ މެޝިނެއްގެ ގޮތުގައެވެ. އެއްވެސް ބެލުމެއް ދިރާސާކުރުމެއް ނެތި ޑްރައިވަރުން ބޭނުންވާ އަގު ނަގަން ފެށިއެވެ. މާލެ އިން ހުޅުމާލެ އަށް 150-300ރ. އާ ދެމެދުގެ އަގެއް ނަގަން ފެށިއެވެ. އަދި މާލެ އިން އެއާޕޯޓަށް ވެސް ހަމަ އެ އަދަދު ނަގަން ފެށިއެވެ. މި އަދަދު 100ރ. އަށް ބަދަލު ކުރި އެވެ. މި އަގުގައި ދަތުރު ކުރަން ފެށުމާ އެކު، އާއްމުންގެ ޝަކުވާ އޮހެން ފެށިއެވެ. ޑްރައިވަރުން ދިޔައީ އެކަމަށް ބީރުކަންފަތެއް ދީ އެ މީހުން ކަނޑައެޅި އަގުގައި ދަތުރުކުރަމުންނެވެ. އެ އަގުގައި ދާން ބޭނުމިއްޔާ ދާންވީއެވެ.
ބްރިޖްގައި ޓެކްސީތަކެއް ދުއްވާފައިދަނީ

ރައްޔިތުންގެ ޝަކުވާތަކާ އެކު ބްރިޖް ހުރަސްކޮށް ކުރާ ދަތުރުތަކުގެ އަގު 40ރ. އަށް އަދި 35ރ. ގެ ގޮތުގައި ހަމަޖައްސައި ހާއްސަ އަގެއް ކަނޑައެޅިއެވެ. އަގު ކަނޑައަޅާފައި ހަމައެކަނި ބޭއްވުމުގެ ބަދަލުގައި ސަރުކާރުން ޑްރައިވަރުން ބްރިޖްގެ ދަތުރުތައް ކުރާ އަގުތައް ފުލުހުން ލައްވާ ބަލަން ފެށިއެވެ.

އެހާ ހިސާބުން އަނެއްކާ ވެސް ފެނުނީ ޑްރައިވަރުން ރަތަށް އެރި މަންޒަރެވެ. ގަދަކަން ދައްކާލީއެވެ. ދަތުރުތައް ހުއްޓާލުމަށް ފަހު ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރަން ދިޔައެވެ. އެކި އިންޒާރުތައް މިނިސްޓަރަށް ދޭން ފެށިއެވެ. އެއާ އެކު ސަރުކާރުން ޑްރައިވަރުންނާ މަޝްވަރާކޮށް ވަކި އަގެއް ކަނޑައަޅަންދެން މިހާރު ވެސް ކުރަމުން އަންނަ އަގުތަކުގައި ދަތުރުކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އާންމުން އެ މަންޒަރު ސިފަކުރީ ޑްރައިވަރުން މިނިސްޓަރަށް ބިރު ދައްކައި ކުޑަކަކޫ މައްޗަށް ތިރިކުރި ގޮތަށެވެ. އޭރުވެސް ޑްރައިވަރުން ގަދަވީއެވެ. މިހާރު ވެސް ޑްރައިވަރުން ގަދަވީއެވެ. ރައްޔިތުންގެ އިހްސާސްތަކައް ބެލުމެއް ނެތިއެވެ.

ޑްރައިވަރުން ޓްރާންސްޕޯރޓް މިނިސްޓަރާ ބައްދަލުކުރުމަށް މަޑުކޮށްލައިގެން

ޓެކްސީ ހޯދުމުގައި އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ސަރުކާރުން ހޯދައިދޭން އެބަޖެހެއެވެ. ޑްރައިވަރުންގެ ނުފޫޒުގައި ނުޖެހި މި ކަމަށް ސަރުކާރުން ހެޔޮ ބަދަލުތަކެއް އަވަސް މުސްތަގްބަލެއްގައި ގެނެސްދޭންޖެހެއެވެ. ޓެކްސީތަކުގައި މީޓަރުތައް ހަރުކޮށް، ކިލޯމީޓަރަކަށް ނަގާނެ އަގެއް ކަނޑައެޅެން އެބަޖެހެއެވެ. ދުނިޔޭގެ ގައުމުތަކުގައި ވެސް ފޯން އެޕްތައް މެދުވެރިކޮށް ޓެކްސީ ނެގޭ އުސޫލުން، ރާއްޖޭގައި ވެސް ލުއި ފަސޭހަ ގޮތްތަކެއް ސަރުކާރުން ރައްޔިތުންނައް ފޯރުކޮށްދޭން އެބަޖެހެއެވެ. "ޔޫބާރ، ނޫނީ " ޕިކްމީ" ފަދަ ފޯން އެޕްލިކޭޝަނެއް ބޭނުންކޮށްގެން ޓެކްސީ ނެގުމުގެ ލުއިފަސޭހަ ހިދްމަތެއް ރާއްޖޭގައި ވެސް ތައާރަފް ކުރަން އެބަޖެހެއެވެ. 

އަންނަ ހަފުތާގައި ޓެކްސީގެ އަގު ކަނޑައެޅުމަށް ފޯރަމެއް ބޭއްވުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް ބެލެވޭ ގޮތުގައި މި ފޯރަމް ވެސް ހިސޯރުކުރާނީ އެއްކަލަ ގަދަ ޑްރައިވަރުންނެވެ. އެ މީހުންގެ އަޑު އެތަނުގައި ވެސް ގަދަވާނެއެވެ. ސުވާލަކީ މިފަހަރު ސަރުކާރުން ގޮތް ނިންމާނީ ޑްރައިވަރުން ބޭނުންވާ ގޮތަށް ހެއްޔެވެ؟ ނުވަތަ ގިނަ ރައްޔިތުން އެދޭ އަދި ގަބޫލުކުރެެވޭ ގޮތަކަށް ހެއްޔެވެ؟ 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އަލީ އިބްރާހިމް

3 މަސް ކުރިން

ޓެކްސީވެސް ކުރަނީ ހަމަ ދިވެހި ރައްތިތުން ހަމަ ތިޙަބަރު ލިޔުނު ކަހަލަ އިންސާނުން. ދުލުން ، އަދި ޙަބަރެއް ލިތެލަން ފަސޭހަވާނެ. ދޭތެރެ ޖެއްސުން ކަމެއް ޙަބަރު ލިޔާމީހުން ނުކުރޭ.. މި ނޫން ވެސް ދުނިޔެއް އެބަވޭ... ހަދުމަކޮއްލައްވާ

5
20