20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ކުޑަ އަންހެން ކުއްޖެއްގެ މައްޗ

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

  • އަންހެނެއްގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރު
  • ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުން
  • ހަތަރު އަހަރުގެ ހުކުމެއް އަންނާނެ ކަަމަށް ބެލެވޭ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 12 ފެބުރުވަރީ 2017 | އާދީއްތަ 17:31 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


ޑެންމާކުގެ މަގެއްގެ މަތީގައި ފުލުހުން ހަރަކާތްތެރިވަނީ، ފުރަތަމަ ފަހަރަށް އަންހެނެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވަނީ އުފުލާފަ:_ފޮޓޯ- ރޮއިޓަރސް -- ގޫގުލް

ޑެންމާކުގެ އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލުމުގެ ސަބަބުން ހަތަރު އަހަރުގެ ޖަލު ހުކުމަކާއި ކުރިމަތިލާންޖެހިއްޖެއެވެ.

 

މިއީ ޓެރަރިޒަމްގެ ތުހުމަތުގައި ޑެންމާކުގެ އަންހެނެއްގެ މައްޗަށް ދައުވާ އުފުލި ފުރަތަމަ ފަހަރެވެ. މިމައްސަލަ މިހާރު އޮތީ ޕްރޮސެކިއުޓަރގެ އޮފީހުގައި ކަމަށް ޚަބަރުތައް ބުނެއެވެ.

 

ކަމާއިބެހޭ އިދާރާތަކުން ނަން ސިއްރުކޮށްފައިވާ މި ކުއްޖާއަކީ ޑެންމާކުގެ ޒީލޭންޑްގެ ކުންޑްބީ އަވަށްގަނޑަށް ނިސްބަތްވާ އަންހެން ކުއްޖެއް ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިއަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

 

އުމުރުން ސޯޅަ އަހަރުގެ މި އަންހެން ކުއްޖާ ހައްޔަރުކޮށްފައިވަނީ އޭނާ ބޮންފަދަ އެއްޗެއްހި ތައްޔާރުކުރުމަށް ބޭނުންކުރާ ގޮވާތަކެތިތަކެއް ފޮރުވައިގެން ގެންގުޅެނިކޮށް އެކަންފަޅާ އެރުމުންނެވެ.

 

ދެހާސް ސޯޅަ ވަނަ އަހަރުގެ ޖެނުއަރީ މަހުގައި އެކުއްޖާ ހައްޔަރުކުރިފަހުން ބޭއްވުނު ހުރިހާ ޝަރީއަތެއް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކުރެވިގެންނެވެ. އެކަމަކު މިދިޔަ ހުކުރު ދުވަހު ކޯޕަންހޭގަންގްގެ ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހުން ބުނިގޮތުގައި އަންހެން ކުއްޖާގެ މައްޗަށް ސީރިއަސް ޓެރަރިސްޓް ހަމަލާއެއް ރޭވުމުގައި ބައިވެރިވިކަމުގެ ދައުވާއުފުލޭނެއެވެ.

 

ޑެންމާކުގެ ކަމާއިބެހޭ އިދާރާތަކުން އެކުއްޖާ ހައްޔަރުކުރިއިރު އޭނާ ރާވަމުންދިޔައީ އެގައުމުގެ ދެ ސްކޫލެއްގައި ބޮންގޮއްވުމަށް ކަމަށް ޕަބްލިކް ޕްރޮސެކިއުޓަރގެ އޮފީހުން ބުނެއެވެ. އެކުއްޖާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ދެ ސްކޫލެއްގައި ބޮންގޮއްވަން ރާވުމާއި ބޮންތައްޔާރުކުރުމާއި، އަދި ޓެސްޓަކަށް ބޮންތައް ގޮއްވާފައިވުން ހިމެނެއެވެ.

 

އަންހެން ކުއްޖާ ބޮންގޮއްވުމަށް ނިންމާފައިވާ ދެ ސްކޫލަކީ އޭނާ ކިޔަވަންދާ ސިޑްސްޚޮލެން ސްކޫލާއި، ކޯޕަންހޭގަންގައި ހުންނަ ޔަހޫދީންގެ ޕްރައިވެޓް ސްކޫލަކަށެވެ. މި ދެ ޙަމަލާވެސް ދިނުމަށް ނިންމާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފްރާންސްގެ ޕެރިސްގައި ދިން ޓެރަރިސްޓް ހަމާލާގައި ބޭނުންކުރި އާލާތްތައް ބޭނުންކޮށްގެންނެވެ.

 

ޑެންމާކުގެ ނޫސްތައް ބުނާގޮތުން 2015 ވަނަ އަހަރުގެ ޚަރީފު މޫސުމުން ފެށިގެން އެކުއްޖާ ވަނީ އިސްލާމްދީނުގެ ހަރުކަށި ޚިޔާލްތަކާއިމެދު ވަރަށްބޮޑަށް ޝައުގުވެރިވާން ފަށާފައެވެ. އެގޮތުން އެކިކަހަލަ ހަތިޔާރާއި ޖިހާދަށް ދިޔުމަށް ހިތްވަރުދޭ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

 

މިމައްސަލައިގައި ޑެންމާކުގެ ފުލުހުންވަނީ އެކުޑަކުއްޖާއާ ގުޅުން އޮންނަ މީހަކުވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ތަހުގީގައްފަހު އެމީހާ ވަނީ އެއްވެސް ދައުވާއެއް ނުއުފުލާ ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް