19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ދިވެހި ފިލްމީ ދާއިރާ

ނިއުމާގެ ވަދާއީ ފިލްމް ނިވައިރޯޅި ޕްރިމިއަރ ކުރުން މިރޭ!

  • ޕްރޮމޯޝަނަލް ލަވައެއް އާ އަހަރާ ދިމާކޮށް މިމަހު އެކެއްގައި ވަނީ ދައްކާލާފަ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 3 ޖެނުއަރީ 2019 | ބުރާސްފަތި 12:12 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ނިއުމާ މުހައްމަދު -- ފޮޓޯ: ތަހާރަތު މުހައްމަދު ވަހީދު

ދިވެހި ފިލްމު އިންޑަސްޓްރީގައި މެދުނުކެނޑި 20 އަހަރު ގުނަމުންދާ އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް " ނިވައިރޯޅި" ބުރާސްފަތި ދުވަހުގެ ރޭ ޕްރިމިއަރ ކުރުމަށް ވަނީ ނިންމާފައެވެ.

މި އަހަރު އޮލިމްޕަސް ސިނަމާ އަށް އަންނަ ފުރަތަމަ ފިލްމު "ނިވައިރޯޅި" ގެ އާ ޕްރޮމޯޝަނަލް ލަވައެއް އާ އަހަރާ ދިމާކޮށް މިމަހު އެކެއްގައި ވަނީ ދައްކާލާފަ އެވެ.

ނިއުމާގެ ވަދާއީ ފިލްމް "ނިވައިރޯޅި" އިން ފެނިގެންދާ މި ލަވައިގެ ނަމަކީ "ސިހުރު ފަދަވި ކަމަނަ" އެވެ.

މި ލަވަ ވެގެން ގޮސްފައިވަނީ ނިއުމާގެ ފިލްމް ކެރިއަރު ނިންމާލުމުގެ ކުރިން އޭނާ ކުޅޭ އެންމެ ފަހު ލަވަ އެވެ.

 ހިންދީ ފިލްމް "ޓާޝަން" ގައި ކަރީނާ ކަޕޫރު އެކްޓް ކޮށްފައިވާ "ޗަލިޔަ ޗަލިޔަ ޗަލިޔާ"ގެ ރާގަށް ހަދާފައިވާ މިލަވަ ކިޔާފައިވަނީ މީރާ މުހައްމަދު މާޖިދު އެވެ.

އަދި މިލަވައަށް އެކްޓް ކޮށްފައިވަނީ ނިއުމާ އެކަންޏެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް ނިއުމާ ޕްރޮޑިއުސްކޮށް ޑައިރެކްޓުކުރާ "ނިވައިރޯޅި" މި ފިލްމުގެ ލީޑް ކާސްޓުންނަކީ ނިއުމާ އާއި ޔޫއްޕެއެވެ.

މި ފިލްމުގެ ޓިކެޓް މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަނީ ވިއްކަމުންވެ. އޮލިމްޕަހުން ޓިކެޓް ވިއްކަމުންދަނީ ހެނދުނު 11:00 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.

ފިލްމުގެ ޕްރިމިއާ ޝޯގެ ޓިކެޓް 150 ރުފިޔާ އަށް ވިއްކާ އިރު، ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރުފިޔާ އަށެވެ.

މި ފިލްމް މާލޭގެ އިތުރުން މި މަހުގެ ތެރޭގައި 30 ވުރެ ގިނަ ރަށުގައި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމްގެ ހުރިހާ އިންޑޯ މަންޒަރެއް ނަގާފައި ވަނީ ރ. އިނގުރައިދޫގައެވެ. އަދި އެ އަތޮޅު އުނގޫފާރާއި މާލޭގައި ވެސް ފިލްމުގެ ބައެއް މަންޒަރުތަކެއް ވަނީ ނަގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް