21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ބޮލީވުޑް

އަޖޭގެ ބަހުގެ ހަމަލާތައް ކަރަން އަށް

  • ހަމަނުޖެހުންތަކުގެ ފެށުމަކަށް ވެފައިވަނީ ކަރަންއާއި އަޖޭ ގެ ފިލްމްއެއް ދުވަހެއްގައި ރިލީޒް ވުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 ފެބުރުވަރީ 2017 | އާދީއްތަ 17:15 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. އަލިދީގެ ތާއީދު އިބޫއަށް!
  5. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ނަސޭހަތް ދީގެން ރަނގަޅު ކުރެވޭނެ ކަންތައް: ޝަހީމް
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


އަޖޭ އާއި ކަރަން -- ގޫގުލް

ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރ އަދި ފިލްމް ޕްރޮޑިއުސަރ ކަރަން ޖޯހަރް އާއި ވަރަށް ހުތުރުބަހުން މަޝްހޫރު ފިލްމު އެކްޓަރ އަޖޭ ދޭވްގަން މުޚާތަބުކޮށްފިއެވެ.

 

ކަރަން ބުނެފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންތަކާއި ބެހޭގޮތުން މީހުން ދައްކަމުންދާ ވާހަކަތަކާއި ހެދި އޭނާއަށް މިހާރު ވަނީ ދުއްތުރާތަކަކާއި ކުރިމަތިލާންޖެހިފައިކަމަށެވެ.

 

އެގޮތުން އޭނާ ބުނެފައިވަނީ އޭނާގެ ގާތް އެކުވެރި ފިރިހެން ރަހުމަތްތެރިޔަކާއި އެކުގައި ބޭރަށް ގޮސްލުމަށްވެސް މިހާރު އޭނާ ޖެހިލުންވާކަމަށާއި އަދި ގޮސްފި ކަމުގައިވާނަމަ އޭނާ އަކީ އެމީހަކާއި އެކުގައި ނިދާ އެހެން އުޅޭ މީހެއްގެ ގޮތުގައިކަމަށް އަޑު ފެތުރިގެންދާ ކަމަށެވެ.

 

ނިއުސް 18 އަށް އިންޓަވިއުއެއް ދެމުން ކަރަން ބުނެފައިވަނީ ދެ ފިރިހެނުންނަށް ގާތް ރަހުމަތްތެރިންނަށް ނުވެވޭނެ ކަމަށާއި އެކުގައި ތަނަކަށް ކާން ދިޔަ ކަމުގައިވިޔަސް އަދި މަގުމަތިން ފެނުނު ކަމުގައިވިޔަސް ވާހަކަ ފަތުރާ މީހުންދަނީ އެމީހަކާއި އޭނާއާއި އަޅުވާ ކިޔަމުންކަމަށެވެ.

 

ހަމައެއާއިއެކު ކަރަން ވަނީ އޭނާގެ އޮޓޯބަޔޮގްރަފީ " އެން އަންސުއިޓެބަލް ބޯއީ" ގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ކާޖަލް އާއި ދުރުވުމަށް މެދުވެރިވި ސަބަބުވެސް ކިޔާދީފައިއެވެ.

 

ކަރަން ބުނެފައިވާ ގޮތުގައި ކާޖަލްގެ ފިރިމީހާ އަޖޭ ދޭވްގަން ވަނީ " އޭދިލްހޭ މުޝްކިލް " އާއި "ޝިވާއޭ" ރިލީޒްކުރުމުގެ ކުރިން އޭނާއަށް ގުޅާފައި ވަރަށް ހުތުރު ބަހުން އެއްޗެހި ކިޔާފައިވާ ކަމަށެވެ.

 

ހަމައެހެންމެ ކަރަން ބުނެފައިވަނީ އަޖޭ އެއްޗެހިކިޔާފައިވަނީ ޕާޓީއެއްގެ ތެރޭގައި އޭނާ ކާޖަލްއޭ ކިޔާފާއި ވާހަކަތަކެއް ދެއްކި ކަމަށް ބުނެފައި ކަމަށާއި އަދި ކަރަން އޭނާގެ ފިލްމު "އޭދިލްހޭ މުޝްކިލް" އަށް ތަޢުރީފުކޮށް، އަޖޭގެ " ޝިވޭ " އާއި ބެހޭގޮތުން ދޮގު ވާހަކަތަކަށް ފެތުރުމަށްޓަކައި މީހަކަށް ރިޝްވަތުދީގެން

މަސައްކަތްކޮށްފާނެކަމަށް ބުނެފައިއެވެ.

އެހެންކަމުން އެކަން ތަޙުޤީޤުކުރަން ޖެހޭކަމަށްބުނެ އަޖޭ ވަނީ ޓްވީޓެއްވެސް ކޮށްފައި ކަމަށާއި އަދި ކާޖަލް ވަނީ "ޝޮކިންގް" މިހެން ޖެހުމަށްފަހު އެ ޓްވީޓް ރީޓްވީޓްކޮށްފައިކަމަށްވެސް ކަރަން ބުނެފައިވެއެވެ.

 

މި ހަމަނުޖެހުންތަކުގެ ފެށުމަކަށް ވެފައިވަނީ ކަރަންގެ "އޭދިލްހޭ މުޝްކިލް" އަދި އަޖޭ ގެ " ޝިވާއޭ" ގެ ރިލީޒިން ޑޭޓް އެއްދުވަހެއްގެ ގޮތުގައި ވެގެންދިޔުމުންކަން ފާހަގަކޮށްލެވެއެވެ.  

 

 ހަމައެއާއިއެކު ކަރަން ބުނެފައިވާ ކާޖާލް އަކީ އޭނާގެ އާއިލާ މީހެއްފަދަ ގާތް މީހެއްކަމަށެވެ. އެހެންނަމަވެސް މިހާރު ދެން އިތުރަށް އެއްޗެއް ކިޔަން އޭނާ ބޭނުންނުވާކަމަށާއި ކާޖަލް ވަނީ އޭނާގެ ދިރިއުޅުމުން ބޭރުވެފައި ކަމަށްވެސް ކަރަން ބުނެފައިވެއެވެ. އަދި މިކަމެއް ދުވަހަކުވެސް ދެން ބަދަލެއް ނުވާނެކަމަށްވެސް ކަރަން ވަނީ ބުނެފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް