18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

100 ކްރޯޑް ކްލަބަށް ވަތް ރޯހިތް ޝެޓީގެ 8 ވަނަ ފިލްމަކަށް ސިމްބާ

  • މި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 124 ކްރޯޑް ރުޕީސް ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 2 ޖެނުއަރީ 2019 | ބުދަ 19:46 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސިމްބާގެ ޕޯސްޓަރު -- ގޫގުލް

ކާމިޔާބު ގިނަ ފިލްމްތަކެއް ޑައިރެކްޓް ކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ރޯހިތް ޝެޓީގެ ފިލްމް "ސިމްބާ" ވެގެން ގޮސްފައިވަނީ އޭނާގެ ފިލްމް ތަކުގެ ތެރެއިން 100 ކްރޯޑް ކްލަބަށް ވަތް އަށް ވަނަ ފިލްމަށް ވެގެން ގޮސްފައެވެ.

ރަންވީރު ސިންގް އާއި ސާރާ އަލީ ޚާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ވަނީ ފިލްމް ރިލީޒް ކުރިތާ އެންމެ ފަސް ދުވަހުގެ ތެރޭގައި 100 ކްރޯޑް ކުލަބަށް ވަދެފައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 124 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމަށް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އިންޓަނޭޝަނަލް މާކެޓްގައި މި ފިލްމަށް ވަނީ ފަސްދުވަހުން ޖުމްލަ 39.85 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި މި އަދަދު ވަރަށް އަވަހަށް 50 ކްރޯޑަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރޯހިތް ޝެޓީގެ ފިލްމް ތަކުގެ ތެރެއިން މީގެ ކުރިން 100 ކްރޯޑް ކްލަބަށް ވަދެފައިވާ 7 ފިލްމަކީ "ގޯލްމާލް އަގެއިން" (2017)، "ދިލްވާލޭ" (2015)، "ސިންގަމް ރިޓާންސް (2014)، ޗެންނާއި އެކްސްޕްރެސް (2013)، ބޯލް ބަޗަން (2012)، "ސިންގަމް" (2011) އަދި "ގޯލްމާލް 3" (2010) އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް