18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ހޯމް މިނިސްޓްރީ

ޖަލުގައި ނެގި ފޮޓޯއަށް އިމްރާންގެ ޖަވާބު: އެއީ ގޯހެއް، ކުށެއް!

  • ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ ކަމަށް
ޙުސައިން ޙަސަން | hucenhassan

| 2 ޖެނުއަރީ 2019 | ބުދަ 17:59 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


މާފުށީ ޖަލުގައި ނެންގެވި ފޮޓޯ: އިމްރާން ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތް ނޭނގޭ ކަމަށް -- ޓްވިޓަރ

ހޯމް މިނިސްޓަރު، ޝެއިހް އިމްރާން އަބްދުﷲ އިންނެވީ މުސައްލައެއްގެ މަތީގައެވެ. ހަތަރު ބޭފުޅުން އެތުރިގެން ތިއްބެވި ގޮތުން، ބެލެވެނީ ޖަމާއަތުގައި ނަމާދު ކުރެއްވުމަށް ފަހު، ތިއްބެވިހެންނެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމު ނެންގެވި އެ ފޮޓޯ، އޭނާ ކުރެއްވި ޓްވީޓަކުން އާންމު ކުރުމުން ފާޑުކިޔުން އަމާޒުވިއެވެ. ދެ ހަފްތާ ކުރިން އާންމު ކުރި އެ ފޮޓޯ ދައުރުވާން ފެށުމާ އެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މިހާރުގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲއަށެވެ. 

ޖަލުތައް ބެލެހެއްޓެވުމުގެ ޒިންމާ، ހަވާލުވެފައިވާ ވުޒާރާ ހިންގަވާ އިމްރާން ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ"އިން ސުވާލު ކުރުމުން ވިދާޅުވީ "އެކަން ހިނގާފައިވާ ގޮތް ރަނގަޅަކަށް ނޭނގޭ" ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ގޯސްކޮށް، ކުށެއްގެ ކުރެވިފައި އޮތިއްޔާ ކޮންމެ މީހަކު ކުރިޔަސް، އެ ވާނީ ގޯހަކަށް. އެ ވާނީ ކުށަކަކަށް،" އިމްރާން ވިދާޅުވިއެވެ.

"އެކަންތައްތައް ހިނގާފައި އޮތް ގޮތް އަޅުގަނޑަށް ވެސް އެންމެ ރަނގަޅަކަށް ނޭނގޭ. ވަރަށް ތެދަށް މި ދަންނަވަނީ. އަޅުގަނޑަކަށް ނޭނގޭ ހިނގާފައި އޮތް ގޮތެއް."

ޖަލުގެ "އަރާމު ދިރިއުޅުން" ކަމަށް ސޯޝަލް މީޑިއާގައި ބުނާ އެ ފޮޓޯ ޓުވީޓު ކުރައްވަމުން ނާޒިމު ދެ ޓްވީޓެއް ކުރައްވާފައިވެއެވެ. ފުރަތަމަ ޓްވީޓުގައި ނާޒިމް ވިދާޅުވެފައި ވަނީ އެބޭފުޅުން ކުރެއްވި ދުއާ އިޖާބަ ކުރައްވާފައިވާ ކަމަށެވެ. ދެ ވަނަ ޓްވީޓުގައި ނާޒިމް ވިދާޅުވެފައި ވަނީ ފޮޓޯއިން ފެންނަނީ ޝެއިހަކާއި އަސްކަރީ ތަމްރީނު ލިބިފައިވާ ދެ އޮފިސަރަކާއި އިންޖިނިއަރެއް ކަމަށެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަކީ އާންމު ކަމެކެވެ. އެކަމުގައި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޝާމިލުވާ ކަމުގެ ތުހުމަތަށް ވަޒީފާއިން ވަކިކުރުމަކީ ވެސް އާންމު ކަމެކެވެ. ކޮރަޕްޝަންގެ ހާއްޔަކަށް އެތަންވެފައިވާ ކަމަށް އަބަދުވެސް އަޑުއިވެއެވެ.

އެކަމަށް ހޯމް މިނިސްޓަރު ދެކޮޅު ނަހައްދަވައެވެ. އެމަނިކުފާނު ޖަލުގައި ހޭދަ ކުރެއްވި މުއްދަތުގައި، އެފަދަ ކަމެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށް ވިދާޅެއް ނުވެއެވެ. ކުށެއް ނުކުރާ ކަމަށް ދެކޮޅެއް ވެސް ނަހައްދަވައެވެ. އެއްބަސްވެ، އިއުތިރާފުވެ، ގޯހެއް އިތުރަށް ގޯހުން ގޯހަށް ނުދާނެ ގޮތް ހެދުމަކީ ހެޔޮ ފާލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް