21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ހއ.ތުރާކުނު

'ފަސޭހަކުނު'ގެ ނަން ތުރާކުނަށް ބަދަލުވީ ގޮތާއި ރަށުގެ ވާހަކަތައް!

 • ތުރާކުނުގެ އާބާދީއަކީ 703
 • ތުުރާކުނަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށް
 • ތުރާކުނަކީ ނިސްބަތުން ވަރަށް އުސް ރަށެއް
ލައިޝާ އަހްމަދު | LailaAhmeds

| 2 ޖެނުއަރީ 2019 | ބުދަ 12:59 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
 4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
 7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
 8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ހއ. ތުރާކުނުގެ ގޮނޑުދޮށް -- ރާއްޖެއެމްވީ

ކުރުމަހަކީ ދުނިޔޭގެ ކަނޑުތަކުގައި އުޅޭ ގަދަ ނޫ ކުލައަކަށް ހުންނަ ރީތި މަހެކެވެ. ދިވެހިން ކެއުމަށް ވެސް ބޭނުންކުރާ މި މަހުގެ ޚާއްސަ ސިފައަކީ މަހަށް ކިޔާ ނަމެވެ. ކުރުމަސް ކިޔަސް އެ މަހަކީ ކުރު މަހެއް ނޫނެވެ. ދިގުމިނުގައި ދެ މީޓަރަށް ވުރެ ދިގު ކުރުމަސް ވެސް ދުނިޔޭގެ ކަނޑުތަކުން ފެނިފައި ވެއެވެ. ވީމާ، އެ މަހަށް ކުރުމަސް ކިޔަސް އެމަސް ކުރެއް ނޫނެވެ.

އެގޮތަށް ރާއްޖޭގެ ރަށަކަށް ކުރިން "ފަސޭހަކުނޭ" ކިޔާ އުޅުނެވެ. ނަމަވެސް އެ ރަށަކީ ރާއްޖޭގެ އެންމެ އުސް ރަށް ކަމަށް ވުމާ އެކު، އެރަށަށް އަރާ ފައިބާ މީހުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވާ ކަމަށް ތާރީޚީ ވާހަކަތަކުން ބުނެއެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އެ ރަށަށް މީހުން އަރައި ފޭބުމަށް ހަރުގަނޑު ބޭނުންކުރަން ޖެހެއެވެ. އުސް މިނުގައި ތިން މީޓަރު ހުންނަ އެ ރަށަށް އަރާ ފައިބާން އުނދަގޫވުމުގެ ސަބަބުން އެންމެ ފަހުން އެ ރަށުގެ ނަން "ތުރާކުނަށް" ބަދަލުކުރީ ކަމަށް އެ ރަށުގެ މީހުން ބުނެއެވެ.

ހއ. ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށެވެ. 703 މީހުންގެ އާބާދީއެއް އޮންނަ އެ ރަށަކީ ރީތި ގޮނޑުދޮށަކާއި ހިތްގައިމު ތުނޑިއެއް އޮންނަ އެހާމެ ހިތްފަސޭހަ ރަށެކެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ޤުދުރަތީ ރީތިކަމާއި ޖަރީރާވަންތަކަން ހާމަވެގެންދެއެވެ. 

ކަޅު އަކިރިން ފުރިފައިވާ ތުރާކުނުގެ އެންމެ އުތުރު ސަރަހައްދު

ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރަށް އޮންނަ ރަށަށް ވުމާ އެކު، ރަށުގެ އެންމެ އުތުރު ޕޮއިންޓް ފާހަގަކުރަން ބައްތިއެއް ޖަހާފައި ހުރެއެވެ. ބައްތިއާ ހިސާބަށް ދިއުމަށް އޮންނަ ރާސްތާ ފުރިފައި އޮންނަނީ ކަޅު އަކިރިންނެވެ. ކުނިބުނީގެ އެއްވެސް އަސަރެއް ފެންނަން ނެތް އެ ސަރަހައްދު ފެންނަނީ ރީތި ކަޅު ސާލެއް ހެންނެވެ. 

ރާއްޖޭގެ އެންމެ އުތުރު ފާހަގަކުރަން ޖަހާފައި ހުންނަ ބައްތި

އެ މަންޒަރު ބަލާލަން އެހާމެ ހިތްގައިމު އިރު، މުޅި ރާއްޖޭގެ އެންމެ އުތުރުގައި ހެދިފައި ހުރި ގަސް ވެސް ހުރީ އެ ސަރަހައްދުގައެވެ. އެގޮތުން މުޅި ރާއްޖޭގެ ވެސް އެންމެ އުތުރަށް ހެދިފައިހުރީ ބިޔަ ބޯށި ގަހެކެވެ.

ރާއްޖޭގެ އެންމެ އުތުރުގައި ހެދިފައިހުރި ގަސް

ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން ތުރާކުނު ކައުންސިލުގެ ރައީސް އަލީ އަބްދުލް ލަތީފް ވިދާޅުވީ، ރާއްޖެއާ ބެހޭ ގޮތުން ވާހަކަދައްކާއިރު "ތުރާކުނުން ފެށިގެން އައްޑޫއަށޭ" ބުނުމަކީ އެރަށު ރައްޔިތުންނަށް ލިބޭ ފަޚުރެއް ކަމަށެވެ. އޭގެ އިތުރުން ރަށުގެ އުސްމިނަކީ ވެސް ރަށަށް އިތުރު ޚާއްސަކަމެއް ގެނުވާ ސަބަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ.

"މިރަށުގެ ބިމުގެ އުސްމިން ފުދޭ ވަރަކަށް އެހެން ރަށްރަށާ ބަލާފައި އުސްވާނެ. އާންމުކޮށް މި ރާއްޖޭގައި އެވްރެޖްކޮށް ހުންނަނީ ފުދޭވަރަކަށް ތިރި ރަށްރަށް. ބޮޑު ރާޅު އަރާ އިރުގައި ދިމާވާ މައްސަލަތަކުން ﷲގެ ވާގިފުޅާ އެކު ގިނަ ފަހަރު ސަލާމަތްވޭ،" ލަތީފް ވިދާޅުވިއެވެ.

ތުރާކުނު ޚާއްސަވާ އަނެއް ސަބަބަކީ ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި މުޖުތަމައުގެ އާންމު ހާލަތުގެ ސަބަބުންނެވެ. އެގޮތުން ރަށުގެ ގިނަ ބަޔަކު ސިފަކުރަނީ އެ ރަށަކީ ރާއްޖޭގެ އެންމެ ކުށް މަދު ރަށްތަކުގެ ލިސްޓްގެ ކުރިން ޖާގަހޯދާނެ ރަށެއްގެ ގޮތުގައެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގައި އާންމުވަމުންދާ ވައްކަމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތައް އެރަށުގައި ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރަށުގެ އާންމު ހާލަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެރަށުގެ ކައުންސިލުގެ ކުރީގެ މެމްބަރެއް ކަމަށްވާ ނަސްރުއްﷲ ވިދާޅުވީ، ތުރާކުނު ސިފަވެގެންދަނީ ކުށްމަދު އަމާން ރަށެއްގެ ގޮތުގައި ކަމަށެވެ. 

"ކުށްކުރުމުގެ މާހައުލެއް ވެސް މިރަށުގަ ނެތް މާ ބޮޑަކަށް. ޒީރޯ ކްރައިމް ރޭޓް ހަމަ. އާންމު ފަރުދުންގެ ގުޅުމާއި އިޖުތިމާއީ ކަންކަން ވެސް ރަނގަޅު. ވަރަށް އެކުވެރި އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ދިރިއުޅޭ ރަށެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑަށް ފާހަގަކުރެވެނީ،" ނަސްރުﷲ ވިދާޅުވިއެވެ.

ނަސްރުﷲ ވިދާޅުވީ، ރަށުގެ އާންމު ހާލަތަށް ބަލާއިރު ފުލުހުންގެ މުއައްސަސާއެއް ރަށުގައި ހުރުން މިވަގުތަށް މުހިއްމު ނޫން ކަމަށާއި، ނަމަވެސް ލޯކަލް ޓޫރިޒަމް ރަށުގައި ކުރިއެރުވުމަށް ފުލުހުންގެ މަރުކަޒެއް ބޭނުންވާ ކަމަށެވެ.

އެކުވެރި، ހިންގުންތެރި ރައްޔިތެއް ދިރިއުޅޭ ތުރާކުނުގައި ރަށު ފެންވަރުގައި އެކި ގޮތްގޮތުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެރަށުގެ ރައްޔިތުން މިހާރު ދެކޭ އެންމެ ބޮޑު އެއް ހުވަފެނަކީ އެ އަތޮޅުގައި އެއާޕޯރޓެއް އޮތުން ކަމަށް ރަށު މީހުން ބުނެއެވެ. އެއީ ލޯކަލް ޓުއަރިޒަމަށް ފައްކާ ރަށަކަށް ވުމުން އަތޮޅުގައި އެއާޕޯޓެއް އޮވެއްޖެ ނަމަ ދަތުރުފަތުރަށް ފަސޭހަވެގެންދާނެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހުޒާމް

3 މަސް ކުރިން

ދެން ތުރާކުނުގަ އެއަރޕޯޓެއް އަޅަން އެރަށުމީހުން ފޫގަޅަންވީ. ގަމާރު ބައެެއް ދިވެހިން މިއީ

1
6