19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ބްރެޒިލްގެ އަސްކަރީ ފުލުހުން

އަސްކަރީ ފުލުހުން މަސައްކަތަށް ނުނިކުތުމުން ބްރެޒިލްގައި ސަތޭކައަށްވުރެ ގިނަ މަރު

  • ފަސް ދުވަސް ތެރޭގައި ސަތޭކަ ދިހަ މަރު
  • މަދަނީ ފުލުހުން މިކަމަށް އެއްބާރުލުމެއް ނުދޭ
  • ވަޒީފާއަށް ނުނިކުންނަށް ފުލުހުންނަށް 2 އަހަރުގެ ޖަލު ހުކުމެއް އަންނާނެ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 12 ފެބުރުވަރީ 2017 | އާދީއްތަ 15:21 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


މަސައްކަތަށް ނުނިކުމެ ތިބި ފުލުހުންނަށް ތާޢީދުކޮށް އެމީހުންގެ އާއިލާތަކުން ހަޅުތާލުކުރަނީ:- ފޮޓޯ ސީއެންއެން -- އޭއެފްޕީ

ބްރެޒިލްގެ ވިޓޯރިއާ ސިޓީގެ އަސްކަރީ ފުލުހުން ވަޒީފާއަށް ނުކުންނަން ދެކޮޅުހަދާ، މަސައްކަތަށް ނުކުތުން ހުއްޓާލުމުން މަގުތައް ނާމާންވެ، ހަމަނުޖެހުންތައް ހިންގައި ސަތޭކައަށްވުރެ ގިނަ މަރާލައިފިއެވެ.

 

މުސާރައާއި އެހެނިހެން އިނާޔަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމަށް ޑިމާންޑްކޮށް ވިޓޯރިއާ ސިޓީގެ އަސްކަރީ ފުލުހުން ވަޒީފާއަށް ނުކުތުން ހުއްޓާލާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އަދި އެފުލުހުންގެ އާއިލާތަކުންވަނީ އެކަމަށް ތާޢީދުކޮށް ފުލުހުންގެ މަރުކަޒުތަކުގެ ކުރިމަތީގައި މުޒާހަރާވެސް ކުރަން ފަށާފައެވެ.

 

ވިޓޯރިއާ ސިޓީގެ އަސްކަރީ ފުލުހުންގެ ބޮޑު ބައެއް ވަޒީފާއަށް ނުކުތުން ހުއްޓާލުމުން އެ ޝަހަރުގެ މަގުތަކުގެ އަމާންކަން ގެއްލި ހަމަނުޖެހުންތައް އިތުރުވެ، އެތައް ބަޔަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ސަތޭކަ ދިހަ މީހުންވަނީ އެކި ހަމަ ނުޖެހުންތަކުގައި މަރާލާފައެވެ.

 

އަސްކަރީ ފުލުހުން މަސައްކަތަށް ނުކުތުން ހުއްޓާލި ފަހުން މިވީ ފަސް ދުވަހުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި 110 މީހުން މަރާލުމުގެ އިތުރުން އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ.

 

ބްރެޒިލްގެ މަގުތައް ބެލެހެއްޓުމާއި އެގައުމުގެ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ އަސްކަރީ ފުލުހުންގެ ޒިންމާއެކެވެ. އަދި ވަޒީފާގެ ގޮތުން އަސްކަރީ ފުލުހުންނަށް ޙަޅުތާލުކޮށް އެއްވެސް މަޤްބޫލު އުޒުރެއްނެތި ވަޒީފާއަށް ނުނިކުމެތިބުމަކީ ހުއްދަކަމެއް ނޫނެވެ.

 

މހާރު ބްރެޒިލްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ ނަގަންޖެހޭނީ އަސްކަރީ ފުލުހުން ކަމަށް އެގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އަދި މިއަމަލު ތަޙްގީގުކޮށް އެ ފުލުހުންގެ މައްޗަށް މިކަން ސާބިތުވެއްޖެނަމަ 2 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަނާނެއެވެ.

އަސްކަރީ ފުލުހުން ވަޒީފާއަށް ނުނިކުމެ ހަޅުތާލުކުރިނަމަވެސް ބްރެޒިލްގެ މަދަނީ ފުލުހުން އެކަމުގައި ބައިވެރިއެއް ނުވެއެވެ. ނަމަވެސް މަދަނީ ފުލުހުންވެސް އަސްކަރީ ފުލުހުންގެ ޑިމާންޑަތަކަށް ތާޢީދުކުރާކަންވަނީ ހާމަކޮށްފައެވެ.

 

އަސްކަރީ ފުލުހުންގެ މި އަމަލާ ގުޅިގެން ފާއިތުވެދިޔަ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ބްރެޒިލްގައި ކުށްކުރުން އިތުރުވެ ވައްކަމާއި ލޫޓުވުންވެސް އިތުރުވެފައިވާ ކަމަށް މިމައްސަލަ ތަހުގީގު ކުރުމުގައި މަސައްކަތްކުރާ ވޯލްޓަރ ސަންޓާނާ ލޯޕެޒް ބުނެފައިވެއެވެ.

 

އެސްޕިރިޓޯ ސަންޓޯ ސްޓޭޓްގެ މައިރަށް ކަމަށްވާ ވިޓޯރިއާ ސިޓީގައި މީގެ ކުރިންވެސް ހިނގާ ހަމަނުޖެހުންތަކުގައި މީހުން މަރުވާ ރޭޓު އުޅެނީ ކޮންމެ ސަތޭކަ ހާސް ގޭ ބިސީއަކުން 37.4 ޕަސެންޓްގައި ކަމަށް އެގައުމުގެ އާންމުކޮށްފައި ޕަބްލިކް ސޭފްޓީ ރިޕޯޓްގައިވެއެވެ.

ވިޓޯރިއާ ސިޓީގައި މިހާރު އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން ފިޔަފާރިތައް ހުއްޓި، ސްކޫލްތައް ބަންދުކޮސް ކިޔަވައިދިނުން ވަނީ ހުއްޓާލާފައެވެ.

 

އެސްޕިރިޓޯ ސަންޓޯ ސްޓޭޓުގެ އަސްކަރީ ފުލުހުންނަކީ ބްރެޒިލްގައި ހަތަރުވަނައަށް އެންމެ ކުޑަ މުސާރައެއް ލިބޭ މުއައްސަސާއެވެ. 2015 ވަނަ އަހަރު ހެދިފައިވާ ދިރާސާއަކުން ދައްކާގޮތުގައި އެސްޕިރިޓޯ ސަންޓޯ ސްޓޭޓްގެ އަސްކަރީ ފުލުހުންނާއި އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަ މީހުންނަށް އެވްރެޖްކޮށް ކޮންމެ މަހަކު ލިބެނީ 2633 ބްރެޒިލިއަން ލީރާ ގާތްގަނޑަކަށް 840 އެމެރިކާ ޑޮލަރެވެ.

 

ބްރެޒިލްގައި އެންމެ ބޮޑު މުސާރައެއް ލިބެނީ ވެރިރަށް ބްރެސީލިއާގައި މަސައްކަތްކުރާ އޮފިސަރުންނަށެވެ. ވެރިރަށުގައި މަސައްކަތްކުރާ އަސްކަރި ފުލުހުންނަށް މަހަކު 7190 ބެރެޒިލިއަން ލީރާ ގާތްގަނޑަކަށް 2300 އެމެރިކާ ޑޮލަރު ޖެހެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް