21 ޖެނުއަރީ 2019 | ހޯމަ | 03 ހުވަން
15 ޖުމާދަލްއޫލާ 1440
ފަތިސް 05:03
އިރުއަރާ 06:18
މެންދުރު 12:21
އަސްރު 15:41
މަޣްރިބް 18:17
އިޝާ 19:32

ބޮލީވުޑް

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

  • ފިލްމުގެ ޝޫޓިންތައް ފަށަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު
އަޒްލިފާ އަބްދުﷲ | AzuAzlifa

| 12 ފެބުރުވަރީ 2017 | އާދީއްތަ 14:53 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  3. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  4. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  5. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  6. މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ
  7. ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
  8. މާލޭގައި އަނެއްކާވެެސް އެކްސިޑެންޓެއް، ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް


ރަންވީރ ސިންގް އާއި އާލިއާ ބަޓް -- ގޫގުލް

އިންޑިއާގެ މަޝްހޫރު ފިލްމް ޑައިރެކްޓަރެއް އަދި ސްކްރީން ރައިޓަރެއް ކަމުގައިވާ ޒޯޔާ އަކްތަރްގެ ދެން އަންނަން އޮތް ފިލްމުގެ ކާސްޓް ފައިނަލްކޮށްފިއެވެ.

 

"ގަލީ ބޯއި" ނަމަކަށް ކިޔާ މިފިލްމުގެ ލީޑް ރޯލްތައް ކުޅުމަށްޓަކައި ޒޯޔާ ވަނީ ބޮލީވުޑްގައި އަރަމުން އަންނަ ކުޅަދާނަ ދެތަރިން ކަމުގައިވާ އަލިއާ ބަޓް އަދި ރަންވީރް ސިންގް ހިމެނުމަށް ނިންމާފައިއެވެ.  

 

މީގެ ކުރިން މިދެތަރިން އެކީގައި ފިލްމަކުން ފެނިގެން ގޮސްފައި ނުވިކަމުގައި ވިޔަސް މި ދެތަރިންވަނީ އިންޑިއާގެ ޓްރެވަލް ވެބްސައިޓެއް ކަމުގައިވާ "މޭކް މައި ޓްރިޕް "ގެ ތަފާތު އެތައް އިޝްތިހާރުތަކުން ފެނިގެން ގޮސްފައިއެވެ.

 

މި ފިލްމަކީ މުމްބާއީގެ ސްޓްރީޓް ރެޕާއެއް ކަމުގައިވާ ނައިޒީ ނަމަކަށް ކިޔާ ފިރިހެންކުއްޖެގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރަމުންދާ ފިލްމެކެވެ. ހަމައެހެންމެ ފިލްމުގެ ތަފާތު ބޭނުންތަކަށް ރިސާޗްކުރުމަށްޓަކައި ރަންވީރު އަދި ޒޯޔާ ވަނީ " ބޮމްބޭ 70 "ނަމަކަށް ކިޔާ ޑޮކިއުމަންޓްރީގެ ދެތަރިން ކަމުގައިވާ ނައިޒީ އަދި ޑިވައިންގެ

 

ރެޕްކުރުމުގެ ދެ ސެޝަންއަކަށްވެސް ގޮސްފައިއެވެ.

 

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މިހާރު ބެލުންތެރިންގެ މެދުގައި މަޤްބޫލްކަން ހޯދަމުން އަންނަ ފިލްމުކަމުގައި "ރައީސް" ގެވެސް ޕްރޮޑިއުސަރުންކަމަށްވާ ފަރާހް އަދި ރިތޭޝްއެވެ.

 

މި ފިލްމުގެ ޝޫޓިންތައް ފަށަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް