21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ބޮލީވުޑް

ފޮޓޯ ޝޫޓަކަށް ޖާންވީގެ އިސްތަށިގަނޑު ކޮށާލައިފި

  • ޖާންވީގެ އިސްތަށިގަނޑު ކޮށާލީ ކޮސްމޯޕޮލިޓަންގެ ކަވަރ ފޮޓޯ ޝޫޓް ކުރުމަށް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 1 ޖެނުއަރީ 2019 | އަންގާރަ 14:49 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ޖާންވީ ކަޕޫޜު -- ގޫގުލް

ބޮލީވުޑްގެ ތަރި ޖާންވީ ކަޕޫރު ފޮޓޯ ޝޫޓަކަށް އެނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފި އެވެ.

ޖާންވީ އޭނާގެ އިސްތަށިގަނޑު ކޮށާލާފައި ވަނީ ކޮސްމޯޕޮލިޓަން މެގަޒިންގެ ޖެނުއަރީ މަހުގެ ކަވަރ ފޮޓޯ ޝޫޓް ކުރުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ކޮސްމޯޕޮލިޓަން" އިންސްޓަގްރާމް ޕޭޖްގައި ހިއްސާކޮށްފައިވާ ވީޑިއޯގައި ޖާންވީ ބުނެފައިވަނީ އޭނާގެ އިސްތަށިގަނޑު ކުރުކޮށް ކޮށާލީ ކަވަރ ޝޫޓްއަށް ކަމަށާއި އެކަމާއި އެނާގެ ބައްޕަ ވަރަށް ރުޅިގަދަވާނެ ކަމަށެވެ.

 ޖާންވީ ވަނީ މީގެ ކުރިން "ބްރައިޑްސް ޓުޑޭ"، "ވޯގް އިންޑިއާ"، އަދި "ގްރޭޒިއާ" ގެ ކަވަރ އަށް އަރާފައެވެ.

ކޮސްމޯޕޮލިޓަން ގެ ކަވަރ އަށް އެރި އިތުރު ތަރިންގެ ތެރޭގައި އާލިއާ ބަޓް އާއި ޝްރައްދާ ކަޕޫރުގެ އިތުރުންވެސް އިތުރު ތަރިން ހިމެނެއެވެ.

ޖާންވީ ވެގެން ގޮސްފައިވަނީ ބޮލީވުޑް ތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ގްލެމަރަސް ތަރިއަށެވެ. އަދި އެނާ ވަނީ ޕަޕަރާޒީންގެ ފޭވަރިޓަށް ވެގެން ގޮސްފައެވެ.

މިއަހަރުގެ ފެބްރުއައީ މަހު ކުއްލި ގޮތަކަށް މަރުވި ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަރ ސްޓާ ސްރީ ދޭވީގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ބޮލީވުޑަށް ތަޢާރަފް ވެގެން ގޮސްފައިވަނީ "ދަޅަކް" އިންނެވެ. އެފިލްމްގައި ޖާންވީ ފެނިގެން ގޮސްފައިވަނީ ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ޚައްތަރު އާއި އެކުގައެވެ. އެ ފިލްމްވަނީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމަކަށް ވެގެން ގޮސްފައެވެ. އެގޮތުން އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުން ލިބުނު އާމްދަނީ ވަނީ 100 ކްރޯޑަށް އަރާފައެވެ.  ޖާންވީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަރަން ޖޯހަރުގެ ފިލްމް "ތަޚްތް" އިންނެވެ. އެ ފިލްމްގައި ޖާންވީގެ އިތުރުން ދެން ފެނިގެންދާނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރު، ވިކީ ކައުޝަލް، އާލިއާ ބަޓް އަދި އެނާގެ ބޮޑުބޭބެ އަނިލް ކްޕޫރު އެވެ.

މީގެ އިތުރުން އިންޑިއާގެ ފުރަތަމަ އަންހެން ކޮމްބެޓް ޕައިލޮޓް ގުންޖަން ސަކްސޭނާގެ ބައޯޕިކްގެ ލީޑް ރޯލުން ވެސް ޖާންވީ ފެނިގެންދާނެއެވެ.  މި ފިލްމްގެ ސެޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވަނީ ލީކްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް