18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ނުރައްކާތެރި އެކްސިޑެންޓް

އަފްޒަލްގެ މަރާއެކު ދެ ރަށަށް ބޮޑު ހިތާމައެއް!

 • ސައިކަލު ދުއްވީ ބާރު ސްޕީޑްގައި ކަމަށް މައުލޫމާތު ލިބޭ
 • އަފްޒަލްގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި
 • އަފްޒަލްގެ 18 އަހަރު ނުވާ ކުޑަ ދެކުދިން އެބަތިބި
އަމްނާ އިމާދު | @amnabinthimad

| 1 ޖެނުއަރީ 2019 | އަންގާރަ 14:15 | |

މަގުބޫލް

 1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
 2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
 3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
 4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
 5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
 6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
 7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
 8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


މާމެންދޫގައި ހިނގި އެކްސިޑެންޓުގައި މަރުވި އަފްޒަލް: ފޮޓޯ: ސަން އޮންލައިން -- އާކައިވް

އައު އުންމީދު ތަކާއެކު ދެރަށުގެ ގިނަ ރައްޔިތުން ދިޔައީ އައު އަހަރު އުފާވެރިކޮށް ފާހަގަކުރުމަށް ކުރިއާލާ ތައްޔާރުވަމުންނެވެ. ފޮނިއުންމީދު ތަކާއެކު ކުދި ބޮޑު އެންމެނެވެ. ގއ. މާމެންދޫއާއި، ވިލިނގިއްޔަކީ ކައިރިކައިރީގައި އޮންނަ ދެރަށަށްވާތީ އަބަދު ވެސް ދެރަށުގެ ރައްޔިތުން އެކުވެ ތަފާތު ހަރަކާތްތައް ބާއްވައެވެ. އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތަކުން ޝޯތަކުންނެވެ. އެގޮތުން މި އަހަރުގެ އައު ވަރަށް ކުލަ ގަދަކޮށް މާމެންދޫގައި ބާއްވަން ނިންމިއެވެ. އައު އަހަރައާއެކު ވިލިނގިލީގެ އިތުރުން އެ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންގެ މާމެންދޫއަށް އައު އަހަރުގެ އުފަލުގައި ބައިވެރިވުމަށް އެރަށަށް ދިޔައެވެ.

އައު އަހަރާއި ދިމާކޮށް ރަށްރަށުގެ ގެސްޓްހައުސްތައް ފުލްވާއިރު، ގެސްޓްހައުސްތަކުން ވެސް އިސްނަގައިގެން އަންނަނީ ތަފާތު ޝޯވތައް ބާއްވަމުންނެވެ. އައު އަހަރުގެ ޝޯވގައި ބޮޑުބެރުގެ ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ގެސްޓްހައުސްގެ ދައުވަތަކަށް މާމެންދޫއިން ވިލިނގިލީ ބޮޑުބެރު ގުރޫޕަކަށް ދައުވަތު ދިނުމުން އެޓީމްގެ މެމްބަރުން އެރަށަށް ދިޔައީ ހޯމަ ދުވަހުއެވެ. ދިއުމާއެކު ޝޯވގެ ކަންތައްކަށް ތައްޔާރުވާން އެޓީމުން މަސައްކަތް ފެށި ނަމަވެސް އުފާވެރި ދުވަހެއް ހިތާމައަށް ބަދަލުވީ އެޓީމްގެ ޒުވާނެއްގެ ކުއްލި މަރުންނެވެ. އެކްސިޑެންޓާއި ގުޅިގެން ތާއަބަދަށް އެވަކިގެން ދިޔައީ އުމުރުން އެންމެ 32 އަހަރުގެ ޒުވާނެކެވެ.

ޝޯވއަށް ހުރިހާ މެންބަރުން ތައްޔާރުވަމުން ދިޔައިރު އެމަސައްކަތުގައި އެންމެ ބުރަކަށް އުޅުނު ޒުވާނަކީ ވިލިނގިއްޔަށް އުފަން އަފްޒަލް ޔާސިރެވެ. އަފްޒަލް ޝޯވއަށް ބޭނުންވާ ސާމާނުތަކެއް ހިފައިގެން ދިޔައީ ޝޯވ ބޭއްވުމަށް ހަމަޖެހިފައިވާ މާމެންދޫގައި އަލަށް ހަދާފައިވާ ބާބަކިޔު ސަރަހައްދާ ދިމާލަށެވެ. ނަމަވެސް އެސަރަހައްދާ މާދުރުނޫން ކުނިގޮޑާ ދިމާލުގައި އަފްޒަލް ދުއްވަމުން ދިޔަ ސައިކަލާއި، އެހެން ސައިކަލަކާއި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. ހޯމަ ދުވަހުގެ ރޭ 8:15 ހާއިރު ހިނގި އެކްސިޑެންޓްގައި އަފްޒަލް މަރުވެފައިވާއިރު، އިތުރު ދެ ޒުވާނަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. ނަމަވެސް ސީރިއަސް އަނިޔާއެއް ނުލިބެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ މާމެންދޫ މީހަކު ބުނީ ދެ ސައިކަލު ވެސް އައީ ބާރު ސްޕީޑްގައި ކަމަށާއި، ދެ ސައިކަލު ޖެހުމާއެކު އަފްޒަލް ވަރަށް ބާރަށް ވިއްސައިގެން ދިޔަ ކަމަށެވެ.

އަފްޒަލްގެ ބޯ ތަނެއްގައި ޖެހި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާއިރު، ބައެއް މީހުން ބުނަނީ ބޯ ޗެހުނީ މަގުގެ އެއްފަރާތުގައި އޮތް ތަޅުންގަނޑެއްގައި ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ފިތުރޯނު ގަހުގައި ކަމަށެވެ.

ވިލިނގިލީ ކައުންސިލަރު މުހައްމަދު އިގްބާލް ފިކުރީ ވިދާޅުވީ އަފްޒަލް ބޮލުގެ ދެތަނެއް ވަރަށް ބޮޑަށް ފަޅާ ގޮސް ބޮޑު ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކަރުގެ ނާރެއް ފަޅައިގެން ގޮސް ވަރަށް ގިނައިން ލޭ ބޭރުވި ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮކްޓަރުންނާއި ހަވާލާދީ އިޤްބާލް ވިދާޅުވީ އަފްޒަލް ވިލިނގިއްޔަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.

އަފްޒަލްގެ އެއްބަނޑު އެއްބަފާ އަށް މެންބަރުން ތިބެއެވެ. މަންމަ ދުނިޔޭގައި ނެތް ނަމަވެސް 60 އަހަރުގެ ބައްޕައެއް ދުނިޔޭގައި އެބަހުއްޓެވެ. މީގެ އިތުރުން އަފްޒަލްގެ 18 އަހަރު ނުވާ އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖެއް އެބަތިއްބެވެ. މީގެ ދެތިން އަހަރު ކުރިން ކައިވެނި ރޫޅުނު ނަމަވެސް އަފްޒަލްއަކީ ކުދިންނަށް އަޅާލާ ބައްޕައެއްގެ ލޯބި އެކުދިންނަށް ދެމުން އަންނަ ޒިންމާދާރު ބައްޕައެކެވެ. ވިލިނގިލީގައި ނަގާ ކިޔާލެވޭ މަސައްކަތެރި އަފްޒަލްއަކީ މަސްވެރިކަމުގެ އިތުރުން އެހެން މަސައްކަތްތައް ކޮށްގެން ފައިސާ ހޯދާ ޒުވާނެކެވެ. 

މި މަރުގެ ސަބަބުން، އައު އަހަރު ފުރަތަމަ ދުވަހަށް ކުރިން އުންމީދު ކުރި ގޮތާއި މުޅިން ހިލާފަށް މާމެންދު އަށް ވެސް ވިލިނގިއްޔަށް ވެސް މިވަނީ ހިތާމަޔާއި މޮޅިވެރިކަން އައިސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް