25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

އިރާގުގެ ހަމަނުޖެހުން

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

  • ގްރީން ޒޯނަށް އަރާފައިވާ މިސައިލް ތަކަކީ ކޮންތާކުން އައިއެއްޗެއްކަންވަނީ ސަފުވާގޮތް ނުވެފަ
އަބުދުﷲ މުހައްމަދު | 8Abbo

| 12 ފެބުރުވަރީ 2017 | އާދީއްތަ 14:37 | |

މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވާއިރު މަދުވެގެން 200 މީހުންނަށް ގެއްލުންވީ ކަމަށް ރިޕޯޓްކޮށްފައިވޭ -- ގޫގުލް

އިރާގުގެ ވެރިރަށް ބަޣްދާދުގައި ކުރިޔަށް ދިޔަ މުޒާހަރާއެއްގައި ހަމަނުޖެހުން ހިންގައި މަދުވެގެން ފަސް މީހުން މަރުވިތާ ގަޑިއިރުތަކެއްގެ ތެރޭ ބަޣްދާދުގައި ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ ކުރެވިފައިވާ ގްރީން ޒޯނަށް ރޮކެޓް ހަމަލާތަކެއް އަރައިފިއެވެ.

އާއްމުންގެ ގެތަކާއި ސަރުކާރުގެ އިމާރާތްތަކާއި ބޭރު ގައުމުތަކުގެ އެމްބަސީތައް ހިމެނޭ ގްރީން ޒޯނަށް އެރި ހަމަލާއާ ގުޅިގެން އެއްވެސް މީހަކު ޒަހަމްވީ ކަމެއް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންތިޚާބީ ނިޒާމަށް އިސްލާހު ގެނައުމަށް ގޮވާލައި ހޮނިހިރު ދުވަހުކުރި މުޒާހަރާއެއްގައި ގްރީން ޒޯނަށް ވަނުމަށް މުޒާހަރާގެ ބައިވެރިންވަނީ މަސައްކަތްކޮށްފައެވެ.

މުޒާހަރާ ކޮންޓްރޯލު ކުރުމަށް ފުލުހުން ކަރުނަ ގޭސް ޖަހާފައިވާއިރު މަދުވެގެން 200 މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މުޒާހަރާ ކުރަން ނުކުމެ ތިބި ގިނަ މީހުންނަކީ އިންތިޚާބާބެހޭ ކޮމިޝަނަށް ބަދަލު ގެނައުމަށް ގޮވާލަމުންދާ ދީނީ އިލްމުވެރިއެއްކަމަށްވާ މުގްތަދާ އަލް ސަދްރަށް ތާއީދުކުރާ ފަރާތްތަކެވެ. އެމީހުން ބުނަމުންދިއައީ ކޮމިޝަން މިނިވަން ނޫން ކަމަށާއި މެމްބަރުން ތިބީ ސިޔާސީ ޕާޓީތަކާ ގުޅިފައިކަމަށެވެ.

ސަދްރްއަށް ތާއީދުކުރާ ފަރާތްތަކުން މީގެ ކުރިން ކުރި މުޒާހަރާތަކުގައި ވަނީ ގްރީން ޒޯނަށް ވަދެފައެވެ.

ހޮނިހިރު ދުވަހުގެ ވަގުތެއްގައި ގްރީން ޒޯނަށް އަރާފައިވާ މިސައިލް ތަކަކީ ކޮންތާކުން އައި އެއްޗެއްކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

އަސްކަރިއްޔާއިން ބުނާ ގޮތުގައި މިސައިލްތައް އައި ކަމަށް ބެލެވެނީ އިރުމަތީގެ ޑިސްޓްރިކްޓެއްކަމަށްވާ ބަލަދިޔަތް ސަތަހައްދުންނެވެ.ބުނެވޭ ގޮތުގައި އެއީ ސަދްރްއަށް ތަބާވާ ގިނަ ބަޔަކު އުޅެމުންދާ ސަރަހައްދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް