21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ވިޔަފާރިތައް 24 ގަޑިއިރަށް

24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަދޭން ފަށައިފި

  • 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ވަކި ޝަރުތުތައް ފުރިހަމަވާނަމަ
ސިމާހާ ނަސީމް | sim_kamana

| 31 ޑިސެންބަރު 2018 | ހޯމަ 22:48 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


މާލޭގެ ފިހާރައެއްގެ އެތެރެ -- ގޫގުލް

ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދާއި ކެންޓީން ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ހޯމަ ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ތަންތަން 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ އެކަމަށް އެދި ކައުންސިލްތަކަށް ހުށަހަޅައި، އެ ގަވާއިދުތަކުގައި ބުނާ ވަކި ޝަރުތުތަކެއް ފުރިހަމަވުމާއެކު ވަކި ޚާއްސަ ފީއެއް ދެއްކުމުންނެވެ. އެގޮތުން 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޭނީ ޝަރުތުތައް ފުރިހަމަވުމާއެކު، 2،000ރ. ގެ ފީއެއް ދެއްކުމުންނެވެ. އެ ހުއްދަ ދޭނީ ކޮންމެ ފަހަރަކު 2 އަހަރުގެ މުއްދަތަށެވެ. އަދި އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެއެވެ.

ފިހާރަތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނަ ހުރުމާއެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުމުގެ އިތުރުން ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި އެ ފިހާރައެއް ހިންގާކަމުގައިވާނަމައެވެ.

ގަވާއިދުތަކަށް ގެނައި އިސްލާހުތައް ބުނާ ގޮތުން ކެފޭ އަދި ރެސްޓޯރެންޓްތަކާއި ކެންޓީންތައް 24 ގަޑިއިރު ހުޅުވަން ހުއްދަ ދެވޭނީ މެންދަމު 1 އިން ފެށިގެން ފަތިހު 4:30 ވަންދެން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމާއި އެތަންތަނުގެ އެތެރެ އަލިކޮށްފައި ހުރުމުންނެވެ.

24 ގަޑިއިރު ފިހާރަ އަދި ރެސްޓޯރެންޓްތައް ހުޅުވުމުގެ ހުއްދަ ދިންނަމަވެސް ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދެއެވެ.

ރައިސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ. އަދި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަންނަވާތާ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި، 30 ދުވަހުގެ ތެރެގައި ފުރިހަމަ ކުރާނެ ކަންތަކުގެ ތެރޭގައި، 24 ގަޑިއިރު އާންމު ރައްޔިތުންނަށް ވިޔަފާރި ކުރެވޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް