21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ކެނދިކުޅުދޫގެ ކުޅި

ކެނދިކުޅުދޫގެ ކުޅީގެ ރީތިކަން ގެއްލި، އެތަން ކުނިގޮނޑަކަށް!

  • ކުޅިތަކުގެ ރީތިކަން އަންނަނީ މަޑުމަޑުން ފަނޑުވަމުން
  • ސަބަބަކީ ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުން މި ސަރަހައްދަށް ކުނި އެޅުމުގެ ސަބަބުން
  • ރަށުގައި ކުނި މެނޭޖްކޮށް ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތް
ސިމާހާ ނަސީމް | sim_kamana

| 31 ޑިސެންބަރު 2018 | ހޯމަ 19:22 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ކެނދިކުޅުދޫގެ ކުޅި -- އާކައިވް

ނ. ކެނދިކުޅުދޫގެ އާބާދީގައި 1883 މީހުން ތިބި ނަމަވެސް ރަށުގައި ދިރިއުޅެމުން ގެންދަނީ 1635 މީހުންނެވެ. މި ރަށް މަޝްހޫރުވެފައި ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި އޮންނަ ކުޅިތަކުގެ ހިތްގައިމުކަމާއި ރީތިކަމުގެ ސަބަބުންނެވެ. މި ރަށަކީ ބޮޑު ރަށަކަށްވާއިރު ރަށުގެ ބޮޑު މިނަކީ ފަސް ކިލޯމީޓަރެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުގައި ހަތް ކުޅި އޮންނައިރު ރަށުގެ ބޮޑުމިނުގެ ދެ ކިލޯމީޓަރު ކުޅިތައް ކަވަރުކުރެއެވެ.

މި ރަށުގައި ކިތަންމެ ރީތި ކުޅިތައް އޮތް ނަމަވެސް މިހާރު މި ކުޅިތަކުގެ ރީތިކަން އަންނަނީ މަޑުމަޑުން ފަނޑުވަމުންނެވެ. ސަބަބަކީ ރަށުގައި ދިރިއުޅޭ އާންމު ރައްޔިތުން މި ސަރަހައްދަށް ކުނި އެޅުމުގެ ސަބަބުންނެވެ. ރަށުގައި ކުނި މެނޭޖްކޮށް ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ނެތުމުން އެ ރައްޔިތުން ކުނި އަޅަމުން ގެންދަނީ އެމީހަކު ހިތަށް އެރި ތަނަކަށެވެ. ބައެއް މީހުން ބީޗަށާއި ވަލުތެރެއަށް ކުނިއަޅަމުންދާއިރު އަނެއް ބައި މީހުން ގޭގެ ކުރިމަތީގައި އޮންނަ މޫދަށް ވެސް ގޮސް ކުނި އަޅަނީއެވެ. އެތަންތަނަށް ކުނި އަޅަމުން ގެންދަނީ ވެސް އެއްވެސް އުސޫލެއް ހަމައެއް ނެތިއެވެ. ޕްލާސްޓިކް ވިޔަސް ދަގަނޑު ކަމުގައި ވިޔަސް މޫދަށް، ވަލުތެރެއަށް ނޫނީ ކުޅިއަށް ގޮސް އުކާލަނީއެވެ.

ރަށަކީ ބޮޑު ރަށެއް ކަމުން ރަށުގައި ދެ ކުނިގޮނޑު ހަދާފައިވީ ނަމަވެސް އެތަނަކީ ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަންތަނެއް ނޫނެވެ. އެތަނުގައި ކަރަންޓު ނެތްއިރު އެތަން ބޭނުން ނުކުރުމުގެ ސަބަބުން ވަނީ ޖަންގައްޔަކަށް ބަދަލުވެފައެވެ. އެ ރަށު ކައުންސިލްގެ ރައީސް ސައްފަތު އަހްމަދު ވިދާޅުވީ ކުނިގޮނޑަށް ކަރަންޓު ނުދެވި އެތަން ބޭނުންކުރެވޭ ހާލަތަށް ނުގެނެވި ވަނީ ބަޖެޓް ނެތުމުގެ ސަބަބުންނާއި ކުރީގެ ސަރުކާރުގައި އެހީއަށް އެދުނު ނަމަވެސް އެކަމަށް ބީރު ކަންފަތެއް ދިނުމުގެ ސަބަބުން ކަމަށެވެ. ރަށުގައި ކުނި ނައްތާލާނެ ރަނގަޅު ނިޒާމެއް ޤާއިމްކުރާ ނަމަ ކުނިގޮނޑު ބޭނުންކުރެވޭނެ ހާލަތަށް ގެނެސް، އެތަނަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދީ، ކުނި އުފުލުމަށްޓަކައި ވެހިކަލާއި ޑަސްބިންތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ރަށު ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަރ އަބްދުﷲ މަހްމޫދް ވިދާޅުވީ ސަރުކާރުގެ ނިޒާމްތައް ބައްޓަންވެފައިވާ ގޮތުން ކަންތައްތައް ހައްލުކުރަން ދަތިވާ ކަމަށެވެ.

ރަށުގެ ބައެއް ބައެއް ރައްޔިތުން ތިބީ ކުނީގެ މައްސަލަ ބޮޑުވެ، ހިމާޔަތްކޮށްފައިވާ ކުޅީގެ ރީތިކަން ގެއްލި، އެ ކުޅިއަށް ކުނި އެޅުމުގެ ސަބަބުން އެތަނަށް ލިބޭ ގެއްލުން ބޮޑުވުމުން އެކަމާ ވަރަށް ކަންބޮޑުވެފައެވެ.

އެގޮތުން އެ ރަށުގައި ދިރިއުޅޭ މުހައްމަދު ރައުފު ބުނީ ބައެއް މީހުން ކުނި އަޅަމުން ގެންދަނީ ކުނި މެނޭޖްކުރެވޭނެ ރަނގަޅު ގޮތެއް ނެތުމުގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

އަބްދުﷲ އިކްރާމް ބުނީ ކުޅިއަކީ ހިމާޔަތް ކުރެވިފައިވާ ތަނަކަށްވާއިރު އެތަނަށް ކުނި އެޅުމުގެ ސަބަބުން އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން މުހައްމަދު ރިޔާޒް ބުނީ އެކި ސަރަހައްދުތަކަށް އުކުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި ކުދިން ގޮވައިގެން މޫދަށް އެރެން އައިސް އުޅޭއިރު މީހުން އުކާލާ ކުނިތައް މޫދުން ނުފެންނަ ފަހަރެއް މަދު ކަމަށެވެ. އެގޮތުން ނެޕީ އާއި ހުސްކުރި ދަޅު ފަދަ ތަކެތީގެ އުނދަގޫ ބޮޑު ކަމަށް އޭނާ ބުންޏެވެ.

ކުޅިއަށް ކުނި އެޅުމުގެ ސަބަބުން އެ ކުޅީގައި ދިރިއުޅޭ މަސްމަހާމެހީގެ ދިރުންތައް ވަނީ ނެތިގޮސްފައެވެ. އަދި އެތަނުގައި ހެދިފައިވާ ބައެއް ގަސްތައް މަރުވެ، އެ ކުޅީގެ ފެންގަނޑަށް ބަދަލު އައިސް އެ ސަރަހައްދު ވަނީ ތަޤައްޔަރުވެފައެވެ. 2014 ވަނަ އަހަރު ކުޅިއަށް ކުނި އެޅުމުގެ ސަބަބުން އެ ކުޅީގައި ހުރި ހުރިހާ މަސްތައް ވަނީ މަރުވެފައެވެ. މުޅި ތަނުން ކުނި ވަސް ދުވުމުގެ ސަބަބުން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ރަށުގެ ފުއްޓަރު ފަރާތުން ބޮޑުބައެއް ކަނޑާލުމަށް ފަހު މަރުވެފައި ހުރި މަސްތައް ބޭރުކޮށްފައެވެ.

މި ރަށް ދެކެ ލޯބިވާ، އަދި ކުޅި ހިމާޔަތް ކުރަން ބޭނުންވާ ރައްޔިތުންގެ އޮތީ އެންމެ އާދޭހެކެވެ. އެއީ ރަށު ކައުންސިލުންނާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން މި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމެވެ. ރަށް ރީތި ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ރައްޔިތުން އެއްކޮށް ގުޅިގެން މަސައްކަތްކޮށް، ރަށުގެ ރީތި ކުޅިތައް ހިމާޔަތްކޮށްދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް