18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

ސިމްބާ: ތިން ދުވަހުން 100 ކްރޯޑް ކްލަބަށް!

  • ފިލްމް ރިލީޒް ކުރި ފުރަތަމަ ހަފްތާބަންދުގައި ހަމައެކަނި އިންޑިއާއިން 76 ކްރޯޑް ރުޕީސް ލިބިފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 31 ޑިސެންބަރު 2018 | ހޯމަ 16:09 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސިމްބާގެ ޕޯސްޓަރު -- ގޫގުލް

ރަންވީރު ސިންގްގެ ފިލްމް ތަކުގެ ތެރެއިން "ސިމްބާ" ވަނީ ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ސޯލޯ ފިލްމަށް ވެގެން ގޮސްފައެވެ.

ރޯހިތް ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ވަނީ ފިލްމް ރިލީޒް ކުރި ފުރަތަމަ ހަފްތާބަންދުގައި ހަމައެކަނި އިންޑިއާއިން 76 ކްރޯޑް ރުޕީސް ލިބިފައެވެ. އެ ގޮތުން މި ފިލްމަށް ރިލީޒް ކުރި ހުކުރު ދުވަހު 20.72 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހޮނިހިރު ދުވަހު ވަނީ 23 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި އާދިއްތަ ދުވަހު ވަނީ 31 ކްރޯޑް ރުޕީސް ލިބިފައެވެ.

މި ފިލްމަށް އިންޓަނޭޝަނަލް މާކެޓްގައި ވަނީ 29 ކްރޯޑް ރުޕީސް ލިބިފައެވެ. އެހެންކަމުން މި ފިލްމަށް ތިން ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 100 ކްރޯޑަށް އަރާފައެވެ.  

ރަންވީރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި އޭނާ އާއި އަންހެނުން ދިޕިކާ އެކުގައި ކުޅޭފައިވާ ސަންޖޭ ލީލާ ބަންސާލީގެ ތިން ފިލްމް ހިމެނެއެވެ. އެއީ "ގަލިޔޯންކި ރަސީލާ- ރާމް ލީލާ"، "ބާޖިރައޯ މަސްތާނީ" އަދި "ޕަދްމާވަތީ" ހިމެނެއެވެ. އެގޮތުން ރާމް ލީލާ އަށް 112 ކްރޯޑް ރުޕީސް، ބާޖިރައޯ މަސްތާނީއަށް 183 ކްރޯޑް ރުޕީސް އަދި ޕަދްމާވަތީއަށް 282 ކްޜޯޑް ރުޕީސް ވަނީ ލިބިގެން ގޮސްފައެވެ. މީގެ ތެރެއިން ޕަދްމާވަތީ އަށް ވަނީ ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި 114 ކްރޯޑް ރުޕީސް ލިބިފައެވެ.

 ރަންވީރު ކުރިން ކުޅެފައިވާ ސޯލޯ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަށް ވެފައިވަނީ "ބޭފިކްރޭ" އެވެ. އެފިލްމަށް އިންޑިއާގައި ލިބިފައިވަނީ 60 ކްޜޯޑް ރުޕީސް ކަމަށް ބޮކްސް އޮފީސް އިންޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

ރަންވީރު އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން "ބޭންޑް ބަޖާ ބާރާތް" އަދި ލޭޑީސް ވާރސަސް ރިކީ ބޭލް އަދި ލިބިފައިވަނީ 30 ކްޜޯޑް ރުޕީސް އެވެ.

 "ސިމްބާ"ގައި ރަންވީރާއި އެކު ފެނިގެންދާނީ ސާރާ އަލީ ޚާން އެވެ. މި ފިލްމަށް ކްރިޓިކުންގެ ފަރާތުން ވަނީ ޕޮޒިޓިވް ކޮމެންޓްސް ލިބިގެން ގޮސްފައެވެ. 

ރަންވީރު ދެން ފެނިގެން ދާނީ ޒޯޔާ އަޚްތަރުގެ "ގަލީ ބޯއީ" އިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް