16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އުތުރުކޮރެއާ

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

  • ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ޓެސްޓްގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވާފައިވާކަމަށް
އަބުދުﷲ މުހައްމަދު | 8Abbo

| 12 ފެބުރުވަރީ 2017 | އާދީއްތަ 14:01 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


ލީޑަރު ކިމް ޖޮން އުން ބެލަސްޓިކް މިސައިލެއް ފޮނުވާލާ މަންޒަރު ބައްލަވަނީ -- ގޫގުލް

އުތުރު ކޮރެއާއިން ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ.

މިއީ އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން އުރުރު ކޮރެއާއިން މިފަދަ މިސައިލެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ އޮފިޝަލުން ވިދާޅުވީ މިސައިލް ފޮނުވާލާފައި ވަނީ ހޮނިހިރު ދުވަހު ޖީއެމްޓީ ގަޑިން 22:55ގައި ޖަޕާނު ކަނޑުން އިރުމައްޗަށްވާ ގޮތަށް 500 ވަރަކަށް ކިލޯ މީޓަރު ދުރަށެވެ.

ޕިޔޮންގްޔަންގއިން މިދިއަ އަހަރު ނިއުކްލިއަރ އެތައް ޓެސްޓްތަކެއް ކޮށްފައިވެއެވެ.

އުތުރުކޮރެއިން ތަކުރާރުކޮށް ނިއުކްލިއަރ ޓެސްޓް ކުރުމާ ގުޅިގެން ސަރަހައްދީ ގައުމުތަކުގެ ރުޅިވެރިކަންދަނީ ބޮޑުވަމުންނެވެ.

މި ޓެސްޓްގެ މައުލޫމާތު އެނގޭ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވި ކަމަށް ރޮއިޓާސްގައި ބުނެފައިވެއެވެ.

ވައިޓްހައުސްގެ އޮފިޝަލަކު ވިދާޅުވެފައިވަނީ މި ޓެސްޓްގެ މައުލޫމާތު ރައީސް ޑޮނަލްޑް ޓްރަމްޕްއަށް އަރުވާފައިވާކަމަށެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝީޑީ ސޫގާ ވިދާޅުވީ މި ސައިލް ޖަޕާނުގެ އިހުތިސާސްގެ ތެރޭ ހިމެނޭ ކަނޑުގެ ސަރަހައްދަށް ފޯރާފައި ނުވާކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އުތުރު ކޮރެއާގެ މި ހަމަލާއާ ދެކޮޅަށް ޖަޕާނުން ވަރުގަދަ އިހުތިޖާޖެއް ކުރާނެ ކަމަށެވެ.

އުތުރު ކޮރެއާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް