23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ތަގްސް އޮފް ހިންދުސްތާން

'ތަގްސް އޮފް ހިންދުސްތާން' އަށް ޗައިނާ އިން ވެސް ތަރުހީބެއް ނުލިބުނު!

  • ރިލީޒް ކުރި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ލިބިފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 30 ޑިސެންބަރު 2018 | އާދީއްތަ 17:58 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


'ތަގްސް އޮފް ހިންދުސްތާން' ޕޯސްޓަރ -- ގޫގުލް

ބޮލީވުޑުގެ ސުޕަރސްޓަރ އާމިރު ޚާން އާއި އަމީތާބް ބައްޗަން އެކުގައި އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ޗައިނާ އިން ވެސް ތަރުހީބެއް ނުލިބުނު ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގައި އާމިރު ޚާންގެ ފިލްމުތަކަށް ބޮޑު ސަޕޯޓެއް ލިބިފައިވީ ނަމަވެސް "ތަގްސް އޮފް ހިންދުސްތާން" އަށް ޗައިނާ ބޮކްސް އޮފީހުން ލިބިފައި ވަނީ ފިނި ތަރުހީބެކެވެ.

އެ ގޮތުން އިންޑިޔާގައި ފިލްމު ރިލީޒްކުރިތާ އެއްމަސް ފަހުން ޗައިނާގައި މި ފިލްމު އެޅުވި ދުވަހު ލިބިފައި ވަނީ 10 ކްރޯރް ރުޕީސްއެވެ.

އިންޑިޔާގެ ސިނަމާތަކުގައި "ތަގްސް އޮފް ހިންދުސްތާން" އަށް އެހާ ބޮޑު ތަރުހީބެއް ނުލިބުމުނު ނަމަވެސް އާމިރު އެންމެ ފަހުގެ ދެ ފިލްމު ކަމަށްވާ "ޑަންގަލް" އަދި "ސީކްރެޓް ސުޕަރސްޓަރ" އަށް ލިބުނު ފަދަ ތަރުހީބެއް ބޭރު ގައުމުތަކުގައި މި ފިލްމަށް ވެސް ލިބިގެންދާނެ ކަމަށް ޕްރޮޑިއުސަރުން އުންމީދު ކުރިއެވެ. "ޑަންގަލް" އަދި "ސީކްރެޓް ސުޕަރސްޓަރ" އަކީ ޗައިނާގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިބެއް ހޯދާފައިވާ ދެ ފިލްމެވެ.

މި އަހަރުގެ ދިވާލީގައި ރިލީޒްކުރި "ތަގްސް އޮފް ހިންދުސްތާން" ވަނީ ރެކޯޑް މުގުރާލާފައެވެ. އެގޮތުން މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 50 ކްރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެހެން ނަމަވެސް ފުރަތަމަ ދުވަހާ އަޅާބަލާއިރު ފިލްމަށް ލިބެމުން ދިޔަ ތަރުހީބު ކުޑަވެފައި ވަނީ ފިލްމު ކްރިޓިކުންގެ ފާޅުކުރި ނެގެޓިވް ހިޔާލުތައް ގިނަވުމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލްމުތައް ދިރާސާކުރާ ފަރާތްތަކުން ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ދަ އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމަށް މިހާތަނަށް ލިބިފައި ވަނީ 150.32 ކްރޯރް ރުޕީސްއެވެ. ފިލްމް އުފެއްދުމަށް 300 ކްރޯރް ރުޕީސް ހޭދަވި ކަމަށް ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް