21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

މަގޭ ރިޕޯޓް

ސަރުކާރާމެދު އަދި އެއްފަހަރު ވިސްނާލައްވާ!

  • ރައްޔިތުންގެ ކަންބޮޑުވުންތައް އެބަހުރި
  • ދެބަސްވުންތައް ހުންނާނެ ކަމަށް ރައްޔިތުން ގަބޫލުކުރަންޖެހޭ
  • ދެބަސްވުން ހުއްޓަސް، ގައުމީ މަސްލަހަތަށް އެއްބަސްވުމަކަށް އަންނަންޖެހޭ

| 30 ޑިސެންބަރު 2018 | އާދީއްތަ 17:55 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: މުހައްމަދު ޝަރުހާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ބައެއް މީހުން ކަންބޮޑުވެފައި ތިބީ މަގާމުތަކަށް އައްޔަންކުރާ މީހުންގެ ގޮތުންނެވެ. އަނެއް ބަޔަކު ހިތްހަމަނުޖެހިފައި ތިބީ ބައެއް ކަންކަމުގެ ސަރުކާރުގެ ދުވެލި މަޑުވުމުންނެވެ. އަނެއް ކަންބޮޑުވުމަކީ ކުރިން ވެސް މަގާމުތަކުގައި ތިއްބެވި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި ޖަރީމާތައް ހިންގިކަމަށް ތުހްމަތުކުރާ، ނުވަތަ އެހީތެރިވެދިން ކަމަށް ބުނާ ބައެއް މީހުން މަގާމުތަކުގައި ތިބުމެވެ. މިއީ ހަމަ ރަނގަޅު ކަންބޮޑުވުމެއް ކަމަށް ގަބޫލުކުރަންޖެހެ އެވެ. ނަމަވެސް މިގޮތަށް ކަންބޮޑުވާ މީހުން ވެސް ގަބޫލުކުރަންޖެހޭ ހަގީގަތްތަކެއް އެބަ ހުއްޓެވެ.

މަޒީން މާގިނަ ސޮފުހާތަކެއް އުކާކަށް ނުޖެހޭނެ އެވެ. ސެޕްޓެމްބަރު 23 ގެ ކުރިއަށް ބަލާލާށެވެ. ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ޖަލުގަ އެވެ. ރައްޔިތުންނަށް ހައްގުތަކެއް ނެތެވެ. ދައުލަތުގެ ތިޖޫރީގައި ފުލެއް ނެތެވެ. އަދުލާއި އިންސާފަކީ ހަމައެކަނި ރަދީފުގައި ލިޔެވިފައިވާ ދެ ބަހަށް އޮތީ ވެފައެވެ. ބަރުލަމާނުގައި ބާރެއް ނެތެވެެ. މުއައްސަސާތަކަކީ ދަތް ނެތް ސިންގާތަކެކެވެ. މި ދަރަޖައަށް ދައުލަތް ހަރާބުވުމުން، ސިޔާސީ އެކި ފިކުރުތަކުގައި ތިއްބެވި އެންމެ އެއް ގަލަކަށް އަރަން މަޖުބޫރުވި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ ގައުމުގެ ސަލާމަތަށް ކުރެއްވި ކަމެއް ކަމަށެވެ. އެ ބޭފުޅުން އެއް ގަލަކަށް އެރުއްވީ ދެބަސްވުން ހުންނާނެ ކަމަށް އެއްބަސްވެގެންނެވެ.

ޔާމީންގެ ވެރިކަން ބަދަލުކުރުމަށް އެންމެން އެއްބަސްވި ނަމަވެސް، ދެބަސްވުންތައް ހުއްޓެވެ. ކޯލިޝަން ސަރުކާރެއްގެ ތޮބީއަތަކީ އެއީ އެވެ. ދެބަސްވުންތައް ހުންނާނެ އެވެ. ރައްޔިތުން ވެސް އެއްބަސްވެ، އާނބަސް ބުނީ، ކޯލިޝަންގައި ދެބަސްވުން ވެސް ހުންނާނެކަން ގަބޫލުކޮށްގެންނެވެ. އެހެންވެ، ވެރިކަމުގެ އަލަތުކޮޅުގައި މައްސަލަތައް ހުރުން އެކަށީގެންވާނެކަން ގަބޫލުކުރަންޖެހެ އެވެ. ތިމާމެން ބޭނުންވާ ކަމެއް ބޭނުންވާ ސްޕީޑްގައި ވެސް ނުގޮސްދާނެ އެވެ. ރައްޔިތުން ބޭނުންވީ ކޯލިޝަނެއް އޮވެގެން ވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށެވެ. ރައްޔިތުން އެގޮތަށް ނިންމާފައި އޮތްއިރު، ރައްޔިތުން އެގޮތަށް އެއްބަސްވި ސަބަބުތައް ހަނދާނަށް ގެންނަންޖެހެ އެވެ. އިންސާނުންނަކީ އަބަދުވެސް ހަނދާންކޮށްދޭން ޖެހޭ ބައެކެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހް އަށް ވޯޓް ދެއްވީ، މީޒާން ހަމަ ދައުލަތެއް ގާއިމުކޮށް، އިޖުތިމާއީ އަދާލަތު ކަށަވަރުކުރުމަށެވެ. އަދުލް އިންސާފު ގާއިމުކުރުމަށެވެ. ޝަރުއީ ނިޒާމު އިސްލާހުކުރުމަށެވެ. ހައްގުތަކާއި މިނިވަންކަން އިޔާދަކުރުމަށެވެ. ރައްޔިތުންނަށް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ހޯދުމަށެވެ. ގައުމުގެ މުއްސަނދިކަމަކީ ވަކިބައެއްގެ މިލްކަކަށް ހެދިޔަ ނުދިނުމަށެވެ. ހަޒާނާ އާއި ބަޑިގުދަން ރައްކާތެރިކުރުމަށެވެ. މިކަންކަމަށް ވާސިލްވުމަށް މަސައްކަތްކުރުމަކީ ކޮންމެ ލީޑަރެއްގެ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. އޭރު ދެއްކެވި ވާހަކަތައް މިއަދު ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އޭރު ރައްޔިތުން ދިން އުއްމީދުތަކަކީ ހިޔާލީ ފޮލާއަކަށް ހަދައިގެން ނުވާނެ އެވެ. ގޯސްތައް ތަކުރާރުވާނަމަ، ރައްޔިތުންގެ ކަންބޮޑުވުން އުތުރިއަރާނެ އެވެ. މިވަގުތަކީ ނުތަނަވަސްކަމުގެ ޖަޒުބާތު ކެކެންވީ ވަގުތުތޯ އަމިއްލަ ނަފުސާ ސުވާލު ކުރައްވާށެވެ. މީގެ ދޮޅުމަސްކުރިން އޮތް ބިރުވެރިކަމާއި ނާމާންކަމުގެ މަންޒަރުތައް ސިފަކޮށްބަލާށެވެ. އޭރުން ޝަކުވަތައް މަދުވެ، ކަންބޮޑުވުންތައް މައިތިރިގެން ގޮސްދާނެ އެވެ. އަދި ގަބޫކުކުރަންވީ، ޚުދުމުޚްތާރު ސިފަތަކަކަށް ހިންގި ދައުލަތެއް ސާފުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމެެވެ. މުޅި ދައުލަތުގައި ފަސާދައިގެ މޫ ދެމިފައިވާއިރު، އެފަދަ ފަރާތްތަކަށް ޑިމޮކްރަސީ ވާނީ ޒަޚަރަކަށެވެ. އެހެންވެ، މައްސަލަތަކަށް އެއްފަހަރާ ހައްލު ހޯދުމަކީ ފަސޭހަ ކަމަށް ވާނެ ކަމެއް ނޫނެވެ.

ނަމަވެސް މިހާރު ވެސް އެނގޭ ކަމެއް އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގައި 24 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ރައީސް އިބުރާހިމް މުހައްމަދު ސޯލިހް އަށް ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތަޖުރިބާ ނުކުރެއްވި އޮތް އެއްވެސް ކަމެއް ނެތެވެ. އެހެންވެ، އެ މަނިކުފާނުގެ ނިންމުންތަކަކީ ހިކުމަތްތެރި ނިންމުންތަކަކަށް ވާނެ އެވެ. އަދި ކޯލިޝަނަކުން ވެރިކަން ކުރާއިރު، މަގާމުތަކަށް އައްޔަންކުރާ މީހާގެ ގޮތުން ބަދު ބަހެއް ބުނެލަން ޖެހުނަސް، އެއީ ހައްލު ނުކުރެވޭ، ނުވަތަ ބަލައި ނުގަނެވޭ ވަރުގެ މައްސަލައަކަށް ވެގެން ނުވާނެ އެވެ.

މިހާރު އެންމެ ބޮޑު ޚިޔާލު ތަފާތުވުމަކަށް އޮތީ މަޖިލީހުގެ ގޮނޑިތައް ބެހުމެވެ. އަދި ހަތަރު ޕާޓީއަށް އެކަމުގައި އެއްގަލަށް ނޭރުވެ އެވެ. ކޮންމެ ބަޔަކު ވެސް އެބަޔަކަށްވާ ފަޅި ހޯދަށް މަސައްކަތް ކުރަނީ އެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް، އެއީ ހައްލު ނުކުރެވޭނެވަރުގެ ކަމަކަށް ނުހައްދަވާށެވެ. ރައްޔިތުންގެ ވިންދަކީ އެއީއެވެ. ރައްޔިތުން އެދޭ ގޮތަކީ އެއީ އެވެ. ގައުމަށް ހަމަޖެހޭ ވަގުތުކޮޅެއް ހޯދައި ދެއްވުމަށް، ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ޚިދުމަތްތެރިކަމާއެކު ކަމަށް ގަބޫލުކުރެ އެވެ. ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެއްވީ އެ މަނިކުފާނުގެ ސްޓައިލްގަ އެވެ. އަމިއްލަ އެދުން އިސް ނުކުރައްވައި އެއްބާރުލެއްވުން ދެއްވައިފި ނަމަ، ވެރިކަން ވެސް ކުރައްވައި ކާމިޔާބު ހޯއްދަވާނީ ރައީސް ސޯލިހްގެ ސްޓައިލްގަ އެވެ. ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު އެވެ. ހިކުމަތްތެރިކަމާއެކު އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

India loan

3 މަސް ކުރިން

Basmagu Reethi kurevidhaane amalureechennoon aniyaaverikamekkudaennoon emmas veeiru sarukaaru dhanee blikash'ivamun heevanee fathuadukiyaafa adiyadhdhaahen

0
0
ހައި

3 މަސް ކުރިން

ވިސްނި ހެން ބޯ ހަޅާކު

0
0