23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

'ޒީރޯ' 100 ކްރޯޑް ކްލަބަށް ވަންނާނެތަ؟

  • މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 85.95 ކްރޯޑް ރުޕީސް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 30 ޑިސެންބަރު 2018 | އާދީއްތަ 17:00 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޒީރޯގައި ޝާހް ފެނިގެން ދަނީ ކުރު މީހެއްގެ ގޮތުގައި -- ހިންދުސްތާނީ ޓައިމްސް

މި މަހުގެ 21 ގައި ރިލީޒްކުރި ޝާހުރުކް ޚާންގެ ފިލްމް "ޒީރޯ" ރިލީޒް ކުރިތާ ހަފްތާއެއް ވީއިރު ފިލްމަށް ލިބެމުންދިޔަ އާމްދަނީ ވަނީ ދަށަށް ދާން ފަށާފައެވެ.

ބޮކްސް އޮފީސް އިންޑިއާ ޑޮޓްކޮމްގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމް ރިލީޒްކުރިތާ ނުވަ ވަނަ ދުވަހު ލިބުނު އާމްދަނީ ވަނީ އެންމެ ކްރޯޑަކަށް ވެއްޓިފައެވެ. އަދި މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 85.95 ކްރޯޑް ރުޕީސް އެވެ.

މި ފިލްމަށް ލިބެމުންދާ އާމްދަނީ މިހާ ބޮޑުތަން ދަށަށް ގޮސްފައިވުމުން މި ފިލްމް 100 ކްރޯޑް ކްލަބަށް ވަނުމަކީ އުންދަގޫ ކަމަކަށް ވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

"ޒީރޯ" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20.14 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އަދި ހޮނިހިރު ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.22 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު ލިބިފައި ވަނީ 18.25 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް ހޯމަ ދުވަހު 9.50 ކްރޯޑް ލިބިފައިވާއިރު ކްރިސްމަސްޑޭ ކަމަށްވާ އަންގާރަ ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 12.75 ކްރޯޑް ރުޕީސްއެވެ.

އާންނަދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި ޝާހުރުކް ޚާން (ބައުއާ ސިންގް) ފެނިގެން ދަނީ އާދަޔާ ޚިލާފް ކުރު މީހެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ ކެއިފް(ބަބީތާ ކުމާރު) ފެނިގެން ދަނީ ބޮލީވުޑް ސުޕަރ ސްޓާރެއްގެ ރޯލުންނެވެ. އަދި އަނުޝްކާ ޝަރްމާ ( އާފިއާ) ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންސިސްޓެއްގެ ރޯލުންނެވެ.

މި ފިލްމްގައި ޚާއްސަ ފެނިލުމަކުން ސަލްމާން ޚާން، އާލިއާ ބަޓް، އާރު މާދަވަން، ކާޖޮލް، ރާނީ މުކަރްޖީ، ދީޕިކާ ޕަދުކޯން، ރީމޯ ޑިސޫޒާ، ކަރިޝްމާ ކަޕޫރު، އަރުޖުން ކަޕޫރު އަދި ޖޫހީ ޗަވްލާ ފެނިގެން ދެއެވެ. މީގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް މަރުވި ސްރީ ދޭވީ ވެސް މި ފިލްމްގައި ޚާއްސަ ފެނިލުމަކުން ފެނިގެން ދެއެވެ.

200ކްރޯޑްގެ ބަޖެޓަކުން ހަދަފައިވާ "ޒީރޯ" ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމްތަކުގެ ލިސްޓްގައި ހިމެނެނީ "ޕަދްމާވަތު"، "ރޭސް 3"، "ސަންޖޫ" އަދި "ތަގްސް އޮފް ހިންދުސްތާން" އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް