25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެމްޕީ މުސްތަފާ

އެމްޑީޕީން އެންގި ގޮތަށް މެންބަރު މުސްތަފާ މާފަށް އެދިވަޑައިގެންފި

  • ޕީޕީއެމަށް ސޮއިކުރިކުރުމަކީ އެމްޑީޕީގެ ގަވާއިދުތަކާ ހިލާފަށް ކުރެވުނު ނުރަނގަޅު އަމަލެއް
  • މިއަދު 2:00 ގެ ކުރިން މައާފަށް އެދިވަޑައިގަތުމަށް ނުވަތަ ޕްރައިމަރީ ފޯމް ބާތިލްކުރާނެ ކަމަށް ވަނީ އަންގާފައި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 30 ޑިސެންބަރު 2018 | އާދީއްތަ 15:46 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ތ. ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ -- އާކައިވް

އަށާރަ ވަނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ވާދަކޮށް މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު ޕާޓީ ބަދަލުކުރެއްވި މައްސަލައިގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މާފަށް އެދިވަޑައިގަންނަވައިފިއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އާދިއްތަ ދުވަހު 2:00 ގެކުރިން މުސްތަފާ މާފަށް އެދިވަޑައިގެން އެމްޑީޕީއަށް ބަޔާނެއް ފޮނުއްވާފައިވާ ކަމަށެވެ.

މާފަށް އެދިވަޑައިގެން މުސްތަފާ ފޮނުއްވި ބަޔާނުގައި ވަނީ 2014 ވަނަ އަހަރު ޕާޓީ ބަދަލުކޮށް ޕީޕީއެމަށް ސޮއިކުރިކުރުމަކީ ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާއި ހިލާފަށް ކުރެވުނު ނުރަނގަޅު އަމަލެއް ކަމަށެވެ. އަދި އެކަމަށްޓައި ޕާޓީގެ ލީޑާޝިޕާއި މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަންނަވާ ކަމުގައި ބަޔާނުގައި ވިދާޅުވެފައި ވެއެވެ

އެމްޑީޕީގެ މެމްބަރުންނަށް މާފަށް އެދިވަޑައިގެން މުސްތަފާ ވިދާޅުވީ އެކަމަކީ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ކަމުން މަޖުބޫރުވެގެން ކުރެއްވި ކަމެއް ކަމަށެވެ.

މުސްތަފާ އެހެން ވިދާޅުވި ނަމަވެސް ރިޔާސީ އިންތިހާބާ ދިމާކޮށް މުސްތަފާގެ ގޮނޑިގެއްލުވާލުމުން ޕީޕީއެމުން ނިކުމެ ވަޑައިގެން މަސައްކަތް ކުރެއްވި 12 މެމްބަރުންނާ އެކު އެވެ. މުސްތަފާ އެމްޑީޕީއަށް ގުޅިވަޑައިގަތީ ކޯލިޝަނުން އެ 12 މެމްބަރުންނަށް ޓިކެޓް ނުދޭނެކަން ޔަގީންވެ ވަޑައިގެންނެވުމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށެވެ.

އާންމު ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައި ވަނީ މުސްތަފާ ޕާޓީ ބަދަލުކުރެއްވި ހާލަތަށް ބަލައި އާދީއްތަ ދުވަހު 2:00 ގެ ކުރިން މާފަށް އެދިވަޑައިގެން އެމްޑީޕީގެ އޮފީހަށް ބަޔާނެއް ފޮނުއްވުމަށެވެ. މުސްތަފާ އެ ބަޔާން ނުފޮނުއްވި ނަމަ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ހުށަހެޅުއްވި ފޯމް ބާތިލް ވާނެ ކަމަށް ވެސް ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުމުގައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ސުނިލް

4 މަސް ކުރިން

mi akah nukiyaane black mail kurumekey. Comnent nejehiyas varhama.

0
0