20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ޑްރަގް ރިހެބިލިޓޭޝަން

އިތުރު ތިން ރަށެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރަނީ

  • ހދ އާއި ގދ އަދި އައްޑޫ ސިޓީގައި މަރުކަޒުތައް ޤާއިމުކުރާނެ
ލައިޝާ އަހްމަދު | LailaAhmeds

| 30 ޑިސެންބަރު 2018 | އާދީއްތަ 11:49 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ނޭޝަނަލް ޑްރަގް އެޖެންސީ -- ފޮޓޯ: ފާތިމަތު ޝަނާ މުހައްމަދު

މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް ފަރުވާ ދިނުމަށް އިތުރު ތިން ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ. 

މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނޭޝަނަލް ޑްރަގް އެޖެންސީގެ ދަށުން އިތުރު ތިން ރިހެބިލިޓޭޝަން ސެންޓަރު ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރތައް ޤާއިމުކުރުން. އެގޮތުން ހދ. އާއި ގދ. އަދި އައްޑޫ ސިޓީގައި އަޅުގަނޑުމެން މާލޭ ސިޓީގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން މަސައްކަތްތައް ކުރިއަށް ގެންދާނެ މަރުކަޒުތައް ޤާއިމުކުރާނަން،" މިނިސްޓަރު ޝިދާތާ ވިދާޅުވިއެވެ. 

އޭގެ އިތުރުން އަތޮޅުތެރެއަށް އަމާޒުކޮށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނެޓްވޯރކެއް ޤާއިމުކޮށްފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެފަދަ ނިޒާމެއް އެކުލަވާލެވުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.  

މަސްތުވާތަކެތިން ދުރުވުމަށް ބޭނުންވާ ފަރާތްތަކަށް އެންޑީއޭގެ ދަށުން ފަރުވާ ދިނުމަށް މިހާތަނަށް ފަސް ސެންޓަރެއް ވަނީ ގާއިމް ކުރެވިފައެވެ. އެއީ ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި ވިލިމާލޭގައި އާއި ސ. ހިތަދޫ އާއި ޏ. ފުވައްމުލަކުގައި ހުންނަ ޑްރަގް ޓްރީޓްމެންޓް އެންޑް ޑިޓޮކްސިފިކޭޝަން ސެންޓަރުގެ އިތުރަށް ކޮމިއުނިޓީ ސަރވިސް ސެންޓަރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް