18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ަކަނޑުމަތީގެ ހާދިސާ

ފެރީ އެކްސިޑެންޓްގައި އަނިޔާވި ދެ މީހަކު އަދިވެސް ހޮސްޕިޓަލްގައި!

  • ދެ މީހުން ބަޮލަށް ވަނީ ގެއްލުން ލިބިފައި
  • ދެ އުޅަނދައްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި
ހައްވާ މުހައްމަދު | @hawwimd

| 30 ޑިސެންބަރު 2018 | އާދީއްތަ 11:31 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ރޭ ހިނގި މި އެކްސިޑެންގައި އަނިޔާވީ ރިސޯޓް ފެރީގައި ތިބި މީހުންނަށް -- އާކައިވް

ގދ. ހައުޑިގަލާ ކައިރީގައި ރިސޯޓެއްގެ ފެރީއަކާއި މަސް ދޯންޏަކާ ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސޮމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ. 

އެ ހޮސްޕިޓަލްގެ މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް ވިދާޅުވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ދެ މީހުންގެ ބޮލަށް އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުން ދޫކޮށްނުލައި ބާއްވާފައި އޮތީ 24 ގަޑިއިރުގެ އޮބްޒަވޭޝަން އަކަށް ކަމަށެވެ. އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އައިމިނަތު ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ޒަހަމްވި އަނެއް ތިން މީހުންނަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވީ ރިސޯޓްގެ ފެރީގައި ތިބި މީހުންނަށެވެ. 

އެކްސިޑެންޓްވި ދެ އުޅަނދުވެސް މިހާރު ތިނަދުއަށް ގެނެސްފައިވާ ކަމަށާއި، ދެ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް