24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ

ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ފަށައިފި

  • ދިވެހި ބޭސްވެރިކަމުގެ ހާއްސަ އިންސްޓިޓިއުޓެއް ގާއިމުކުރަން ޖެހޭ

| 30 ޑިސެންބަރު 2018 | އާދީއްތަ 09:33 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ދިވެހި ބޭސްވެރިކަމުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ -- ރައީސް އޮފީސް

ދިވެހި ބޭސްވެރިކަން އަދި އޯލްޓަނޭޓިވް މެޑިސިންގ ކުރިއެރުވުމާއި ގުޅޭ މަހާސިންތާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފައްޓަވައި ދެއްވައިފި އެވެ.

ހޮޓެލް ޖެންގައި ބާއްވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އެއްބައި ކަމަށާއި މި ދާއިރާ ހަރުދަނާކުރެވޭނެ ގޮތްކަމާބެހޭ ގޮތުން މަހާސިންތާގައި މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި މަހާސިންތާގެ ނިންމުންތައް ސަރުކާރުން ބަލައިގަންނަނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި ދާއިރާ ތަރައްގީކުރުމަށް ހާއްސަ އިންސްޓިޓިއުޓެއް ގާއިމުކުރުމަކީ ކުރަންޖެހިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.  

ރާއްޖޭގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ހުއްޓަސް ދިވެހި ބޭސްވެރިކަން ކުރާ މީހުން މަދެއް ނޫން ކަމަށް ވިދާޅުވި އެވެ. ހަކީމީ ބޭސްވެރިކަމާއި ދިވެހި ބޭސްވެރިކަމާއި އޯލްޓަނޭޓިވް މެޑިސިންގައި ހަރަކާތްތެރިވާ އައްޑިހަ ވަރަކަށް މީހުން އެބަ ތިބި ކަމަށް ރައީސް ސޯލިހް ފާހަގަ ކުރެއްވެވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ބޭސްވެރިކަމަށް ދިރުން ހޯދަންޖެހޭނީ ސައިންސާއި ޒަމާނީ ވަސީލަތްތަކުންނެވެ. އަދި ޕްރޮފެޝަނަލް ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކަންކަން ތަރުތީބުވާންޖެހޭ ކަމަށެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ފެތުރުން އިތުރުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުތައް ދެނެގަނެ ދުޅަހެޔޮ ސިއްހަތެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ޖަންކް ފުޑާއި ހަރުގެ ބާވަތްތައް އެކުލެވޭ މާއްދާތަކުން ދުރުވެ، ހަރަކާތްތެރި ބަޔަކަށް ވުމަށް އެ މަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން މި މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ދިރުވާ އާލާކޮށް ކުރިއެރުވުމެވެ. މިމަހާސިންތާގައި ބޭސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކަމަށް ޝައުޤުވެރިވާ ފަރާތްތައް ބައިވެރިވަޑައިގަންނަވަ އެވެ.

މަހާސިންތާއި ދިވެހި ބޭސްވެރިކަމާއި 'އޯލްޓަނޭޓިވް މެޑިސިންގ' ގެ ދާއިރާތަކުން މިހާރު ހޯދިފައިވާ ހޯދުންތަކާއި މިކަންކަން ކުރިއެރުވުމުގައި ދިމާވެދާނެ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް މަޝްވަރާކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން ދިވެހި ބޭހާއި، 'އޯލްޓަނޭޓިވް މެޑިސިންގ'އަށް ދުނިޔޭގެ ފެންވަރުގައި ދީފައިވާ ޚާއްސަކަމާއި ބޭނުންކުރާނެ ގޮތާއިމެދު މަޝްވަރާކުރުން ވެސް ހިމެނޭ ކަމަށާއި، އެމަޝްވަރާތަކަށް ބޭސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމަށް ދުރުރާސްތާ ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ. ދިވެހި ބޭސްވެރިކަމާއި އަލްޓަނޭޓިވް މެޑިސިން ކުރިއެރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް