19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ރައީސް ނަޝީދު

19 ވަނަ މަޖިލީސް ވެގެން ދާނީ ވައުދުތައް ފުއްދަން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް : ރައީސް ނަޝީދު

  • އެމްޑީޕީއަށް މެޖޯރިޓީ ލިބެންޖެހޭ
އަލީ ސަމާޚް | AliSamah8

| 30 ޑިސެންބަރު 2018 | އާދީއްތަ 03:43 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ަރައީސް ނަޝީދު -- އާކައިވް

މަޖިލީސް 19 ވެގެންދާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދައިދޭން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒުގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެން ދާނީ ތަފާތު މަޖިލީހަކަށް ކަމަށާއި، އެ މަޖިލީސް ވެގެންދާނީ ރައީސް ސޯލިހުގެ ވައުދުތައް ފުއްދަން ގާނޫނީ ބާރު ހޯދާއިދޭ މަޖިލީހަށް ކަމަށެވެ.

އަންނަ އަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަން ގޮޅީ މެދު ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ރައީސް ނަޝީދު ވިދާޅުވީ، 19 ވަނަ މަޖިލީހަކީ ދިވެހިރާއްޖެ އަނބުރާ ދިވެހިންނަށް ހޯދައިދޭން އެމްޑީޕީން ކެނޑިނޭޅި ކުރަމުންދާ މަސައްކަތުގެ އެންމެ ވަރުގަދަ ސްޓޭޖް ކަމަށެވެ.

 '' ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ އެންމެ މަތީގެ. އެގޭގައި ނިންމާ ނިންމުން ތަކަކީ ދިވެހި ރައްޔިތުންގެ އާއްމު ހާލަތު އެންމެ ބޮޑަށް އަސަރުކުރާނެ ނިންމުންތައް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކާލާތު ކުރައްވަނީ  ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި. އެ ބޭފުޅުން ނިންމާވާ ނިންމެވުންތައް ބިނާވަނީ ތިބޭފުޅުންގެ އާއްމު ހާލަތަށް'' އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭނެ ކަމަށް ރައީސް ނަޝީދު ވަނީ ތަކުރާރުކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އިންސާފު ގާއިމު ކުރެވޭނީ އެމްޑީޕީ އަށް މަޖިލިސް މެޖޯރީޓީ ލިބިގެން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

 ''ރައްޔިތުންގެ މަޖިލީހުގެ އަގްލަބީއްޔަތު ނުލިބޭނަމަ ޝަރުއީ ނިޒާމެއް އިސްލާހެއް ނުކުރެވޭނެ. އެ ނިޒާމު އިސްލާހު ކުރުމަށް އެދެނީ ނަމަ ދެން ރައްޔިތުން ކުރާން އޮތް ކަންތައް ވަރަށް ސާފު. އެއީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ޢަޢުލަބިއްޔަތު ދެއްވުން'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ އިތުރުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ، ދެން އޮންނަ މަޖިލިސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް