18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

ދިޕިކާ އާއި ރަންވީރު ކައިވެނި ކުރީ އެންގޭޖް ކުރިތާ ހަތަރު އަހަރު ފަހުން

  • އެދެމީހުން ރަށްޓެހިގެން އުޅޭ ކަން ޔަގީން ކޮށްދީފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 29 ޑިސެންބަރު 2018 | ހޮނިހިރު 17:26 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ރަންވީރު ސިންގް އާއި ދިޕިކާ ޕަދުކޯން -- ގޫގުލް

މިދިޔަ ނޮވެމްބަރު މަހު ކައިވެނިކުރި ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ކައިވެނި ކޮށްފައިވަނީ އެންގޭޖް ކުރިތާ ހަތަރު އަހަރު ފަހުން ކަމަށް ދިޕިކާ ބުނެފިއެވެ.

ފިލްމް ފެއަރ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ދިޕިކާ ބުނެފައިވަނީ އެދެމީހުން ޑޭޓްކުރަން ފަށާފައިވަނީ 2012 ވަނަ އަހަރު އެދެމީހުން އެއްކޮށް ކުޅޭފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ގަލިޔޯންކީ ރަސީލާ ރާމް ލީލާ" ގެ ޝޫޓިންކުރިއަށް ދިޔައިރު ކަމަށެވެ. ނަމެވެސް އެދެމީހުން ރަށްޓެހިގެން އުޅޭ ކަން ޔަގީން ކޮށްދީފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގައެވެ.

އެދެމީހުންގެ ކައިވެނި ސޯޝަލް މީޑިއާގައި ހާމަކޮށްފައިވަނީ "ކޮފީ ވިތް ކަރަން" ގައި ދިޕިކާ ބައިވެރިވި އެޕިސޯޑްގައި އޭނާ އާއި ރަންވީރު ރައްޓެހިވެގެން އުޅޭތާ ހަ އަހަރު ވެފައިވާކަމަށް ބުނި ދުވަހު އެވެ.

ފިލްމީ މަސައްކަތްތަކާއި ގުޅޭ ގޮތުން ދިޕިކާ ވަނީ ސުޕަރ ހީރޯ މޫވީއެއް ކުރިއަށް އޮތް ކަން ޔަގީންކޮށްދީފައެވެ. އަދި އެފިލްމްގެ މަސައްކަތް ކުރަމުން ކަމަށާއި އަދި އެފިލްމުގެ ސަކްރިޕްޓެއް ނެތް ކަމަށް އެނާ ވަނީ ބުނެފައެވެ.

" އިންޑަސްޓްރީގް ފްރެންޑަކާއި އެކު ހަދަން އުޅޭ ފިލްމާއި ގުޅޭގޮތުން ދަނީ ވަހާކަ ދެކެވެމުން" ދިޕިކާ ވަނީ ބުނެފައެވެ.

ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މެގްނާ ގުލްޒާރުގެ ފިލްމް "ޗަޕާކް" އިން ވިކްރާންތް މާއްސޭ އާއި އެކުގައެވެ. އެފިލްމްގައި ދިޕިކާ ފެނިގެންދާނީ އެސިޑް އެޓޭކުން ސަލާމަތްވި ލަކްޝްމީ އަގަރުވާލުގެ ރޯލުންނެވެ.

ރަންވީރުގެ އެންމެ ފަހުން ކުޅެފައިވާ ފިލްމް ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައެވެ. އެފިލްމްގައި ރަންވީރު އަދާކޮށްފައިވާ ރޯލަށް ދިޕިކާ ފަހުރުވެރިވާ ކަމަށް ރަންވީރު ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް