20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު

ވީއައިއޭގެ އާ ޓާމިނަލް ތަރައްގީކޮށް ނިންމައި، ހުޅުވާނީ 2022ގައި: އެމްއޭސީއެލް

 • އެއީ އެއާޕޯޓް ތަރައްގީގެ ދެ ވަނަ ފިޔަވަހީގައި މަސައްކަތެއް
 • މަސައްކަތަށް 350 މިލިއަން ޑޮލަރު ޚަރަދުވާނެ
 • ހަތް މިލިއަން މީހުންނަށް ޚިދުމަތް ދެވޭނެ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 29 ޑިސެންބަރު 2018 | ހޮނިހިރު 17:21 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
 3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
 4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
 5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
 6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
 7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
 8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ -- ރާއްޖެއެމްވީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ތަރައްގީކޮށް ނިންމައި، ހުޅުވާނީ 2022 ވަނަ އަހަރުގައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހް ވިދާޅުވެއްޖެއެވެ.

އެއާރޕޯޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތް ހޮނިހިރު ދުވަހު ނޫސްވެރިންނަށް ދައްކާލުމަށްފަހު ދެއްވި އިންޓަވިއުއެއްގައި މޫސާ ސޯލިހު ވިދާޅުވީ އާ ޓާމިނަލް ހުޅުވުން 2022 ވަނަ އަހަރަށް ލަސްވަނީ އެއާޕޯޓުގެ މަސައްކަތަކީ ހަތަރު ފަރާތަކުން ފައިސާ ހޯދައިގެން ކުރިއަށް ގެންދާ މަޝްރޫއަކަށް ވާތީ ކަމަށެވެ. ދެހާސްސޯޅަ ވަނަ އަހަރު ފެށި އެ މަޝްރޫއު ތިން އަހަރު ތެރޭގައި ނިންމައި، އަންނަ އަހަރު ޓާމިނަލް ބޭނުންކުރާ ގޮތަށް ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް އެ މަޝްރޫއަށް ފައިސާ ހަރަދު ކުރުމުގައި ދިމާވި ދަތިތައް ހައްލުކޮށް، ފައިސާ ހަމަޖެހިފައި ވާތީ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"މަސައްކަތް ނިންމާލުން ލަސްވި ނަމަވެސް މަޝްރޫއުގެ ޖުމްލަ އަގަށް ބަދަލު ނާންނާނެ ކަމަށާއި ޓާމިނަލްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން ފަސެންޖަރުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް،" މޫސަ ވިދޅުވިއެވެ.

އެއާޕޯޓުގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތަކީ އެއާޕޯޓް ތަރައްގީ ކުރުމުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތެކެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އާ ޓާމިނަލް އެޅުމުގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ހަތް މިލިއަން މީހުންނަށް، ކުރިއަށް އޮތް 50 އަހަރަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީ ކުރާ އެއާޕޯޓްގެ ބިޔަ މަޝްރޫއުގެ ދަށުން އާ ރަންވޭ އާއި، އޭޕްރޮން އާއި، ފިއުލް ފާމަކާއި، ކާގޯ ޓާމިނަލްއެއް ތަރައްގީކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް