
| 29 ޑިސެންބަރު 2018 | ހޮނިހިރު 16:56 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ރަންވީރު ސިންގް ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި އެންމެ ކާމިޔާބު ފިލްމަކަށް "ސިމްބާ" ވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރަންވީރު ސިންގް އާއި ސާރާ އަލި ޚާން ލީޑް ރޯލުން ފެނިގެންދާ މި ފިލްމް "ސިމްބާ" އަށް ވަނީ ފިލްމް ރިލީޒް ކުރި ދުވަހު ބޮކްސް އޮފީސް އާމްދަނީގެ ގޮތުގައި 20.72 ކްރޯޑް އިންޑިއަން ރުޕީސް ލިބިގެން ގޮސްފައެވެ.
މި ފިލްމް ރިލީޒް ކުރި ދުވަހު އެފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 19 ކްރޯޑް ރުޕީސް އެވެ. މިހާތަނަށް ރަންވީރު ކުޅުނު ފިލްމް ތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ "ޕަދްމާވަތީ" އަށެވެ.
ރޮހިތް ޝެޓީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް އިންޑިއާގައި ރިލީޒް ކުރުމުގެ އެއްދުވަސް ކުރިން ޑުބާއީގައި ރިލީޒް ކޮށްފައިވާއިރު ފިލްމަށް ވަނީ ކްރިޓިކުންނާއި ފިލްމް ބެލި މީހުންގެ ފަރާތުން ޕޮޒިޓިވް ކޮމެންޓްސް ލިބިފައެވެ. އަދި މިފލްމަށް ލިބޭ އާމްދނީ ހަފްތާ ބަންދުގައި 100 ކްރޯޑް ކްލަބަށް ވަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާގެ 4020 ސްކްޜީނެއްގައި ރިލީޒް ކޮށްފައިވާ މި ފިލްމް ވެގެން ގޮސްފައިވަނީ ފިލްމް މިއަހަރު ރިލީޒް ކުރި ފިލްމް ތަކުގެ ތެރެއިން ފިލްމް ރިލީޒް ކުރި ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ އެއް ފިލްމަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް