20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ހަފްތާ ރެސް

ހަފްތާ ރެސް: ޒުވާނުންނަށް ރަނުގެ ފުރުސަތެއް!

  • ޒުވާނުންގެ ބައިވެރިން މިކަމުގައި ބޮޑެވެ.
  • ޔޫތު މިނިސްޓްރީ އިން މި ހަރަކާތް އިންތިޒާމްކޮށްފައި ވަނީ ޒުވާނުންނަަށް ހާއްސަ ކޮށްގެން
އަލީ ސަމާޚް | AliSamah8

| 29 ޑިސެންބަރު 2018 | ހޮނިހިރު 13:46 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ހަފްތާ ރެސްގައި ޒުވާނަކު ހިންގާ ސްޓޯލެއް -- ރާއްޖެއެމްވީ

ހަފްތަ ނިންމުމުގެ ގޮތުން ވީކެންޑް މާރކެޓާއި މުނިފޫހި ފިލުވުމުގެ ޕްރޮގްރާމްތައް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ މަސައްކަތް މަތިކޮށްފައި ވަނީ ޔޫތު މިނިސްޓްރީއާއެވެ. ޒުވާނުންނަށް އިންތިޒާމް ކޮށްގެން ފަށާފައިވާ "ހަފްތާ ރެސް ''އަކީ ވިޔަފާރީގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

ހަފްތާ ރެސްއަކީ ޒުވާނުންނަށް އެ މީހުންގެ ހުނަރުތައް ދައްކަން ރަނގަޅު ޕްލެޓް ފޯމެކެވެ. ޒުވާނުންނަށް ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތު އެ މާކެޓުން ލިބިގެންދެއެވެ.

ޒުވާނަކު އޭނާގެ ސްޓޯލްއާ ބެހޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެނީ 

މާކެޓްގެ ސްޓޯލެއްގައި ކާއެއްޗެހި ވިއްކާ ޒުވާން އަންހެނަކު ބުނީ މި ފަދަ ފުރުސަތެއް ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

''ފުރަތަމަ ފާހަގަ ކޮށްލާނީ މި ކަހަލަ ފުރުސަތެއް އަޅުގަނޑުމެން އަންހެން ބޭފުޅުންނަށް ލިބުނީމަ ވަރަށް އުފާވޭ. އަނެހެން ބުނަންޏާ އަޅުގަނޑުމެން އަންހެނުން އަތުން މާ ބޮޑު ކަމެއް ހަރަދުތަކެއް ނުކޮށް ފަސޭހަ އިން ކުރެވޭ ކަމެއް. ހަމ ގޭގާ ނުތިބެ މަސައްކަތްތަކެއް ކޮށްލާ އަސްލު ވަރަށް އުފާވޭ މި ކަހަލަ ފުރުސަތެއް ފުރުސަތެއް ލިބުނީތީވެ. މި ކަމަށް ވަރަށް ތާއިދު ލިބޭ،" ޒުވާނަކު ބުންޏެވެ.

އެ ޒުވާނާގެ ވާހަކައިން ވެސް އެނގެނީ ޒުވާނުން އެކަމަށްޓަކައި ޝައުގުވެރިކަން ހުރި މިންވަރެވެ. އެ ސްޓޯލާ މާ ދުރު ނޫން ހިސާބެއްގައި ލިޔެލާ ޖަހާ އެއްޗެހި ވިއްކަން އަންހެން ކަނބަލުންތަކެއް ތިއްބެވެ. އެ ސްޓޯލަކީ ވިމެން އެންޓަޕްރޮނާ އެސޯސިއޭޝަނުން ކުރިއަށް ޒުވާން އަންހެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ސްޓޯލެކެވެ. އެސްޓޯލުން ވިއްކަމުން ދިޔައީ އަންހެން ކަނބަލުންގެ ބުރަ މަސައްކަތުން ހަދާފައިވާ އެއްޗެއްސެވެ. އެ ކަނބަލުން ބޭނުންވަނީ އުވިގެންދާ ސަގާފީ މަސައްކަތް އަލުން އިޔާދަކޮށް އަންހެނުންގެ ބައިވެރިވުން މިފަދަ މަސައްކަތުގައި އިތުރުކުރުމެވެ.

''ވަރަށް ރަނގަޅު. އަޅުގަނޑުމެން އަލުން ފަށައިގެން މިހާރު އުވިގެންދާ ސަގާފީ މަސައްކަތް އަނބުރާ އިޔާދަ ކޮށް މީހުންނަށް ދަސްކޮށްދީ މުޅިރާއްޖެއަށް މީހުން އެވެއާ ކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް މީ. އެއީ ވެސް އަޅުގަނޑުމެން މިތާގައި މާކެޓް ކުރާ ޕްރޮގްރާމެއް މީ،'' މި ފަދަ ފުރުސަތުތަކެއް ލިބުމަކީ މަސައްކަތް ކުރާ އަންހެނުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ. 

ހޭންޑް މޭޑް ދަބަސްގެ އިތުރުން ކުޝަން ވިއްކާ އާމިނަތު ޖުލައިލާ (ޖޫލީ) ބުނީ ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ. މި ސްޓޯލުން ވިއްކާ އިތުރު އެއްޗެހީގެ މައުލޫމާތު އެމީހުންގެ އިންސްޓަ ގްރާމް ޕޭޖުން ލިބޭނެ ކަމަށް ޖޫލީ ބުންޏެވެ.

 
ކޮންމެ ހަފްތާ ބަންދުގައި އޮންނަ މާކެޓްގައި ވީހާ ވެސް ގިނަ ޒުވާނުންގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިއުމަކީ ޔޫތު މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒެވެ. މިހާރު 69 ސްޓޯލް ހުޅުވާލާފައި ވިޔަސް އިތުރު ޖާގާ އޮތް ވަރަކުން ސްޓޯލްތަކުން ފުރުސަތު ލިބިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ. 
 
ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު އޮންނަ މި ނައިޓް މާކެޓް އޮންނާނީ ރަސްފަންނު ސަރަހައްދުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް