18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

މަގޭ ރިޕޯޓު

ވޯޓު ދިނީ ޔާމިން އެކަނި ބަދަލުކުރާކަށް ނޫން!

  • ކުރިން ފާޑުކީ މީހުން އަދިވެސް ތިބީ އެ މަގާމުތަކުގައި
މުރުޝިދް އަބްދުލް ހަކީީމް | Murshidhu

| 28 ޑިސެންބަރު 2018 | ހުކުރު 18:46 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމު ބިޝާމްއާ ހަވާލު ކުރައްވަނީ - ބިޝާމް މަގާމުން ވަކި ނުކުރާތީ ފާޑު ކިޔުން ވަނީ އަމާޒުވެފައި -- ފޮޓޯ: މުހައްމަދު ފަޒީން

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ބަދަލުކުރަން އުޅުނުއިރު ދެއްކީ އަނިޔާވެރިކަމުގެ ވާހަކަ އެވެ. މިނިވަން މުވައްސަސާތައް މިނިވަން ނޫން ވާހަކަ އެވެ. ގާނޫނާ ހިލާފަށް ނިންމުންތަކެއް ނިންމި ވާހަކަ ދައްކައިގެން ރައްޔިތުންގެ ހިތުގައި އެ މުވައްސަސާތަކާމެދު ނަފްރަތު އުފެއްދި އެވެ. ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އަނިޔާއެއް ދީފައި އޮތްނަމަ އެ އަނިޔާ އެއް ދީފައި އޮންނާނީ އެތަންތަނުން ކަމަށް ގަބޫލުކުރެވޭ ދަރަޖައަށް އެ ވާހަކަތައް ދައްކައިގެން އެންމެ ފަހުން ވެރިކަން ބަދަލުކުރަން ރައްޔިތުން ވޯޓުދީގެން އެކަން ކުރީ އެވެ. މިއަދުގެ ސުވާލަކީ ރައްޔިތުން ބަދަލުކުރަން ބޭނުންވީ ހަމައެކަނި ޔާމިން ހެއްޔެ އެވެ.  

ރައްޔިތުންގެ ތެރެއިން ބައެއް މީހުން އުއްމީދުކޮށްގެން ތިބީ ޔާމިންގެ ވެރިކަން ބަދަލުވުމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ. ކަންވީވެސް އެހެންވެ. ނަމަވެސް މަޖިލީހުން ކުރަން ޖެހޭ ކަންކަން ކުރުމުގައި ފެނުނީ ފަހަތުފަޔަށް ބުރަވިތަނެވެ. މަޖިލީހުގެ މެޖޯރިޓީ ނެތީމަ ނުކުރެވެނީ ކަމަށް ބުނި ކަންކަން މެޖޯރިޓީ ލިބުނީމަ ކުރިތަނެއް ނުފެނުނެވެ. ފެނުނީ ކޯލިޝަނުގެ ބައެއް މީހުން އަމިއްލަ ފައިދާއަށް ކަންކަން ކޮށްނިއްމާލިތަނެވެ.  

މަޖިލީހުގެ ނައިބު ރައީސް މޫސަ ރިޔާސަތުގައި - ކޯލިޝަނަށް މެޖޯރިޓީ ލިބުމުންވެސް އޭނާ ވައްކެތް ނުކުރޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އެންމެ ފުރަތަމަ މަޖިލީހުގެ ރިޔާސަތު ބަދަލުކޮށް އެ މަގާމަށް ގާސިމް އިބްރާހިމް އިންތިހާބުކޮށްލި އެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައި، ނައިބު ރައީސެއް ބަދަލެއް ނުކުރި އެވެ. އެކަމު މޫސަ އަކީ އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ނައިބު ރައީސަކަށް އައުމަށް ފަހު ޕީޕީއަށް ސޮއިކުރައްވައިގެން އެ މަގާމު ދިފާއުކުރި ބޭފުޅާ އެވެ. އަދި މަސީހް ކުރެއްވި ހުރިހާ ކަމެއް ހެޔޮ ވެގެން ޔާމިނާއި މަސީހަށް ސަނާ ކީ މޫސަ، އަދިވެސް އެއީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ އެތައް މެމްބަރަކަށް މަޖިލީހަށް ނުވައްދައި ގަތް ހުރިހާ ސަކަރާތްގަނޑެއްގައި ބައިވެރިވި މީހާ މިއަދު ހުދުފޮތިކޮޅަކަށްވީ އެވެ. އެއީ ރައްޔިތުން ބޭނުންވި ބަދަލު ހެނެއް މީހުންގެ ވާހަކައަކުން ހިޔެއް ނުވެ އެވެ. އެހެން ކަމުން މަޖިލީހަށްވެސް ރައްޔިތުން ބޭނުންވި ބަދަލެއް އައިތަނެއް ނުފެނުނެވެ.

ދެން އޮތީ ބޭ އިންސާފުން އެތައް ބައެއްގެ މައްޗަށް ދައުވާއެއްކޮށް އެމީހުން ޖަލުގައި ބެހެއްޓުމުގައި އިސް ދައުރެއް އަދާކުރެއްވި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުގައި ބެހެއްޓުމެވެ. ޔާމިން ކައިރީގައި ތިބި އެތައް ބައެއްގެ މައްޗަށް ދައުވާ ކުރަން އޭސީސީއާ ތަންތަނުން ފޮނުވުމުން ދައުވާ ކުރާނެ ތަނެއް ނެތް ކަމަށް ނިންމާ ފޮނުވާލެއްވި އިސް މީހަކީ ބިޝާމެވެ. އަދި ނުވިތާތަކަށް ކޮންމެ ކަހަލަ މައްސަލައަކަސް ޔާމިނާ ދެކޮޅުވިއްޔާ ހެޔޮ ކަމަށް ހީވާ ގޮތައް އެކި މީސްމީހުންގެ މައްޗަށް ދައުވާ ކޮށްނިންމާލީ ބިޝާމު އެވެ.

އިންސާފު ހޯދާ ދިނުމުގައި ބިޝާމް ވަކާލާތު ކުރެއްވީ ރައްޔިތުންގެ ވަކީލާއެއްގެ ގޮތުގައި ނޫން ކަމަށް ބުނެ މިހާރު ސަރުކާރުގައި ތިބި މީހުން ދެއްކި ވާހަކަ އެއީ ފަރިއްސަށްވެ ނިމިއްޖެ އެވެ. ބިޝާމް އަކީ ހުދު ފޮތިކޮޅަކަށް ވެއްޖެ އެވެ. އޭނާ މަގާމުން ވަކިކުރާނެ ކަމަށް ވިދާޅުވެ މަޖިލީހުގައި އޭރު މެޖޯރިޓީ ނެތި ދެއްކި ވާހަކަ މެޖޯރިޓީ ލިބުނީމަ އަދި ސަރުކާރަށް އާދެވުނީމަ ނުދައްކާ ވާހަކައަށްވެ ނިމިއްޖެ އެވެ. ބިޝާމް އެންމެ ދުވަހަކަށްވެސް އިތުރަށް ހުންނަން ޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ނުކުރި ނަމަވެސް އެކަން މިހާރު ގަބޫލު ކުރަން ބޭނުންނުވާ ބަޔަކު މި ސަރުކާރު ހިންގާ ކޯލިޝަނުގެ ތެރޭގައި އެބަ ތިއްބެވެ.  

ބިޝާމާއި މޫސާ އާއި އެކަންޏެއް ނޫނެވެ. ހިއުމަން ރައިޓްސް ކޮމިޝަނާއި އޭސީސީގެ ރައީސާއި ނައިބު ރައީސެއްވެސް ނޫނެވެ. މި ލިސްޓް ދިގުވެދާނެ ކަމަށްޓަކައި ދެތިން މީހެއްގެ މިސާލުން މި ވާހަކަ މި ވަގުތައް ނިންމާލެވިދާނެ އެވެ.

ކުރިން އަނިޔާވެރި ކަމަށްބުނެ އަދި ގާނޫނާ ހިލާފުވި ކަމަށްބުނާ މުވައްސަސާތަކުގެ މައްޗަށް ގެއްލުނު އިތުބާރު ކޮންމެ ވެސް ޖާދޫއެއްގައި އަނބުރާ ހޯދައިފި އެވެ. ސަރުކާރަށް ތާއިދުކުރާ މަޖިލިސް މެމްބަރުންގެ ރުހުން މީގެ ކުރިން އަނިޔާވެރިވި މީހުން ހޯދި ގޮތެއް ނޭނގެ އެވެ. ނަމަވެސް މިއީކީ އަދި ރިޔާސީ އިންތިހާބުގައި ރައްޔިތުން ލީ ވޯޓުން ނިކުންނަން ޖެހޭ ނަތީޖާ ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. ޔާމިން އަނިޔާވެރި ނަމަ އެ އަނިޔާދިނުމަށް އެހީތެރިވީ މީހުންވެސް މިއަދު އެ ވަޒީފާތަކުން އެއް ފަރާތްކުރަން ޖެހެ އެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް