21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

އުރީދޫ

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް ތައާރަފްކޮށްފި

  • އާބާދީގެ 60 އިންސައްތައަށް މިހާރު މިޚިދުމަތް ލިބިގެންދާނެ
ރިޒުނާ ޒަރީރު | RiznaZareer

| 28 ޑިސެންބަރު 2018 | ހުކުރު 18:14 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް ތައާރަފްކުރުމުގެ ތެރެއިން -- އުރީދޫ

100 އެމްބީޕީއެސް އާއިހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް ތައާރަފްކޮށްފިއެވެ.

މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތަޢާރަފްކުރުމަށް އުރީދޫ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ޚިދުމަތް 12 މެއި 2016ގައި ތަޢާރަފްކުރުމަށްފަހު މުޅި ރާއްޖެއަށް މިޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން މިޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫގެ ޑައިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވީ ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ޚިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން ކަމަށެވެ.

ސުޕަރނެޓްގެ ޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފްކުރުމާއިއެކު، 31 ޑިސެމްބަރ 2018 ގެ ކުރިން ސުޕަރނެޓް ޚިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފަރއެއްވެސް ވަނީ ތައާރަފް ކޮށްފައެވެ. ހަމައެހެންމެ ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް