21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ފެޑެކްސް

ފެޑެކްސްގެ ސީއޯއޯއަކަށް އިންޑިއާ ދަރިފަސްކޮޅުގެ މީހަކު

  • ގާމާއި އޭނާ ހަވާލުވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު
އަލީ ސަމާޚް | AliSamah8

| 28 ޑިސެންބަރު 2018 | ހުކުރު 16:02 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ރާޖޭޝް ސުބްރަމަނިއަމް -- ޔޫޓިއުބް

ފެޑެކްސް ކުންފުނީގެ ސިއީއޯ އަކަށް އިންޑިއާ ދަރިފަސްކޮޅުގެ އެމެރިކާ މީހަކު އައްޔަންކޮށްފިއެވެ.

ފެޑެކްސްގެ ސިއީއޯ އަކަށް އައްޔަން ކޮށްފައިވަނީ އެކުންފުނީގެ އެކްޒެކިއުޓިވް ވައިސް ޕްރެޒިޑެންޓުގެ މަގާމުގައި ހުރި ރާޖޭޝް ސުބްރަމަނިއަމްއެވެ.

އިންޑިއާ ދަރިފަސްކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ސުބްރަމަނިއަމްއަކީ އިންޑިއާގެ ޓްރިވަންޑްރަމް އަށް އުފަން ބޭފުޅެކެވެ. އޭނާ ކިޔަވާފައި ވަނީ އިންޑިއަން އިންސްޓިޓިއުޝަން ޓެކްނޮލޮޖީ (އައިއައިޓީ) އޮފް ބޮމްބޭ އިންނެވެ.

ކެމިކަމް އިންޖިނިއަރިންއިން ސުބްރަމަނިއަމް މާސްޓާސް ހަދާފައިވަނީ އެމެރިކާގެ ސީރަކުސް ޔުނިވާސިޓީންނެވެ. އޭގެ އިތުރުން އޭނާ ވަނީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހަދާފައެވެ.

ސިއީއޯގެ މަގާމާއި އޭނާ ހަވާލުވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ފެޑެކްސް ގައި 27 އަހަރު މަސައްކަތް ކޮށްފައިވާ ސުބްރަމަނިއަމް ވަނީ އެ ކުންފުނީގެ އެކި މަގާމުތައް އަދާކޮށްފައެވެ.

އޭގެ ތެރޭގައި، ފެޑެކްސް ހޮން ކޮންގްގެ މާކެޓިންގެ އެންޑް ކަސްޓަމާ ސާވީސްގެ ހެޑްގެ އިތުރުން ފެޑެކްސް ކެނެޑާގެ ޕްރެޒިޑެންޓްގެ މާގާމު ވެސް އޭނާ ވަނީ ކޮށްފައެވެ.

ސުބްރަމަނިއަމް ސިއީއޯގެ މަގާމަށް އައްޔަން ކުރުމާއި ބެހޭ ގޮތުން އެ ކުންފުނީގެ ސީއޯއޯ ބްރޮންޒެކް ވިދާޅުވީ ސުބަރަމަނިއަމް އަކީ އެމަގާމަށް ގާބިލް މީހެއް ކަމަށާއި، ބޭނުމަކީ އޭނާއާ އެކު ފެޑެކްސް އިތުރު ހަރުފަތަކަށް ގެންދިޔުން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް