18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

މަޓާޓޯ ޓްރެވަލް އެވޯޑްސް

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާ އެޑިޝަން ބާއްވައިފި

  • ތަފާތު 30 ކެޓެގަރީއަކުން ރާއްޖޭގެ އެއްވަނަ ހޮވާފައިވޭ
  • މި ހަފްލާގަައި ގާލާ އެވޯޑްސްގެ އިތުރުން ވަނީ ޕީޕަލްސް އެޑިޝަންގެ އެވޯޑުތައް ވެސް ދީފައި
އަމަން ހަލީމް | soupized

| 28 ޑިސެންބަރު 2018 | ހުކުރު 00:01 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


މަޓާޓޯ ޓްރެވަލް އެވޯޑްސް 2018ގެ ހަފުލާ ތެރެއިން -- ޓްވިޓަރ/އޫރިދޫމޯލްޑިވްސް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންސީސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން އިންތިޒާމު ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ގާލާ އެޑިޝަން ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވީ ހަފްލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވިއެވެ. މި ހަފްލާ ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއެވެ. ދައުލަތުގެ ބައެއް ވަޒީރުންނާއި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ އިސްވެރިން މި ހަފުލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ

މި ހަފުލާގައި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މި އަހަރު މަޓާޓޯއިން ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ތިން އެޑިޝަނަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށެވެ. އެގޮތުން 300 ނޮމިނޭޝަންއަށް ބައި މިލިއަނަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.

މި ފަހަރުގެ ޓްރެވަލް އެވޯޑްސްގައި ރާއްޖޭގެ ލީޑިން ލަކްޒަރީ އެވޯޑު ލިބުނީ ޝެވަލް ބްލޮންކް ރަންދެލިއަށެވެ. ލީޑީން ބީޗް ރިސޯޓުގެ މަގާމު ލިބުނީ ކޮކޫން މޯލްޑިވްސްއަށެވެ. އަދި ލީޑިންގް ޕްރައިވެޓް އައިލެންޑް ލިބުނީ ނަލަދޫ ޕްރައިވެޓް އައިލެންޑަށެވެ. އިތުރު 27 ކެޓެގަރީއަކުން އެއްވަނައަށް އައި ފަރާތްތަކަށް ވަނީ މި ހަފުލާގައި އެވޯޑް ދީފައެވެ.

މިފަހަރުގެ އެވޯޑުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހަތަރު ފަރާތަކަށް ވަނީ އެ މީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޕީޕަލްސް އެޑިޝަން އެވޯޑު ދީފައެވެ. މި އެވޯޑު ލިބިވަޑައިގެންނެވީ އަލީ އަހުމަދު  (ވިސްތާ އަލީ)، އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ)، ހުސައިން ވަހީދުގެ އިތުރުން މާކް ހެއިރްއަށެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނަކީ ހޮޓެލްތަކާއި ރިސޯޓުތަކާއި ޓްރެވަލް މަރުކާތަކުގެ އިތުރުން އެއާލައިނުތަކާއި ލިވްއަބޯޑުތަކަށް ހާއްސަ އެޑިޝަނެވެ. މިއަހަރަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބޭއްވި ހަތްވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް