20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ނުރައްކާތެރި އެކްސިޑެންޓް

ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވެ، ބިރުވެރިކަމުގެ ތެރެއަށް!

  • ބްރިޖާއި، ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ގިނަ
  • މިއަހަރުގެ ޑިސެންބަރު 24ގެ ނިޔަލަށް މާލޭގައި ޖުމްލަ 1700 އެކްސިޑެންޓް
އަމްނާ އިމާދު | @amnabinthimad

| 27 ޑިސެންބަރު 2018 | ބުރާސްފަތި 16:15 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް -- ފޮޓޯ: ރާއްޖެ އެމްވީ

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ އެމަގު ބޭނުން ކުރަމުންދާ އާންމުނަށް ފަސޭހައަކަށްށެވެ. ނަމަވެސް މިފަހަކަށް އައިސް މާލެއާ, އަތޮޅު ތެރޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ ގިނަވެފައެވެ. އަބަދުވެސް އަޑުއިވެނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނުވަތަ މީހުން ތަކެއް ޒަހަމްވެ ސީރިއަސް ހާލަތުގައި ފަރުވާ ދޭ ވާހަކައެކެވެ. ނޫނީ އެކްސިޑެންޓްވެ ފަރުވާ ދެމުންދަނިކޮށް މީހަކު މަރުވި ވާހަކަ އެވެ. ނުރައްކާތެރި ބޮޑެތި އެކްސިޑެންޓްތައް ގިނަވެފައިވާއިރު އެންމެ ގެނައިން އަޑު އިވެނީ ބްރިޖާއި ހައިވޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ވާހަކައެވެ.

ކޮންމެ އަހަރަކު މާލެ ސިޓީއާ، އަތޮޅު ތެރޭގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން އަންނަނީ ޚާއްސަ މަސައްކަތްތައް ކުރަމުންނެވެ. ތަފާތު އޮޕަރޭޝަންތައް ހިންގަމުންނެވެ. ޓްރެފިކް ޗެކްކުރުމާއި، އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައެވެ. މީގެ އިތުރަށް ބާރު ސްޕީޑްގައި ނުދުއްވުމަށާއި، ދުވަން ނުވާވަރަށް ބާރު ސްޕީޑްގައި ވެހިކަލްތައް ދުއްވާ މީހުން މަގުމަތިން މަޑުކުރުވައި ނަސޭހަތްތެރިވެއެވެ. ނަމަވެސް ހިތާމައަކީ އެކްސިޑެންޓްތައް ހިނގުން މަދުނުވާކަމެވެ.

މާލެ-ހުޅުލެ ގުޅުވާލަދިން ސިނަމާލެ ބްރިޖުން އާންމުންނަށް އެތަކެއް ފަސޭހަތަކެއް ލިބެއެވެ. 20 މިނެޓުން ކަނޑުމަގުން ދަތުރުކޮށްފައި ހުޅުމާލެދާންޖެހޭ ދިއުން ހައްލުވެގެން ދިޔައީ މިބްރިޖާއެކު އެވެ. ނަމަވެސް މިބްރިޖްގެ ބޭނުން ބައެއް މީހުން ހިފަމުންދަނީ އޭނގެ އެންމެ ފައިދާހުރި ގޮތުގައެއް ނޫނެވެ. ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ބްރިޖްގައި ދަނީ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބިރުވެރިވަމުންނެވެ.

ސިނަމާލެ ބްރިޖްގައި އާންމުންނަށް ހުޅުވާލި ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 17 ނިޔަލަށް 42 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެއީ ސެޕްޓެންބަރުގައި 17، އޮކްޓޫބަރުގައި 12، ނޮވެންބަރު 12 އަދި ޑިސެންބަރުގެ 17 ވަނަ ދުވަހާއި ހަމައަށް 3 އެކްސިޑެންޓެއް ހިނގައިގެން ޕޮލިހަށް ރިޕޯޓް ކޮށްފައިވެއެވެ. 

ބްރިޖު ހުޅުވިތާ އެންމެ ހަތަރު މަސްވެފައިވާއިރު، 42 އެކްސިޑެންޓް ހިނގުމަކީ ބިރުވެރިކަމެކެވެ. މިކަން ހައްލު ކުރެވޭނީ ބްރިޖްގައި ދުއްވާ ފަރާތްތަކުން، ބްރިޖްގައި ވެހިކަލް ދުވުމަށް ހަދާފައިވާ ގަވާއިދާ އެއްގޮތަށް އަމަލުކޮށް، މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެގެންނެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު މާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު، ޖެނުއަރީގައި 174، ފެބްރުއަރީގައި، 134، މާރޗްގައި 156، އޭޕްރީލްގައި 164، މެއިގައި 151، ޖޫންގައި 129، ޖުލައިގައި، 123، އޮގަސްޓުގައި 158، ސެޕްޓެންބަރުގައި 159، އޮކްޓޫބަރުގައި 132، ނޮވެންބަރުގައި 116 އަދި ޑިސެންބަރުމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 104 އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު، ޖެނުއަރީގައި 4، ފެބްރުއަރީގައި 2، މާރޗްގައި 15، އޭޕްރީލްގައި 3، މެއިގައި 5، ޖޫންގައި 8، ޖުލައި 7، އޮގަސްޓްގައި 5، ސެޕްޓެންބަރުގައި 10، އޮކްޓޫބަރުގައި 17، ނިވެންބަރުގައި 21 އަދި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް 12 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.

މިތަފާސް ހިސާބުތަކުން ދައްކާގޮތުން ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ޖުމްލަ 1700 އެކްސިޑެންޓެއް މިވަނީ ހިނގާފައެވެ. އަދި ހުޅުމާލޭގައި 109 އެކްސިޑެންޓެއް ހިނގާފައެވެ.

2017 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓްތަކަށް ތަފާސްހިސާބުތަކަށް ބަލާއިރު، 1886 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އަދި ހުޅުމާލޭގައި ޖުމްލަ 36 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. 2017 ވަނަ އަހަރަށްވުރެ 2018 ވަނަ އަހަރު މާލޭގައި ހިނގި އެކްސިޑެންޓް މަދު ނަމަވެސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ދެގުނަ މިވަނީ މަތިވެފައެވެ.

ހުޅުމާލެއަކީ މާލެ ތޮށްޖެހި ބޮއްސުންކުމާއެކު ހިތްފަސޭހަ މާހައުލެއް ރައްޔިތުންނަށް ހޯދައިދުނުމަށް ވަކި ޕްލޭންއެއްގެ ދަށުން ތަރައްގީ ކުރާ ތަނެކެވެ. ހިތްގައިމު އަމާން ވެއްޓެއްގައި ދިރިއުޅުމަށް ބޭނުން ވެގެން އެތައް ބަޔަކު މާލެ ދޫކޮށް ހުޅުމާލެއަށް އަންނަނީ ދިރިއުޅުން ވެސް ބަދަލުކުރަމުންނެވެ. އަދި މިހާރު އެންމެ ގިނަ މަޝްރޫއުތައް ހިންގާ، އާބާދު ކުރަމުން އަންނަ ހުޅުމާލޭގައި އެކްސިޑެންޓްތައް ގިނަވުމަކީ ކަންބޮޑުވާ މައްސަލައެކެވެ. ޒަމާނީ ވަސީލަތްތަކާއެކު، ހުޅުމާލެ ތަރައްގީ ކުރި ނަމަވެސް އާންމުން ވެސް އުޅުން ބަދަލުކުރަން އެބަޖެހެއެވެ. ތިމާގެ ވެހިކަލްގެ ދުވެލި މަޑުކުރަންޖެހެއެވެ. އަމިއްލާ މީހާގެ ސަލާމަތާއި، އެވެށީގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް