25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރާއްޖޭގެ ފުޓުބޯޅަ ސީޒަން

ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަނީ ކުޅުންތެރިން ހާލުގައި ޖައްސަން؟

  • ޖޫން މަހު ސީޒަން ފަށަން ކުޅުންތެރިން ދެކޮޅު
  • ޖޫން މަހު ސީޒަން ފަށާނެކަން އެފްއޭއެމުން އަދި އިއުލާން ނުކުރޭ
ލީވާން އަލީ | MrLeevaan

| 27 ޑިސެންބަރު 2018 | ބުރާސްފަތި 12:34 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އެފްއޭއެމް -- ފޮޓޯ: މުހައްމަދު ޝަރުހާން

ދިވެހި ފުޓުބޯޅަ ސީޒަން އަބަދުވެސް ފަށަނީ އަހަރުގެ ކުރީކޮޅެވެ. ކުޅުންތެރިންނަށް މާބޮޑު ޗުއްޓީއެއް ނުލިބެއެވެ. ސީޒަން ނިމޭ ގޮތަށް ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވާން އޮންނަނީ ޖެހިފައެވެ. ކުޅުންތެރިންނަށް މާ ބޮޑު ރެސްޓެއް ވެސް ނުލިބެއެވެ. ކްލަބްތައް ވެސް ހަމަ މިހެންނެވެ. ސީޒަން ނިންމާލުމަށް ފަހު، ދެން އޮންނަނީ ޓީމު އެކުލަވާލާ ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވާން ޖެހިފައެވެ.

ކުރިޔަށް އޮތް ފުޓުބޯޅަ ސީޒަން ފަށާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. މިކަން ބައެއް ކްލަބްތަކުން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައި ވާއިރު، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަދި އިއުލާނެއް ނުކުރެއެވެ. ބައެއް ކްލަބްތަކަށް މިކަމުން އުފާ ލިބުނަސް މިއީ ހަގީގަތުގައި ކުޅުންތެރިން އެންމެ އެދޭ ގޮތްތޯ ސުވާލު އުފެދެއެވެ.

މި ބޮޑު ނިންމުން އެފްއޭއެމުން ނިންމީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކާ މަޝްވަރާ ކުރުމަށްފަހުއެވެ. ކުޅުންތެރިންގެ ހައްގާ ގުޅުން ހުރި މި ބޮޑު ނިންމުމުގައި ކުޅުންތެރިންނާ މަޝްވަރާކޮށްފައެއް ނުވެއެވެ. ކްލަބްތަކުގެ ތެރެއިން ކުޅުންތެރިންގެ ހައްގުގައި ތެދުވީ ހަމައެކަނި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މާޒިޔާ ފިޔަވާ އެހެން ހުރިހާ ކްލަބަކުން ކުޅުންތެރިންގެ ހައްގާ ދެކޮޅަށް ނިންމީ ފުޓުބޯޅަ ސީޒަން ޖޫން މަހު ފެށުމަށެވެ.

ޖޫން މަހު ސީޒަން ފަށަން ނިންމުމުން ކްލަބްތަކަށް ލިބޭނެ ފައިދާއަކީ ވަކި ކޮބައި ހެއްޔެވެ؟ ސީޒަނަށް ތައްޔާރުވާން ގިނަ ދުވަސްތަކެއް ލިބިދާނެއެވެ. އެހެންނަމަވެސް މިހާރުވެސް ސަރުކާރުން ދޭ ތިން މިލިއަން ރުފިޔާއިން ރަނގަޅަށް ކްލަބްތައް ނުހިންގިގެން އުޅޭއިރު، ޖޫން މަހު ސީޒަން ފަށައިގެން ކުޅުންތެރިންނަށް ވަކި ބަރާބަރަށް މުސާރަ ދެވޭނެ ހެއްޔެވެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލެވެ.

މިކަމާ ގުޅިގެން ފުރަތަމަ ޑިވިޝަނުގައި ކުޅޭ ބައެއް ކުޅުންތެރިންނާއި، ކޯޗުންގެ ހިޔާލުވެސް ހޯދާލީމެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން އަހުމަދު ފައްރާހު (ފައްރަ) ބުނީ، ފުރަތަމަ ޑިވިޝަންގެ ދެ ޓީމެއް ފިޔަވާ ބާކީ ޓީމުތަކުން ކުޅުންތެރިންނަށް ދޭން ޖެހޭ ދެ ތިން މަހުގެ މުސާރަ އަދިވެސް ނުދޭ ކަމަށާއި، ޖޫން މަހު ސީޒަން ފަށައިފިނަމަ ކުޅުންތެރިން ހާލުގައި ޖެހޭނެ ކަމަށެވެ. އަދި ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ ރަށްރަށް ނިސްބަތްވާ ކުޅުންތެރިންނަށްވެފައި، އެ ކުޅުންތެރިން ގޭގެ ކުލި ދައްކަން އަދި ކާންބޯން ފައިސާ ނުލިބުމުން ދަތިވާނެ ކަމަށްވެސް ފައްރަ ވަނީ ބުނެފައެވެ.

މާޒިޔާގެ މިޑްފިލްޑަރު އިސްމާއިލް އީސާ ބުނީ، މިގެއިން ދޭހަވަނީ ގިނަ ކްލަބްތަކުން ކުޅުންތެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ދެކުން ކަމަށާއި، ރާއްޖޭގައި ބޯޅަ ކުޅޭ ކުޅުންތެރިންނަކީ ބޯޅަ ކުޅެގެން އާމްދަނީ ހޯދާ ކުޅުންތެރިން ކަމަށެވެ. އެގޮތުން އެ ކުޅުންތެރިން އެ ހޯދާ އަމްދަނީން އާއިލާ ބަލަމުން ހަރަދުތައް ކުރަމުންދާ ކަމަށާއި، ހަ މަސް ދުވަހު އެ ކުޅުންތެރިން ކުރާނެ ކަމެއް ނެތިގެން ތިބޭނީ އަމިއްލަ ރަށުގައި ކަމަށެވެ.

ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ތަޖުރިބާކާރު މިޑްފިލްޑަރު އިސްމާއިލް އީސާ ބުނީ، ޖޫންގައި ސީޒަން ފަށައިގެން ކުޅުންތެރިންނަށް ރަނގަޅަށް މުސާރަ ދެވޭނެ ކަމުގެ ކިހާ ޔަގީންކަމެއް އޮތްތޯ ސުވާލު ކުރަން ބޭނުންވާ ކަމަށާއި، އޭނާ ދެކޭގޮތުގައި ޖޫންގައި ސީޒަން ފެށިޔަސް އެންމެ ރަނގަޅަށް އަދިވެސް މުސާރަ ދެވޭނެ ހަމައެކަނި ކްލަބަކީ މާޒިޔާ ކަމަށެވެ.

މީގެއިތުރުން އިސްމާއިލް އީސާ ބުނީ، ކްލަބްތަކަށް ކުޅުންތެރިންނަށް ރަނގަޅަށް އަޅާލެވިފައިނުވާއިރު، ޖޫން މަހު ސީޒަން ފަށަނީ ކުޅުންތެރިން އިތުރަށް ހާލުގައި ޖެއްސުމަށް ކަމަށެވެ.

ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ބުނީ، ކުއްލިއަކަށް ހަ މަސް ދުވަސް ވަންދެން ސީޒަން ނުފަށަން ނިންމުމުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުޅުންތެރިންނަށް ވާނެ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅައަށް ލިބޭ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ.

ގައުމީ ޓީމަށް ކުރިން ކުޅުނު އިތުބާރު ޑިފެންޑަރު ޝާފީ ބުނީ، ޕްރެކްޓިސް ނުކޮށް، ހަ މަސްވަންދެން ކުޅުންތެރިން އެއްވެސް ކަމެއް ނުކޮށް ތިބުމުން ކުޅުންތެރިންގެ ލެވެލްވެސް ދަށްވާނެ ކަމަށާއި، ހުރިހާ ކަމެއްވެސް ނިންމަމުން ދަނީ ކްލަބްތަކަށް ފައިދާވާ ގޮތަށް ކަމަށެވެ. އަދި ކުޅުންތެރިންނަށް ފައިދާވާ ގޮތަށް އެއްވެސް ކަމެއް ނިންމާފައިނުވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޓީސީއަށް މިފަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ، ޖޫން މަހު ސީޒަން ފަށައިފިނަމަ ކުޅުންތެރިންނަށް ލިބޭ އާމްދަނީ ހަ މަހަށް ހުއްޓޭނެ ކަމަށާއި، ފުޓުބޯޅައަކީ ބައެއް ކުޅުންތެރިން ދިރިހުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އަދި އެ ކުޅުންތެރިން ގިނަ ދުވަސްތަކެއް ވަންދެން ނުކުޅެ ތިބުމުން ޓެކްނިކަލީވެސް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެއިތުރުން ނިޒާމްބެ ބުނީ، ބޮޑު ކަމެއް ނިންމާއިރު، އެކަމަކާ މަޝްވަރާވެސް ކުރަން ޖެހޭ ކަމަށާއި، ކަމެއް ނިންމާއިރު އެކަމުން ހާސިލްކުރަން އުޅޭ ކަމެއްވެސް އެނގެން ޖެހޭ ކަމަށެވެ.

ގްރީން ސްޓްރީޓްގެ ކޯޗު އަލީ ސުޒެއިން ބުނީ، ޖޫން މަހު ސީޒަން ފަށަން ނިންމައިފިނަމަ، ކުޅުންތެރިންނަށް ކުރިޔަށް އޮތް ދުވަސްތަކުގައި ގެއްލުން ވާނެ ކަމަށާއި، ސީޒަން ފެށުން ފަސްކުރި ސަބަބު އެނގެން ޖެހޭ ކަމަށެވެ.

ސުޒެއިން ބުނީ، ޖޫން މަހު ސީޒަން ފަށަން އުޅެނީ ކޮން ކަމެއް ހާސިލްކުރަން ކަމެއް އެއްގޮތަކަށްވެސް ނޭގޭ ކަމަށާއި، ކްލަބްތަކަށްވެސް ވާނެ ފައިދާއެއް ވަކި ނުވިސްނޭ ކަމަށެވެ.

ޖޫން މަހު ސީޒަން ފަށަން ނިންމައިފިނަމަ ކުޅުންތެރިންނަށް ގެއްލުން ވާނީ ހަމައެކަނި އާމްދަނީ ނުލިބުމުން އެކަނިއެއް ނޫނެވެ. އެ ކުޅުންތެރިންގެ ލެވެލްއަށްވެސް ބަދަލުތައް އަންނާނެއެވެ. އެ ކުޅުންތެރިން ޕްރެކްޓިސް ނުކޮށް، ގިނަ ދުވަސްތަކެއް ވޭތު ކުރަންޖެހުމަކީ ނިކަމެތިކަން ލިބިގެންދާނެ ކަމަކެވެ. މިކަމާ މެދު ކްލަބްތަކުން ނުވިސްނީ ކީއްވެބާއެވެ؟

ފުރަތަމަ ޑިވިޝަންގައި ކުޅޭ ގިނަ ކުޅުންތެރިންނަކީ ވަޒީފާއަށްދާ ކުޅުންތެރިންނެއް ނޫނެވެ. ގިނަ ކުޅުންތެރިންނަކީ ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން މާލޭގައި ދިރިއުޅެނީ ކުއްޔަށެވެ. ޖޫން މަހު ސީޒަން ފަށަން ނިންމުމާއެކު، އެ ކުޅުންތެރިން ކުލި ދައްކާނީ ކިހިނެއް ހެއްޔެވެ؟ އެ ކުޅުންތެރިން ކާންބޯން ކުރާނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ކްލަބްތަކަށް މިކަންތައް ނޭގުނީ ކީއްވެބާއެވެ؟ ކުޅުންތެރިންގެ ހައްގުގައި ނުތެދުވީ ކީއްވެބާއެވެ؟ މިއީ އެ ކުޅުންތެރިން ހާލުގައި ޖެހުން ނޫންތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އޭ އެމް

4 މަސް ކުރިން

ކުޅުންތެރިންނައް ގެއްލުންވާނީ، ގެއްލުންވަނީ ! ! ! ކުޅޭތަންބަލަން ކުޅިބަލާމީހުން ދަނޑައްވަންނަވަރުގެ ކުޅުމެއް ދެއްކެނީ އެއްނޫން. ފޮނިބޮޑުކަމުން ކުލަބްގެ ސަޕޯޓަރަކަައްކުރާ ރެސްޕެކްޓްއެއް ނޯވޭ! މިޔައްވުރެ ފުންކޮންވިސްނާފަ މިކަހަލަކަމަކައް ރާައްޖޭގެ ފުންނާބްއުސް ކޯޗުން ޖަވާބު ދިނުންމުހިންމު. ނޫނީ އެބޭފުޅުންނަށް މުސާރަ ނުލިބޭނެތީ ދިންޖަވާބެއްބާ؟

0
0