20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

ޒީރޯ އަށް ފަސްދުވަހުން 81 ކްރޯޑް!

  • މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސް
އަޒްލިފާ އަބްދުﷲ | AzuAzlifa

| 26 ޑިސެންބަރު 2018 | ބުދަ 21:46 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޒީރޯއިން ފެނިގެންދާ ދެ ތަރިންކަމަށްވާ އަނުޝްކާ ޝަރްމާ އާއި ކެޓްރީނާ ކެއިފް -- ޓްވިޓަރ

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ޝާހުރުކް ޚާން ގެ ފިލްމް "ޒީރޯ" އަށް، ފިލްމް ރިލީޒް ކުރިތާ ފަސް ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 81 ކްރޯޑަށް އަރައިފިއެވެ.

ޝާހުރުކް ޚާންގެ އިތުރުން އަނުޝްކާ ޝާރުމާ އާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް، ރިލީޒްކުރި ދުވަހު ބޮކްސް އޮފީހުގައި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 20.14 ކްރޯޑް އިންޑިއަން ރުޕީސްއެވެއަދި ހޮނިހިރު ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.22 ކްރޯޑް ރުޕީސްއެވެ. އާދިއްތަ ދުވަހު ލިބިފައި ވަނީ 18.25 ކްރޯޑް ރުޕީސްއެވެ.

މި ފިލްމަށް ހޯމަ ދުވަހު 9.50 ކްރޯޑް ލިބިފައިވާއިރު ކްރިސްމަސްޑޭ ކަމަށްވާ އަންގާރަ ދުވަހު މި ފިލްމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.75 ކްރޯޑް ރުޕީސް އެވެ.

އާނަންދް އެލް ރާއީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް މިހާތަނަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 81.32 ކްރޯޑް ރުޕީސްއެވެ.

200 ކްރޯޑްގެ ބަޖެޓަކުން ހަދަފައިވާ "ޒީރޯ" ވެގެން ގޮސްފައިވަނީ މިއަހަރު ރިލީޒް ކުރި ފިލްމްތަކުގެ ތެރެއިން ފަސް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ފިލްމަށެވެ. މިއަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ފިލްމް ތަކުގެ ލިސްޓްގައި ހިމެނެނީ "ޕަދްމާވަތީ"، "ރޭސް3"، "ސަންޖޫ" އަދި "ތަގްސް އޮފް ހިންދުސްތާން" އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް