25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިންޑިއާ ހެލިކޮޕްޓަރ

ހެލިކޮޕްޓަރުން ޖާސޫސްކުރުމުގެ ވާހަކަ:އާ ގޮތަކަށް ބާ ފަރިއްސެއް!

  • ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ހިއުމަނިޓޭރިއަން އެސިސްޓެންޓް ގްރައުންޑްގައި ހެލިކޮޕްޓަރު ބޭނުންކުރަނީ
  • 2013 ވަނަ އަހަރުވެސް ހެލިކޮޕްޓަރުތަކާއެކު އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި
ހައްވާ މުހައްމަދު | @hawwimd

| 26 ޑިސެންބަރު 2018 | ބުދަ 18:34 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު -- އެމްއެންޑީއެފް

އިންޑިޔާގެ ޖީއެމްއާރް ކުންފުންޏަށް ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރަން 25 އަހަރަށް ދިނުމުން ބަޔަކަށް ހީވީ ފަޔަށް ހިނި އެރިހެނެވެ. ރާއްޖޭގެ އެއާޕޯޓަކީ ފައިސާ އުފެއްދޭ "މެޝިނެއް"ކަން ބަޔަކަށް ވިސްނުނީ، އަދި ފެނުނީ ޖީއެމްއާރުން ހިންގަން ފެށިފަހުންނެވެ. އެއީ މައިދޮރާށި ކަމަށާއި އެއާޕޯޓް ދޫކޮށްލުމަކީ ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި މިނިވަންކަމަށް އޮތް ގެއްލުމެއް ކަމަށް ބުނެ، މުޒާހަރާކޮށް، އެންމެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެސް ބަދަލުކުރި އެވެ. އެއަށް ފަހު ޖީއެމްއާރު ވެސް ބޭރުކުރި އެވެ. ޖީއެމްއާރަށް ފައިސާ ދެއްކުމަށް ދައުލަތް ދަރުވާލި އެވެ. 

ރައީސް ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، އަނެއްކާ ވެސް ގައުމިއްޔަތޭ، ސިޔާދަތޭ، އިސްތިގުލާލޭ، މިނިވަންކަމޭ ކިޔާފައި އާ ގޮތަކަށް، އާ ރާގަކަށް ފަރިހި ކިޔަން ފަށައިފި އެވެ. މިފަހަރު ޖީއެމްއާރުގެ ވާހަކަ އަށް ނުވިޔަސް، އެ ކިޔަނީ ބާ ފަރިއްސެކެވެ. އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތަކުގެ ވާހަކަ އެވެ. އަޅެ ފަހެ، މީހަކު މޮޔަ ނުވިއްޔާ ރަނގަޅެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7, 2012 ވަނަ އަހަރު ބަދަލުކުރި ފަހުން، ވޭތުވެދިޔަ ދެ ވެރިކަމުގައި ވެސް އިންޑިއާގެ ހެލިކޮޕްޓަރުތައް ހުއްޓެވެ. ބޭނުންވެސްކުރި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ދާދި ފަހަކާ ޖެހެންދެން ބޭނުންކުރި އެވެ. އޭރު އެ ކިޔާ އިސްތިގުލާލު ނެތީ ހެއްޔެވެ؟ މިނިވަން ކަމުގެ ފަހުރުވެރި ވާހަކަތައް ނެތީހެއްޔެވެ. 

ރައީސް ޔާމީންގެ ވެރިކަން ބަދަލުވިތާ މަހެއްގެ ތެރޭގައި، އެބައި މީހުންނަށް ފެނުނީ އިންޑިއާގެ ހެލިކޮޕްޓަރުން ޖާސޫސްކުރާ ތަނެވެ. އެވެރިން ބުނާ ގޮތުގައި އިންޑިޔާގެ ހެލިކޮޕްޓަރުތައް ބަލަހައްޓަން ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެނީ "ސްޕައި" ކުރަން ނުވަތަ ޖާސޫސްކުރުމަށެވެ. އަދިވެސް ދިވެހިން މޮޔައިންނަށް ހަދަނީ އެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އަދި އޭގެ ކުރިން ވެސް މި ގައުމު ދިފާއުކޮށް ދިން ސިފައިން އެ ބުނާ ވާހަކަ އެނގޭހެއްޔެވެ. ސިފައިން ތިބީ ގައުމު ހިމާޔަތްކުރަން ހުވާކޮށްގެން ކަމަށާއި އެބުނާފަދަ ކަންތައްތަކެއް ހިނގާނަމަ އަތްއުރާލައިގެން ނުތިބޭނެ ކަމަށެވެ. އަދި ހެލިކޮޕްޓަރުތަކުން ޖާސޫސުކުރާ ވާހަކަ ދައްކަނީ ރުޅިވެރިކަން ބޮޑުކުރަން ކަމަށެވެ. 

އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަން އެންމެ ފުރަތަމަ ފަށާފައިވަނީ  2010 ވަނަ އަހަރު ރައީސް ނަޝީދުގެ ސަރުކާރުގައެވެ. އޭރުން ފެށިގެން 2013 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައިވެސް އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ދިޔައީ އޮޕަރޭޓް ކުރަމުންނެވެ.އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންކުރުން ހުއްޓާލީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ގުޅުން ގޯސްވި ދުވަސްވަރުއެވެ.

 

ހެލިކޮޕްޓަރުގެ ފައިސާ ބޮޑު

އިންޑިޔާގެ ހެލިކޮޕްޓަރު ރާއްޖޭގައި ބޭނުންކުރަމުން އަންނަނީ މައިގަނޑު ދެ ބޭނުމަކަށެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ހިއުމަނިޓޭރިއަން އެސިސްޓެންޓް ގްރައުންޑްގައި ހެލިކޮޕްޓަރުތައް ބޭނުންކުރުމެވެ. އެގޮތުން ބަލި ހާލު ބޮޑުވެގެން އެތައް ބަޔަކު އުފުލައި، އެ މީހުންގެ ފުރާނަ ސަލާމަތްކުރަން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މިދިޔަ އަހަރު އެކަނި ވެސް ސާޅީހަކަށް ދަތުރު ހެލިކޮޕްޓަރުގައި ކުރި އެވެ. 

އިންޑިޔާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

 ދިވެހި އަސްކަރިއްޔާއިން "ސްޕައި" ކުރަން ފުރުސަތު ދޭނެތޯ؟

ހެލިކޮޕްޓަރާއިއެކު އިންޑިޔާ ސިފައިން ރާއްޖޭގައި ތިބިކަމުގައިވިޔަސް އެއީ އެމީހުން ބޭނުން ގޮތަކަށް ބޭނުންކުރެވޭ އެއްޗެއް ނޫނެވެ. މޭޖާރ އަހްމަދު ފާތިހް ވިދާޅުވީ ހެލިކޮޕްޓަރުތައް ބޭނުންކުރަމުން ދާނީ އެމްއެންޑީއެފް އިން އިރުޝާދު ދިނުމުން،  އެމްއެންޑީއެފްއިން ބޭނުންވާ ގަނޑިއެއްގައި ބޭނުންވާ ތާކަށް ކަމަށެވެ. އަދި ހެލިކޮޕްޓަރުގެ ދަތުރުތައް އަޅާއިރު، އަބަދުވެސް ދިވެހި އަސްކަރިއްޔާގެ ސިފައިން ހެލިކޮޕްޓަރުތަކުގައި ތިބޭނެ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގައި ބޭރުގެ ރަހްމަތްތެރިންނަށް ނުވަތަ އެހެނިހެން އާންމު ފޯސަސްގެ އެހީތެރިކަން ނެތި އެއްވެސް ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓެއެވެ. ލާ މެހިފައިވާ ދުނިޔެއެއްގައި ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަން ކުރަމުންދަނީ މި އުސޫލުންނެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު

ރާއްޖޭގެ ސަލާމަތާއި ނުރައްކާތެރި ބަލަހައްޓަނީ ވަކި ބަޔަކު ގައުމުގެ ވެރިކަމުގައި ތިބެގެނެއް ނޫނެވެ. އެމްއެންޑީއެފްގެ ސިފައިން ޔުނިފޯމް އަޅައިގެން ތިބެނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ. އެ ޔުނިފޯރމް އަޅައިގެން ދިވެހި އަސްކަރިއްޔާ އޮންނަ ކޮންމެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި އަސްކަރިއްޔާއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދޭން ދޭންޖެހެއެވެ.

ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވީ އިންޑިޔާގެ އަސްކަރިއްޔާގެ މީހުން ރާއްޖޭގައި ތިބެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ކަމަށާއި، އެމީހުން ކަންތަށް މޮނީޓަރ ކުރާނެ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ފިޔަވަޅުވެސް އަޅާނެ ކަމަށެވެ.

"އެމީހުން އެ ތިބެނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އެ މީހުން މަސައްކަތް ކުރަމުންދަނީ. ބުނީމައި ބުނާ ކަމެއް ކުރާނެ، އަޅުގަނޑުމެން ހުރިހާ އޮޕަރޭޝަނަލް ކޮންޓްރޯލްތަކެއް ގެންގުޅެނީ.އެފަދަ ކަމެއް ކުރާނަމަ އަޅުގަނޑުމެންނަށް އިގޭނެ. ތި ހުރިހާ ފަރާތްތަކަށް އެޝުއަރކުރަން އެފަދަ ނުރައްކަލެއް ރާއްޖެއަށް އަންނަ ކަމުގައި ވެއްޖިއްޔާމު އަޅުގަނޑުމެން މިހެން މަޑަކުން ނުތިބޭނެ. އަޅަންޖެހޭ ފިޔަވަޅުތަށް އަޅާނަން" ބްރިގޭޑިއަރ ޖެނެރަލް އަލީ ޒުހައިރު ވިދާޅުވިއެވެ. 

މިވަރުން ވެސް ނުވިސްނޭނަމަ ދެން ތިބާމެންނަށް ނުވިސްނޭނެ އެވެ. ނުވިސްނޭނަމަ ތިޔަ އުޅެނީ ގައުމިއްޔަތު މުހިންމުވެގެނެއް ނޫނެވެ. އަމިއްްލަ މަސްލަހަތުގަ އެވެ. ނުވަތަ ސިޔާސީ ބޭނުމެއްގަ އެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގާފިލާ

4 މަސް ކުރިން

ސރުކާރަށް ތާއީދު ކުރިޔަސް ތިކަމަށް ހަމަ ބުނަންޖެހޭނީ ނޫނެކޭ. އިންޑިޔާއިން ތިހާހެޔޮއެދޭނަމަ ދިވެހިސިފއިންގެ ފަރާތުން ހެލިކޮޕްޓަރ ދުއްވަން ދަސްކުރިކުދީނަށް ތިޔަ ދުއްވަން ދޭންވީނު. ކުރިން އެހެން ކިޔާފައި ވެއްދި ކުދީން އޭގައި އަތްލިޔަވެސް ނުދިނީމަ ކެނޑިގެން ދިޔައީ. މިހާރުވެސް އެމީހުންގެ ނިޔަތް ރަނގަޅުނަމަ އެކަމަށް ދިވެހިން ޓްރޭން ކުރަން އުޅުނީސް. ތިހާ ތިލަކޮށް މިކހަލަ ކަންތައްތަކާ ދޭތެރޭ ވިސްނުންބަހައްޓާފިއްޔާ ފަހުން އަންނަން އޮތް ޖީލްތައް ހިތާމަ ކުރަން ޖެހިދާނެ

7
3