20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

  • ފްރާންސްގައި ދެވުނު އެތައް ހަމަލާތަކެއްގެ އޭނާއާ ގުޅިފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 11 ފެބުރުވަރީ 2017 | ހޮނިހިރު 20:09 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ރާޝިދް ކާސިމް މަރާލެވުނުކަން ޕެންޓަގަންއިން ކަށަވަރުކޮށެއް ނުދޭ -- ގޫގުލް

ފްރާންސްގައި ދެވުނު އެތައް ހަމަލާތަކެއްގެ ހިތްވަރުގެ ގޮތުގައި ތުހުމަތު ކުރެވޭ އެ ގައުމުގެ ހަނގުރާމަވެރިއެއް ކަމަށްވާ ރާޝިދް ކާސިމްއަށް އަމާޒުކޮށް ގުޅިފައިވާ ފައުޖުން އިރާގުގެ މޫސަލްގައި ހުކުރު ދުވަހު ހަމަލާތަކެއް ދީފި ކަމަށް ޕެންޓަގަންއިން ބުނފިއެވެ.

ނަމަވެސް މި ހަމަލާތަކުގައި އޭނާ މަރުވިކަން ކަށަވަރެއް ނުކޮށްދެއެވެ.

ޕެންޓަގަންގެ ތަރުޖަމާނު މޭޖަރ އެޑްރިއަން ޖޭ.ޓީ ރަންކައިން ގެލޯވޭ ވިދާޅުވީ އައިއެސްގެ އިސް މެމްބަރެއްކަމަށްވާ ރާޝިދް ކާސިމްއަށް އަމާޒުކޮށް ވޭތުވެދިއަ 72 ގަޑިއިރު މޫސަލްގައި ހަމަލާދީފައިވާ ކަމަށެވެ.

"އަހަރުމެން މިހާރު މި ދަނީ ހަމަލަތަކުގެ ނަތީޖާތައް ބަލަމުން،އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް ހާމަކުރާނަން"

ޕެރިހުގައި ކައުންޓަރ ޓެރެރިޒަމްގެ އޮޕަރޭޝަން ތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި އޭއެފްޕީގައި ވިދާޅުވެފައިވަނީ މަރާލެވިފައިވަނީ އެ ހަނގުރާމަވެރިޔާކަން ކަށަވަރު ނުވިޔަސް އޭނާ ކަމަށް ވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ފްރާންސްގައި މިދިއަ އަހަރު ފުލަހަކާއި އޭނާގެ ބައިވެރިޔަކަށް ވަޅިން ހަމަލާދިނުމުން މަރުވި ހާދިސާއާ އުމުރުން ދުވަސްވީ ފާދިރީއެއްގެ ވައިނޮޅި ބުރިކޮށްލި ހަމަލާއަކީ އުމުރުން ތިރީހުގެއަހަރުތައް ގުނަމުންދާ ކަސިމް ގެ ކިބައިން ހިތްވަރު ލިބިގެން ދީފައިވާ ހަމަލާތައް ކަމަށް ވަނީ ބެލެވިފައެވެ.

މީގެއިތުރުން އެންކްރިޕްޓް ކޮށްފައިވާ ޓެލެގްރާމް އެޕްއެއް ބޭނުންކޮށްގެން އިރާގާއި ސީރިއާގައި އައިއެސްގެ ކޮންޓްރޯލުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި ދެވޭ ހަމަލާތަކަށް ފްރާންސްގައި ހުރެ ލަފާ ދެމުންދާކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް