22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސް ޓްރަމްޕް

ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް ގިރާކުރެވޭނެ ކަމާ މެދު ޝައްކެތް ނެތް: ރައީސް ޓްރަމްޕް

  • ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސް އިން ނިންމި ނިންމުން ރިވިއު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ރައީސް ޓްރަމްޕަށް އެބައޮތް
އަހުމަދު އަނޫޝު | IamAhmedAnoosh

| 11 ފެބުރުވަރީ 2017 | ހޮނިހިރު 17:54 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


ރައީސް ޑޮނަލްޑް ޓްރަމްޕް -- ގޫގުލް

އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުން ހުއްޓުވުމަށް ވޮޝިންޓަންގެ ޑިސްޓްރިކްޓް ކޯޓުން ނެރެފައިވާ އަމުރަށް، އިސްތިއުނާފް ކޯޓުން ތާއިދު ކުރިއަސް ގާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ކާމިޔާބު ހޯއްދަވާނެ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ވަޑައިގެންނެވުމަށް އެއާފޯސް މަތިންދާބޯޓްގައި އިންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ހަތްގައުމުގެ މީހުން އެމެރިކާއަށް ވަނުން މަނާކުރުމަށް ނެރުނު އަމުރަށް، ޝަރުއީ މަރުހަލާގެ ތެރެއިން ދިމާވާ ގޮންޖެހުންތައް، ގިރާކުރައްވާނެ ކަމާ މެދު ޝައްކެތްނެތް ކަމަށާއި ނަމަވެސް ތަފާތު ގޮތްތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި މުޅިން އާ ގަރާރެއް ނުވަތަ އަމުރާ ނެރުމާ މެދުވެސް ވިސްނަވަމުން ގެންދަވާ ކަަމށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އާ ގަރާރެއް ނެރޭ ނަމަ އޭގައި ހިމެނޭނީ ކޮން ބަދަލުތަކެއްތޯ ނޫސްވެރިން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ "ސަލާމަތީ އާ ފިޔަވަޅުތައް" ކަމަށެވެ.

ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސް އިން ނިންމި ނިންމުން ރިވިއު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ރައީސް ޓްރަމްޕަށް އޮތަސް އެމެރިކާއިން ލިބޭ މީޑިޔާ ރިޕޯޓުތަކަށް ބަލާއިރު އެއީ އަދި އިސްކަން ދޭނެ ކަމެއް ނޫނެވެ.

މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރުމަށް މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރެއް ނެރުއްވުމާ އެކު ގިނަ ބަޔަކަށް ސިހުން ލިބެގެން ދިޔައެވެ. މުސްލިމު ހަތް ގައުމެއް ކަމަށްވާ އިރާން، އިރާގު، ލީބިއާ، ސޮމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަންގެ ރައްޔިތުން އެމެރިކާއަށް އައުން މަނާ ކުރުމުން، ފާޑު ކިޔުމާއި ނަފްރަތު އަމާޒުވަމުން ދިޔައަސް، ރައީސް ޓްރަމްޕް އެމަނިކުފާނުގެ ނިންމުން ކެނޑިނޭޅި ދަނީ ދިފާއު ކުރައްވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް