11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

ސީރިއާ ހަނގުރާމަ

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

  • ރަޝިއާއިން  ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ތުރުކީ ސިފައިންގެ ތިން މީހުން މަރުވި
އަބުދުﷲ މުހައްމަދު | 8Abbo

| 11 ފެބުރުވަރީ 2017 | ހޮނިހިރު 17:43 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ރަޝިއާއިން ސީރިއާގެ ސަރުކާރަށް ވާގެވެރިވަމުންދާއިރު ތުރުކީން އެހީތެރިވަމުން ދަނީ އިދިކޮޅު ހަނގުރާމަވެރިންނަށް -- އޭއެފްޕީ

ސީރިއާގެ އިމާރާތަކަށް  ރަޝިއާގެ މަތިންދާ ބޯޓަކުން ބޮން އަޅަން އެގައުމުގެ ސިފައިންގެ ގާތުގައި އޮޅިގެން ބުނެވިފައިވާކަމަށް ބުނާ ބުނުން ތުރުކީއިން ދޮގުކޮށްފިއެވެ.

ރަޝިއާއިން  ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި ތުރުކީ ސިފައިންގެ ތިން މީހުން މަރުވިއެވެ.

ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ރިޕޯޓަރުންނަށް ވިދާޅުވީ ޕައިލެޓުންނަށް އިރުޝާދު ދިނީ ތުރުކީގެ ބައިވެރިން ކަމަށެވެ.

ނަމަވެސް ތުރުކީގެ އަސްކަރިއްޔާއިން ބުނަނީ  އެގައުމުގެ ފައުޖުތައް އެ އިމާރާތުގައި ތިބޭތާ 10 ދުވަސްވެފައިވާކަމަށާއި އަދި ތުރުކީގެ ސިފައިން ތިބި ތަންތަނާ ބެހޭގޮތުން ބުދަ ދުވަހު ރަޝިއާއަށް ލަފާ ދީފައިވާނެކަމަށެވެ.

ސީރިއާގެ ހަ އަހަރުވީ ދާޚިލީ ހަނގުރާމައިގައި ރަޝިއާއިން ސީރިއާގެ ސަރުކާރަށް ވާގެވެރިވަމުންދާއިރު ތުރުކީއިން އެހީތެރިވަމުންދަނީ އިދިކޮޅު ހަނގުރާމަވެރިންނަށެވެ.

ނަމަވެސް ދެ ގައުމުންވެސް މަސައްކަތް ކުރަމުންދަނީ ހަލަބުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުން  ހަނގުރާމަވެރިން ފޮނުވާލުމަށެވެ.

ތުރުކީގެ މަދަދާއެކު ހަނގުރާމަ ކުރަމުންދާ އިދިކޮޅު ހަނގުރާމަވެރިން ޑިސެމްބަރު މަހުން ފެށިގެން އުތުރުގެ އަލްބާބު ހިސާރުކޮށްގެން އުޅެމުންދާއިރު ރަޝިއާގެ މަދަދާއެކު ހަނގުރާމަކުރަމުންދާ ސަރުކަރުގެ ފައުޖުތަކުންދަނީ ދެކުނުގައި ކުރިއެރުން ހޯދަމުންނެވެ.

ބުރާސްފަތި ދުވަހު ވައިގެ މަގުން ދިން ހަމަލާތަކެއް އަމާޒުވެ ތުރުކީގެ ސިފައިންގެ ބަޔަކު މަރުވެ ސިފައިންގެ 11 މީހުން މަރުވުމާއެކު ރަޝިއާގެ ރައީސް ވްލާޑިމިރ ޕޫޓިންވަނީ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާނަށް ގުޅުއްވައި ތައުޒިއާ ވިދާޅުވުމަށް އަވަސްވެ ވަޑައިގެންފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް