26 ސެޕްޓެންބަރ 2018 | ބުދަ | 06 އަތަ
16 މުޙައްރަމް 1439
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
މަޣްރިބް 18:02
އިޝާ 19:13

ރެފިއުޖީން އިތުރުވުން

ތިން ވަނައަށް އެންމެ ރެފިއުޖީން ގިނަ ގައުމަކަށް ދެކުނު ސޫދާން

  • ހަތިޔާރާއެކު އެގައުމުގެ ދާޚިލީ ހަމަނުޖެހުން ހިނގަމުންދާތާ މިހާރު މިއީ ހަތަރުވަނަ އަހަރު
އަބުދުﷲ މުހައްމަދު | 8Abbo

| 11 ފެބުރުވަރީ 2017 | ހޮނިހިރު 17:32 | |

މަގުބޫލް

  1. ރައީސް ޔާމީން އިންތިޚާބުން ފެއިލްވީ ލީޑަރޝިޕުގެ އަމިއްލަ އެދުމާހުރެ: ޑޭވް
  2. އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. އިންތިހާބު އޮތް ދުވަހު ދިވެހިން ދެއްކި ރީތި ނަމޫނާ އިން ބޭރުގެ އޮބްޒަރވަރުން ހައިރާންކުރުވައިފި
  5. މަހްލޫފު މިނިވަންވެ، ދަރިފުޅު ބަލާ މިރޭ ފުވައްމުލަކަށް
  6. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!
  7. ފަހު ވަގުތާ ޖެހެންދެން ވެސް ހީކޮށްގެން ތިބީ އިންތިހާބު ކާމިޔާބު ވާނެ ކަމަށް: އަބްދުއްރަހީމް
  8. ކުންފުނިތަކުން ނުހައްގުން ވަކިކުރި މުވައްޒަފުން ކިބައިން އެތަންތަނުގެ ވެރިން މާފަށް އެދެންޖެހޭ: ޝެއިހް ޒައިދު


ގައުމުގެ ތެރޭގައި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންގެ އަދަދު 2.1 މިލިއަނަށް އަރާ -- އޭޕީ

ދެކުނު ސޫދާނު ދޫކޮށް ރެފިއުޖީންގެ ގޮތުގައި ދިޔަ އެގައުމުގެ ރައްޔިތުންގެ އަދަދު 1.5 މިލިއަނަށް ވުރެ މައްޗަށް އަރައި އެ ގައުމަކީ ތިން ވަނައަށް އެންމެ ގިނަ ރެފިއުޖީން އުފެދުނު ގައުމު ކަމަށް އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫއެންއެޗްސީއާރުން ބުނެފިއެވެ. 

މިހާރު އެންމެ ގިނަ ރެފިއުޖީން ނިސްބަތްވާ ގައުމަކީ ސީރިއާ އާއި އަފްޣާނިސްތާނެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ހުކުރު ދުވަހު ބުނީ ސަރުކަރުތަކާއި ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ވާހަކަ ދައްކަން އެއްބަސް ނުވާހާ ހިނދަކު އެގައުމުތަކުގައި އަދި ގައުމުން ބޭރަށް ރެފިއުޖީންގެ ގޮތުގައި ދާ ފަރާތްތައް މި އަހަރު ދާނީ އިތުރުވަމުން ކަމަށެވެ.

ޔޫއެންއެޗްސީއާރު އިން ބުނީ ގައުމުގެ ތެރޭގައި ރެފިއުޖީންގެ ގޮތުގައި ތިބި މީހުންގެ އަދަދު 2.1 މިލިއަނަށް އަރާ ކަމަށެވެ.

ޔޫއެން އެޗްސީއާރުން ބުނީ މި އަދަދުތަކާ އެކު ދެކުނު ސޫދާނަކީ އެފްރިކާގައި ރެފިއުޖީންގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމު ކަމަށާއި އަދި ސީރިއާ އާއި އަފްޣާނިސްތާނަށް ފަހު ތިންވަނަ ކަމަށެވެ.

އެ ޖަމާއަތުން ވަނީ ހަމަނުޖެހުމުގައި ހިމެނޭ ހުރިހާ ފަރާތްތަކަކުން މައްސަލައިގެ ސުލްހަވެރި އަވަސް ހައްލަކަށް ދިއުމަށް ގޮވާލާފައެވެ. މީގެ އިތުރުން ރެފިއުޖީންގެ މައްސަލައަށް ސަމާލުކަން ދޭ މިންވަރު ކުޑަވުމާއި ފަންޑިންގެ ލިބޭ މިންވަރު ދަށްކަން ވަނީ ފާހަގަކޮށްފައެވެ.

ޔޫއެންއެޗްސީއާރުގެ ފަރާތުން ވާހަކަދެއްކެވި ވިލިއަމް ސްޕްލިންޑާ ވިދާޅުވީ 2016 ވަނަ އަހަރު އެކަނިވެސް 760،000 މީހުން އެގައުމު ދޫކޮށް ދިއަ ކަމަށެވެ. އޭގެ ތެރޭގައި އަހަރުގެ ފަހު ހަމަސް ދުވަހު ދިޔަ 500،000 މީހުން ވެސް ހިމެނޭ ކަމަށެވެ.

ހަތިޔާރާއެކު އެގައުމުގެ ދާޚިލީ ހަމަނުޖެހުން ހިނގަމުންދާތާ މިހާރު މިއީ ހަތަރުވަނަ އަހަރެވެ.

އެގައުމުގެ ރެފިއުޖީންގެ ތެރެއިން 60 އިންސައްތައަކީ ކުޑަކުދިން ކަމަށްވާ އިރު އޭގެ ތެރޭގައި ކާޑުބަލި ޖެހިފައިވާ ކުދިން ކަންބޮޑުވާ މިންވަރަކަށް ތިބިކަން އދ. އިން ފާހަގަ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް