21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ބޮލީވުޑް

ޒީރޯގައި އަނުޝްކާ ކުޅެފައިވާ ރޯލަށް ވިރާޓްގެ ތައުރީފް!

  • އަނުޝްކާގެ ރޯލް އަދާކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށް ވަނީ ބުނެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 23 ޑިސެންބަރު 2018 | އާދީއްތަ 20:07 | |

ޝާހުރުކް ޚާން އާއި އަނުޝްކާ ޝަރްމާ -- ހިންދުސްތާނީ ޓައިމްސް

މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ފިލްމް "ޒީރޯ" ގައި އަނުޝްކާ ޝަރްމާ އަދާކޮށްފައިވާ ރޯލަށް އޭނާގެ ފިރިމީހާ ވިރާޓް ކޯލީ ތައުރީފް ކޮށްފިއެވެ.

ކްރިކެޓް ޓުއަރ އެއްގައި މިވަގުތު އޮސްޓްރޭލިއާގައި ހުރި ވިރާޓް މި ފިލްމް ބެލުމަށް ފަހު އަނުޝްކާއަށް ތައުރީފްކޮށް ކޮށްފައިވާ ޓްވީޓްގައި ވަނީ އޭނާ އެފިލްމް ބެލިކަމަށާއި ފިލްމް ވަރަށް ކަމުދާކަމަށެވެ. އަދި އެފިލްމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ރޯލް އަދާކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވިރާޓް ވަނީ ބުނެފައެވެ. އެ ފިލްމްގައި އަނުޝްކާ އަދާކޮށްފައިވާ ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށާއި އެ ރޯލް އަދާކޮށްފައިވަނީ ވަރަށް މޮޅަށް ކަމަށް ވިރާޓް ވަނީ ބުނެފައެވެ.

"ޒީރޯ" ގައި އަނުޝްކާ ފެނިގެން ދަނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ. އަނުޝްކާގެ އިތުރުން ދެން ފިލްމުން ފެނިގެން ދަނީ ޝާހުރުކް ޚާން އާއި ކެޓްރީނާ ކެއިފް އެވެ.

ޝާހުރުކް ޚާން މި ފިލްމްގައި ފެނިގެން ދަނީ އާދަޔާ ޚިލާފަށް ކުރުމީހެއްގެ ރޯލުންނެވެ. އަދި ކެޓްރީނާ އަދާކޮށްފައިވަނީ ބޮލީވުޑް ސުޕަރ ސްޓާރއެއްގެ ރޯލުންނެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ވަރުން ދަވަން އާއި އެކު "ސުއި ދާގާ" އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް