19 ނޮވެންބަރު 2018 | ހޯމަ | 07 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ގްރީން ސްޓްރީޓް

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

 • ހުރިހާ ކްލަބެއް ވެސް ފެންނާނީ މޮޅު ކުޅުންތެރިންނާއެކު
 • ނަމުން ކިތަންމެ ކުޑަޔަސް، އަސްލު ފެންވަރު ފެންނާނެ
 • ބިދޭސީ ކުޅުންތެރިންގެ ފެންވަރު ރަނގަޅު
ނާފިއު ރަޝީދު | NaphiuR

| 11 ފެބުރުވަރީ 2017 | ހޮނިހިރު 13:10 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
 3. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 4. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
 5. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
 6. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
 7. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
 8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ


ގްރީން ސްޓްރީޓްގެ ކޯޗު މުހައްމަދު ސަބާހް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަކީ ވަރަށް ވާދަވެރިވާނެ ސީޒަނެއް ކަމަށާއި އެހެން ކަމުން އެއްވެސް ކްލަބަކުން ހުރިހާ ތައްޓެއް ހޯދުމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް ކްލަބު ގްރީން ސްޓްރީޓުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނެފި އެވެ.

އާސީޒަނަށް ގްރީން ސްޓްރީޓުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ސޮބާ ބުނީ މިއަހަރުގެ ސީޒަންގައި ހުރިހާ ކްލަބެއް ވެސް ފެންނާނީ މޮޅު ކުޅުންތެރިންނާއެކު ވަރުގަދަކޮށް ކަމަށެވެ. އަދި އެއްވެސް ކްލަބަކުން ސީޒަނުގެ ހަތަރު ތަށި ހޯދުމުގެ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ސޮބާ ބުންޏެވެ.

ގްރީން ސްޓްރީޓަކީ ނަމުން ކިތަންމެ ކުޑަ ކްލަބެއް ނަމަވެސް އެޓީމުގެ އަސްލު ފެންވަރު ފެނިގެންދާނެކަން ހާމަކުރަމުން ސޮބާ ބުނީ ސީޒަނުގެ އެއްވެސް މެޗެއް ފަސޭހަކޮށްލެވެން ނޯންނާނެ ކަމަށާއި އަދި އެ ކްލަބަކީ އެހެން ކްލަބުތަކުން އީޒީކޮށްލައިގެން ފަރުޖައްސާލެވޭން ނެތް ކްލަބެއްކަން ވެސް ހާމަކޮށްދޭނެ ކަމަށެވެ.

ސޮބާ ބުނީ ކޮންމެ ކްލަބެއްވެސް އަޑުގަދަވެ ބޮޑު ކްލަބަކަށް ވަނީ މީޑިއާތަކުން އެކްލަބެއްގެ ހައިބަތު ބޮޑުކޮށްފައި ލިޔާ އާޓިކަލްތަކުން ކަމަށާއި އެހެން ނަމަވެސް އެންމެ އާދައިގެ ޓީމާ ދެކޮޅަށް މެޗެއް ކުޅުމަށްޓަކައި ދަނޑަށް ނުކުތުމަށްފަހު އެ އެބުނާ ބޮޑު ކްލަބުގެ ހައިބަތު ނުފެންނަ ކަމަށެވެ.

ގްރީން ސްޓްރީޓަށް ގެނެސްފައިވާ ބިދޭސީ ކުޅުންތެރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮބާ ބުނީ އެ ކުޅުންތެރިންގެ ތެރޭގައި ބޭރުގެ އެކި ލީގުތަކުގައި ކުޅެފައިވާ ކުޅުންތެރިން އެބަތިބި ކަމަށާއި އެހެން ކަމުން އެ ކުޅުންތެރިންނާއި ޓީމުގައި މިވަގުތު ތިބި ދިވެހި ކުޅުންތެރިން ގުޅިގެން އެހެން ކްލަބުތަކަށް ރަނގަޅު ފައިޓެއް ދެވޭނެ ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ބައެއް ކުޅުންތެރިން ވެސް މިއަހަރު ގްރީން ސްޓްރީޓަށް ގުޅިފައިވާ އިރު، އެ ކުޅުންތެރިންނަކީ އެހެން ކުޅުންތެރިންނާ ގުޅިގެން ބުރަކޮށް މަސައްކަތްކުރާ ކުޅުންތެރިންތަކެއް ކަމަށް ސޮބާ ބުންޏެވެ.

ނިއު ރޭޑިއަންޓާއި ގައުމީ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސޮބާ ބުނީ އެޓީމުގެ ހުރިހާވެސް ޓާގެޓެއް މިވަގުތު ހުރީ މި މަހުގެ 25 ވަނަ ދުވަހު ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި އެހެން ކަމުން އެ މެޗުގައި އެންމެ މަދުވެގެން ޕޮއިންޓެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް