20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ކަރަކަޓޯއާ އަލިފާންފަރުބަދަ

އިންޑޮނީޝިއާއަށް ސުނާމީއެއް އަރައި 43 މީހުން މަރުވެއްޖެ

  • ދެ ރާޅެއް އަރާފައިވޭ
  • ސުނާމީ އުފެދުނީ އަލިފާންފަރުބަދައެއް ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން
އަބުދުﷲ މުހައްމަދު | 8Abbo

| 23 ޑިސެންބަރު 2018 | އާދީއްތަ 08:04 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ސުނާމީ އަރާފައިވަނީ ސުންޑަ ސްޓްރެއިޓް ސަރަހައްދަށް -- ބީބީސީ

އިންޑޮނީޝިއާގެ ސުންޑަ ސްޓްރެއިޓް ސަރަހައްދަށް އެރި ސުނާމީއެއްގައި މަދުވެގެން 43 މީހުން މަރުވެ 584 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެ ގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޭޖެންސީން ބުނީ ދެ މީހަކު ގެއްލިފައިވާއިރު އެތައް ސަތޭކަ އިމާރާތެއް ހަލާކުވެފައިވާ ކަމަށެވެ.

އެ އެޖެންސީން ބުނީ ސުނާމީ އަރާފައި ވަނީ ކަރަކަޓޯއާ އަލިފާންފަރުބަދަ ގޮވައި ކަނޑުއަޑިން ބިންގަޑު ކަނޑައިގެން ގޮސްގެން ކަމަށް ބެލެވޭކަމަށެވެ.

ސުންޑަ ސްޓްރެއިޓަކީ ޖަވާއާއި ސުމަޓްރާ އާއި ދެމެދުން ޖާވާ ކަނޑާ އިންޑިއާ ކަނޑު ގުޅުވައިދޭ ކަނޑުއޮޅިއެވެ. 

މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޕަންޑެލަންގް، ސައުތު ލަމްޕަންގް އަދި ސެރަންގް ސަރަހައްދުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓުން ބުނީ ބުރުހަމަ ހަނދެއްގެ ދުވަސްވަރު ހަނދުއަރައި އަދި ބޮޑުދިޔައިގެ ވަގުތަށް ވުމަކީ ރާޅުތަކުގެ ބާރު ގަދަވި ސަބަބެއްކަމުގައި ވެދާނެ ކަމަށެވެ. އެ އެ ޖެންސީން ވަނީ މަރުވި މީހުންގެ އަދަދު އިތުވެދާނެކަމުގެ އިންޒާރު ދީފައެވެ.

ދެ ރާޅެއް އަރާފައިވާއިރު ފުރަތަމަ ރާޅަށްވުރެ ބާރުގަދައީ ފަހުން އައި ރާޅުކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފައެވެ.

ވޭތުވެދިިޔަ ދެ ތިންމަހު އަނަކް ކަރަކަޓޯއާ އަލިފާން ފަރުބަދަައިގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ.

އިންޑޮނީޝިއާގެ ޖިއޮލޮޖިކް އޭޖެންސީން ބުނީ ހުކުރު ދުވަހު ފަރުބަދަ ގޮވާފައިވާއިރު ފަރުބަދައިގެ ގޮވުން 12 ސިކުންތައް ދެމިގެންގޮސްފައިވާ ކަމަށާއި ފަރުބަދައިން އެރި ދުމާއަޅި 400 މީޓަރަށް އަރާފައިވާ ކަމަށެވެ.

އެ އޭޖެންސީން ވަނީ ފަރުބަދައާ ދެ ކިލޯމީޓަރަށްވުރެ ކައިރީގައި ނުތިބުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް