20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

ޓީސީ ސްޕޯޓްސް ކްލަބު

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

  • ކާމިޔާބު ހޯދަން ބުރަކޮށް މަސައްކަތް ކުރަންޖެހޭ
  • ހުރިހާ ކްލަބަކުން ޓީސީ ނަގާނީ ސީރިއަސްކޮށް
  • ޓީސީގެ ފޯވަޑް ލައިން ވަރުގަދަވާނެ
ނާފިއު ރަޝީދު | NaphiuR

| 11 ފެބުރުވަރީ 2017 | ހޮނިހިރު 13:03 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  3. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  8. ރަވާނާ ދޯނީގައި ތިބި މީހުން މާލެ ގެނެސްފި


ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) -- ރާއްޖެއެމްވީ

ކުރު މުއްދަތެއްގައި ޓީސީން ހޯދި ކާމިޔާބީތަކާއެކު، މި ސީޒަނުގައި ވާދަކުރާ އެއްވެސް ޓީމަކުން އެޓީމާ ދޭތެރޭ ފަސޭހަ ކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށާއި އެހެން ކަމުން މި ސީޒަންގައި ޓީސީން ކުރަންޖެހޭ މަސައްކަތް ދެގުނަ ބޮޑުވެގެންދާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އާ ސީޒަނަށް ޓީސީން ވަމުން އަންނަ ތައްޔާރީތަކާ ބެހޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ނިޒާމް ބުނީ މިއަހަރުގެ ސީޒަނަށް އެޓީމު ކުރިމަތިލާއިރު ޓީމުން ވަރަށް ބޮޑު ތަފާތުތަކެއް ފެނިގެންދާނެ ކަމަށާއި އެގޮތުން މީގެ ކުރިން އެއްވެސް އަހަރެއްގައި ބޭނުން ނުކުރާ ވަރަށް ބިދޭސީ ކުޅުންތެރިންވެސް ޓީމުގެ ތެރެއިން ފެނިގެންދާނެ ކަމަށެވެ.

މިދިޔަ ސީޒަންގެ ރާއްޖޭގެ މޮޅު ކޯޗުގެ މަގާމު ހާސިލްކޮށްފައިވާ ނިޒާމް ބުނީ ކޮންމެ ޓީމެއް ވެސް އެއް ސީޒަން ނިންމާ އަނެއް ސީޒަނަށް ނުކުންނާނީ ކާމިޔާބީތަކެއް ހޯދުމަށް ކަމަށާއި އެގޮތުން ޓީމުތައް ތައްޔާރުވުމަށް އަންނަ ނިސްބަތަށް ބަލާއިރު، މިސީޒަނަކީ ވަރަށް ވާދަވެރިވާނެ ސީޒަނެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

ފާއިތުވި ސީޒަންގައި ޓީސީ އަށް ކާމިޔާބު ނުކުރެވި އޮތީ ހަމައެކަނި ތައްޓެއްކަން ފާހަގަކުރަމުން ނިޒާމް ބުނީ މިއަހަރުގެ ސީޒަން ފެށުމާއެކު ތައްޓެއް ހޯދުމަށް ހުރިހާ ކުޅުންތެރިންނާއެކު ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިއަހަރުގެ ސީޒަނުގައި އެޓީމުގެ ސްޓްރައިކިން ފޯސް ނުވަތަ ފޯވަޑް ލައިން ކުރިން އަހަރުތަކަށްވުރެ ވަރުގަދަ ކޮށްފައިވާނެ ކަމަށް ނިޒާމް ބުންޏެވެ.

މި މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝްގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ޓީސީއަށް ލިބިފައިވާ އިރު، އެ މުބާރާތުން ވެސް އެޓީމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

މި މުބާރާތުގައި ވާދަކުރުމާއި ބެހޭ ގޮތުން ނިޒާމް ބުނީ އާ ސިޒަންގެ ކުރިން ބޭރުގެ ކްލަބުތަކަކާއި ދެކޮޅަށް ވާދަވެރި މެޗުތަކެއް ކުޅެން ލިބުމަކީ އެތަށް ގޮތަކުން އެކްލަބަށް ލިބިގެންދާ އެޑްވާންޓޭޖެއް ކަމަށެވެ.

އަދި މި މުބާރާތުން ކުޅުންތެރިންނަށް ގިނަ ކަންތައްތަކެއް ދަސްވެ، ރާއްޖޭގައި ކުރިއަށްދާ މުބާރާތްތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރަކަށް އެކަން ވެގެންދާނެ ކަމަށް ވެސް ނިޒާމް ބުންޏެވެ.

ޓީސީން ވަނީ މިއަހަރުގެ ސީޒަނަށް އެ ކްލަބު ވަރުގަދަ ކުރުމުގެ ގޮތުން ރާއްޖޭގައި ކުޅެމުން އަންނަ ބައެއް ކުޅުންތެރިންނާއެކު ބިދޭސީ ކުޅުންތެރިންތަކެއް ވެސް ގެނެސްފަ އެވެ.

އެގޮތުން ޓީސީން ވަނީ ރާއްޖޭގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުންދިޔަ އައްޑޫ ފޭދޫ ޓީމުގެ ފޯވަޑް އިބްރާހިމް މަހުދީ (އިއްބެ) އެޓީމަށް ގެނެސްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް