20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސީރިއާ ހަނގުރާމަ

ސީރިޔާގައިތިބި އެމެރިކާ ސިފައިން ބޭލުމުން އެމެރިކާގެ މަންދޫބު ބްރެޓް މެކްގަރކް އިސްތިއުފާދެއްވައިފި

  • ރައީސް ޓްރަމްޕް ނިންމެވި ނިންމެވުކަކީ ޝޮކެއްް ލިބިވަޑައިގެންނެވިކަމެއް: މެކްގަރކް
އަބުދުﷲ މުހައްމަދު | 8Abbo

| 23 ޑިސެންބަރު 2018 | އާދީއްތަ 01:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ބްރެޓް މެކްގަރކް(ވ) މަގާމުން ދުރަށްވަޑައިގަންނަވަނީ ފެބްރުއަރީމަހުންފެށިިގެން -- އޭއެފްޕީ

ސީރިޔާގައި ތިބި އެެމެރިކާގެ ސިފައިން ބޭލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ގުޅިގެން، އައިއެސްއާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގައި އެންމެ އިސްކޮށް ހުންނެވި އޮފިޝަލް އިސްތިއުފާދެއްވައިފިއެވެ.

އައިއެސްއާ ދެކޮޅަށް ދުނިޔެއިން އެކުލަވާލާފައިވާ ކޯލިޝަނަށް އެމެރިކާގެ ރައީސްގެ ފަރާތްޕުޅުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ބްރެޓް މެކްގަރކް މަގާމުން ދުރަށްވަޑައިގަންނަވަނީ ފެބްރުއަރީމަހުންފެށިިގެންނެވެ.

ސީރިިޔާގައިތިބި އެމެރިކާގެ ސިފައިން ފައިބާނެކަމަށް ރައީސް ޓްރަމްޕް އިއުލާނުކުރެއްވުމުގެކުރިން އޭނާ ވިދާޅުވަމުންގެންދެވީ އެމެރިކާއިން ސީރިޔާގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދާނެކަމަށެވެ.

ބްރެޓް އިސްތިއުފާ ދެއްވާފައިމިވަނީ  ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ބުރާސްފަތި ދުވަހު އިސްތިއުފާދެއްވާފައިވަނިކޮށެވެ.

ޖެނެރަލް މެޓިސްވެސްވަނީ ސީރިޔާއިން އެމެރިކާސިފައިން ބޭލުމަށާއި އަފްޣާނިސްތާނުގައިތިބޭ އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ދެކޮޅުހައްދަވާފައެވެ.

ބްރެޓް މެކްގަރކް އަކީ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަައި 2015ވަަނަ އަހަރު އެ މަގާމަށް އައްޔަން ކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ.

އިސްތިއުފާދެއްވައި މެކްގަރކް ފޮނުވާފައިވާ ސިޓީ އެސޯސިއޭޓެޑް ޕްރެސްއަށްވެސް ލިބިފައިވާއިރު އެ ސިޓީގައި އޭނާ ވިދާޅުވެފައިވަނީ ސީރިޔާގައިތިބި އައިއެސްގެ ހަނގުރާމަވެރިން ހުސްވަމުުންދާކަމަށާއި ނަމަވެސް އަދި އެކީ ބަލިވެފައި ނުވާކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ސިފައިން ސީރިޔާއިން ބޭލުން ވެގެންދާނީ އައިއެސް އަލުން ވަރުގަދަވުމަށް ދެވޭ ފުރުސަތަކަށްކަމަށެވެ.

ނިއުޔޯކް ޓައިމްސްއަށް އޭނާ ފޮނުވާފައިވާ މެއިލްއެއްގައިވަނީ ސީރިއާއިން އެމެރިކާ ސިފައިން ބޭލުމަށް  ރައީސް ޓްރަމްޕް ނިންމެވި ނިންމެވުކަކީ ޝޮކެއްް ލިބިވަޑައިގެންނެވިކަމެއްކަމަށެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް