13 ނޮވެންބަރު 2018 | އަންގާރަ | 13 ވިހާ
05 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އިންޓަ އޮފީސް ކޮމްޕެނީ ނެޓްބޯޅ

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

  • މުބާރާތުގައި ދެ ޖިންސް އެއްކޮށް 16 ޓީމު ވާދަކުރޭ
  • އަންހެން ޓީމު ދެ ގްރޫޕަކަށް ބެހި އިރު، ފިރިހެން ޓީމު ބެހީ އެއް ގްރޫޕަށް
  • މުބާރާތުގައި ވާދަކުރަނީ ހަތަރު ފިރިހެން ޓީމާއި 12 އަންހެން ޓީމް
ލީވާން އަލީ | MrLeevaan

| 11 ފެބުރުވަރީ 2017 | ހޮނިހިރު 12:51 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  4. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  5. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  6. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


ދިރާގް އަދި އެސްޓީއޯ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އަމިނަތު ރަބާބް -- ފޭސްބުކް

ނެޓްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ އޮފީސް ކޮމްޕެނީ ނެޓްބޯޅަ މުބާރާތުގައި މޯލްޑިވްސް ޕޮލިސް ސާވިސް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ކުޅުނު މެޗުތަކުން އެޓީމުތައް މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހު ކުޅުނު ފުރަތަމަ މެޗު ދިރާގާ ވާދަކޮށް ޕޮލިސް މޮޅުވީ 20 ޕޮއިންޓް 17 ޕޮއިންޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ އަނާން އަނިލް އެވެ. ދެވަނަ މެޗުގައި އުރީދޫއާ ވާދަކޮށް އެސްޓީއޯ އިން 14 ޕޮއިންޓް 10 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައިވާއިރު، މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްޓީއޯގެ އަމިނަތު ރަބާބް އެވެ.

ހުކުރު ދުވަހު ކުޅުނު ތިންވަނަ މެޗުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ވާދަކޮށް އިމިގްރޭޝަން އިން މެޗު ކާމިޔާބުކުރީ 39 ޕޮއިންޓް 11 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ނަޝްފާ އާމިރުއެވެ. ހަތަރުވަނަ މެޗުގައި ސިމްޑީ ގްރޫޕާ ވާދަކޮށް 56 ޕޮއިންޓް ދެ ޕޮއިންޓްގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކުރީ ކަސްޓަމްސްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަސްޓަމްސްގެ ހުސްނާ މުހައްމަދު އެވެ.

މިއަހަރުގެ މުބާރާތުގައި ދެ ޖިންސް އެއްކޮށް ޖުމްލަ 16 ޓީމު ވާދަކުރެއެވެ. އެއީ ހަތަރު ފިރިހެން ޓީމާއި 12 އަންހެން ޓީމެވެ.

ޒުވާނުން މަރުކަޒުގެ ބޭރު ކޯޓުގައި ކުރިއަށްދާ މުބާރާތުގެ އަންހެން ޑިވިޝަންގެ ޓީމުތައް ބަހާލެވިފައި ވަނީ ގްރޫޕެއްގައި ހަ ޓީމު ހިމެނޭ ގޮތަށް ދެ ގްރޫޕަކަށެވެ. އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޓީމުތައް ބަހާލެވިފައިވަނީ އެއް ގްރޫޕަކަށެވެ.

ގްރޫޕް ސްޓޭޖު ނިމުމާއެކު އަންހެން ޑިވިޝަންގެ ކޮންމެ ގްރޫޕަކުން ހަތަރު ޓީމު (ދެ ގްރޫޕުން އަށް ޓީމު) ކުޅޭނީ ކުއާޓާގެ މެޗުތަކެވެ. އަދި ފިރިހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމު ފައިނަލްގެ ޖާގަ ކަށަވަރުކުރާއިރު، ދެން ފައިނަލަށް ދާ ޓީމު ކަނޑައެޅޭނީ ދެވަނަ އަދި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ސެމީގެ މެޗުތަކަށް ފަހު އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް