19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން

ގެޓްވިކް އެއަރޕޯޓް ސަރަހައްދަށް ޑްރޯން އެރުވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

  • ހައްޔަރުކުރި މީހުންގެ މަައުލޫމާތެއް ހާމައެއް ނުކުރޭ
އަބުދުﷲ މުހައްމަދު | 8Abbo

| 22 ޑިސެންބަރު 2018 | ހޮނިހިރު 09:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  6. ޕްރިޔަންކާ އިނީ ބަލިވެ؟
  7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ގެޓްވިކްގައި އަދިވެސް ފުލުހުން ތިބޭނެކަމަށް ފުލުހުންވަނީ ބުނެފައި -- ބީބީސީ

އިނގިރޭސިވިލާތުގެ ދެވަނައަށް އެންމެ ބާރު ބޮޑު އެއަރޕޯޓު ކަމުގައިވާ ލަންޑަންގެ ގެޓްވިކް އެއަރޕޯޓު ސަރަހައްދުން ދެ ޑްރޯން ފެނުމާއި ގުޅިގެން، އެއަރޕޯޓު ބަންދުކުރަން ޖެހުނު މައްސަލައާ ގުޅިގެން އެކަމުގައި ޝައްްކުކުރެވޭ ދެ މީހަކުހައްޔަރުކޮށްފިއެވެ.

ސަސެކްސްގެ ފުލުހުން ބުނީ ހުކުރު ދުވަހު ޖީމްއެމްޓީ ގަޑިން 22:00 ގައެވެ.

ރަންވޭ ކައިރިން ޑްރޯން ފެނުމާއިިގުޅިގެން ގެޓްވިކް އެއައރޕޯޓުން ފުރަން ހުރި ފްލައިޓްތައް ބުދަ ދުވަހުން ފެށިގެން އެއް ދުވަހަށްވުރެ ގިނަ އިރަށް ހުއްޓާލަން ޖެހުނެވެ.

ހައްޔަރު ކުރި މީހުންގެ އުމުރާ ޖިންސު އަދި އެ މީހުން ހައްޔަރުކޮށްފައިވާ ތަނެއް ފުލުހުން ބުނެފައެއްނުވެއެެވެ.

ބުދަ ދުވަހު އެއަރޕޯޓު ބަންދު ކުރެވުނު އިރު، އަހަރުގެ މި ދުވަސްވަރަކީ ފިނި މޫސުމުގެ ޗުއްޓީއަށް ގިނަ މީހުންތަކެއް ދަތުރު ކުރަމުންދާ ދުވަސްވަރެކެވެ.

ޑްރޯންތައް އިތުރުވުމުގެ ސަބަބުން ފްލައިޓެއްގައި ޖެހި، ކަމެއް ދިމާ ވެދާނެ ކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން، އެއަރޕޯޓު ވަށައިގެން 1 ކިލޯމީޓަރުގެ ސަރަހައްދެއްގައި ޑްރޯން ދުއްވުން އޮންނަނީ އިނގިރޭސި ސަރުކާރުން މަނާކޮށްފައެވެ. 

ސުޕްރިންޓެންޑެންޓް ޖޭމްސް ކޮލިސް ވިދާޅުވީ އިތުރު ޑްރޯންއެއް ދުއްވާތޯ ބެލުމަށް އެއަރޕޯޓްގައި ފުލުހުން ތިބޭނެކަމަށެވެ.

ގެޓްވިކް އަލުން ހުޅުވާފައިވަނީ ހުކުރު ދުވަހުގެ ހެނދުނުއެވެ. އޭގެ ފަހުންވެސް ކުޑަ ވަގުތުކޮޅަކަށް އެއަރޕޯޓް ބަންދުކޮށްފައިވާއިރު 100،000 އަށްވުރެ ގިނަ ދަތުރުވެރިންގެ ދަތުރުތަކަށް ބުރޫއަރާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް