20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކްގެ މައިނެއްގައި ގޮވުމެއް ހިނގައި 13 މަރު

  • މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޗެކް ރިޕަބްލިކްގެ ދެ މީހުންނާއި ޕޮލެންޑުގެ އެގާރަ މީހަކު
އަމަން ހަލީމް | soupized

| 22 ޑިސެންބަރު 2018 | ހޮނިހިރު 06:37 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


މައިނުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ -- އަލްޖަޒީރާ

ޗެކް ރިޕަބްލިކުގެ މައިނެއްގައި މީތޭން ގޮވުމެއް ހިނގައި، 13 މީހަކު މަރުވެއްޖެއެވެ.

މައިން ހިންގާ އޯކޭޑީ ކުންފުނިން ބުނެފައި ވަނީ ގޮވުމުގެ ހާދިސާ ހިނގީ 800 މީޓަރު އަޑީގައި ކަމަށެވެ. އަދި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އެ ގައުމުގެ ދެ މީހުންނާއި ޕޮލެންޑުގެ އެގާރަ މީހެއް ކަމަށް ކުންފުނީގެ ތަރުޖަމާނު އިވޯ ކެލެޗޯވްސްކީ ވަނީ ބުނެފައެވެ.

ޗެކް ސަރުކާރުގެ ހިއްސާ އޮންނާ އޯކޭޑީއިން ހާމަކޮށްފައިވާ ގޮތުގައި ގިނައިން މި ހާދިސާގައި މަރުވީ ޕޮލެންޑު މީހުންނަކީ، އެހެން ކުންފުންޏަކުން މަސައްކަތެއް ކުރުމަށް އައިސް ތިބި ބައެކެވެ.

އޯކޭޑީއިން ބުނެފައި ވަނީ މީހުން ސަލާމަތްކުރަން ކުރާ މަސައްކަތަށް، ޝާފްޓް ތެރޭގެ ރައްކާތެރިކަން ކުޑަވުމުގެ ސަބަބުން ހުއްޓުމެއް އައިސްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނެފައިވަނީ ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުންނާއި، ޝާފްޓް ތެރޭގައި އެއްވެސް ތަނެއް ނުފެންނާތީއްވެ މަސައްކަތް ހުއްޓާލަން މަޖުބޫރުވީ ކަމަށެވެ.

މިއީ 1990 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ މައިނެއްގައި ހިނގި ހާދިސާއެއްގައި 30 މީހުންގެ ފުރާނަ ދިޔަ ފަހުން އެ ގައުމުގައި ހިނގި އެއްމެ ނުރައްކާތެރި މައިނިންގެ ހާދިސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް