20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އެމެރިކާއަށް ހިޖުރަކުރާ މީހުން

އެމެރިކާއަށް ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ހިމާޔަތް ހޯދަން އެދެވޭނެ: ސުޕްރީމް ކޯޓު

  • ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުތަކުން ކަނޑައެޅި ހުކުމްތައް ދަމަހައްޓާފައި
  • ނުރައްކާތެރި ގޮތް ގޮތަށް އެތެރެވާ މީހުން ހުއްޓުވުމަށް ހެދި ގާނޫނެއް ކަމަށް ސަރުކާރުން ވަނީ ކޯޓުގައި ބުނެފައި
އަމަން ހަލީމް | soupized

| 22 ޑިސެންބަރު 2018 | ހޮނިހިރު 04:56 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އެމެރިކާގެ ބޯޑަރުން އެތެރެވާން މެކްސިކޯގެ ޓިހުއާނާއިން ބަޔަކު މަސައްކަތް ކުރަނީ -- ބީބީސީ

ގަވައިދާ ހިލާފަށް އެމެރިކާއަށް އެތެރެވާ މީހުންނަށް ހިމާޔަތް ނުދޭ ގޮތަށް ހިޖުރަވެރިންގެ ސިޔާސަތު ބަދަލުކުރަން އެ ގައުމުގެ ރައީސް ޓްރަމްޕް ނިންމި ނިންމުން ގޯސް ކަމަށް އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުގެ ނުވަ ގާޒީންގެ ބެންޗުން ވަނީ ހިޖުރަވެރިންގެ ސިޔާސަތަށް ގެނައީ އެމެރިކާގެ ހެދިފައިވާ ގާނޫނުތަކާއި ހިލާފު ނިންމުމެއް ކަމަށް ދަށު ކޯޓުތަކުން ކަނޑައެޅި ހުކުމްތައް ދަމަހައްޓާފައެވެ. ސުޕްރީމް ކޯޓު ބެންޗުގެ ވޯޓު ނިމުނީ 5-4ގެ ނަތީޖާއަކުންނެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ޓްރަމްޕް އިއުލާން ކުރެއްވި ސިޔާސަތަށް ގެނައި ބަދަލަކީ އެމެރިކާއަށް ނުރައްކާތެރި ގޮތް ގޮތަށް އެތެރެވާ މީހުންނަށް ރައްދުކޮށް، އެ މީހުން ހުއްޓުވުމަށް ހެދި ގާނޫނެއް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ދަށު ކޯޓުތަކުން ހުކުމް އިއްވިއިރު ބުނެފައި ވަނީ ރައީސްއަކަށް ގައުމުގައި ހެދިފައި ހުރި ގާނޫނުތަކާއި ފުށު އަރާ ސިޔާސަތުތަކެއް ނުހިންގޭނެ ކަމަށެވެ.

ޓްރަމްޕްގެ މި ސިޔާސަތަށް ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ހިމާޔަތް ލިބޭ ގޮތަށް ސިޔާސަތުތަށް ބައްޓަންވެފައި އޮތުމަކީ ގަވައިދާ ހިލާފަށް އެތެރެވާ މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.

އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީއިން ބުނެފައި ވަނީ ގަވައިދާ ހިލާފަށް އެތެރެވާ މީހުން ހިމާޔަތް ހޯދަން އެދިގެން ވެސް މަޑުކުރަން ޖެހޭނީ މެކްސިކޯގައި ކަމަށެވެ. މެކްސިކޯގެ ސަރުކާރުން ވަނީ އެހެން ދިމާވާ ފަރާތްތަކަށް މަސައްކަތުގެ ވިސާއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށް ދޭން އެއްބަސްވެފައި ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހާމަކޮށްފައެވެ.

އަންދާޒާ ކުރެވިފައިވާ ގޮތުގައި އެމެރިކާގައި 12 މިލިއަނަށް ވުރެ ގިނަ އަދަދަކަށް ގަވައިދާ ހިލާފަށް އެތެރެވެފައި ތިބި މީހުން ދިރިއުޅެމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް